ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ކޯނީގެ ރިޕޯޓް ހުށަހެޅުއްވުމުން، ޤައުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ޕާޓީތަކުގެ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅަށް ޕާޓީތަކުގެ އެއްބާރުލެއްވުން ހޯއްދެވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި، ޤައުމުގެ ކަންކަން ކުރިއަށްވުރެ ހަލުވިމިނެއްގައި ގެންދެވުމާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެއްވިއެވެ