ތޫނު އެއްޗަކުން ޙަމަލާދީ ރޭ މަރާލި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ކ.ކާށިދޫ ކެތި އާދަމް ޙަލީމްގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް، އާދަމް ޙަލީމްގެ ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރެއްވީ، އާދަމް ޙަލީމްގެ ހަށިގަނޑު މިއަދު މާލެ ގެނައި ވަގުތު، 4 ނަންބަރު ފާލަމުންނެވެ.

ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުންނާއި، އެހެނިހެން ރޭންކްތަކުގައި ތިއްބެވި ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުންވެސް، އާދަމް ޙަލީމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ.