މާލޭ ވިލިނގިލީ އަވަށުގައި ޢިމާރާތްކުރި އެސް.ޓީ.އޯ ފިހާރަ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ވިލިނގިލީ އަވަށުގައި ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިލިނގިލީ އަވަށުގައި އެސް.ޓީ.އޯ.ގެ ފިހާރައެއް ހުޅުވުން މާބޮޑަށް ލަސްވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި ފިހާރައިގެ މަސައްކަތްތައް ނިންމަވައިދެއްވައި، މިއަދު މިފިހާރަ ހުޅުވިގެންދާކަމީ، ވިލިނގިލީ އަވަށު ރައްޔިތުންނަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެސް.ޓީ.އޯ.ގެ ޚިދްމަތްތައް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ލިބެމުންދާ ކަމަށާއި، މިއީ ރައްޔިތުންނާއި އެސް.ޓީ.އޯ.އާ ދެމެދު އޮންނަ ގާތް ގުޅުން، އިތުރަށް ބަދަހިވެގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ.