ރައީސުލްޖުމްހޫރިއްޔާ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމަށް މާފަންނު މެލީ ޑޮކްޓަރ މުޙަންމަދު ޢަލީ، މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޑޮކްޓަރ މުޙަންމަދު ޢަލީ މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައެވެ.