ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަގާމަށް، މާފަންނު ޖަވާހިރުވާދީ އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ. އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގައެވެ.