ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ"ގެ މަސައްކަތް ނިންމަވައި އެކޮމިޝަނުގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުވައިފިއެވެ. މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ކޮމިޝަންގެ ކޯޗެއަރ ސިންގަޕޫރުގެ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ޖީ. ޕަންނިރު ސެލްވަމްއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މި ރިޕޯޓުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތަފްޞީލު، އެބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮމިޝަންގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.