ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފާދިއްޕޮޅު ކުރެންދޫ ނޫރަންގޭ އަލްފާޟިލާ ޒުލްފާ އިބްރާހީމް ޢައްޔަން ކުރައްވައިފިއެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މި ޢައްޔަން ކުރެއްވީ، އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އަލްފާޟިލާ ޢާއިޝަތު މުޙަންމަދު ޞާލިޙު، އެ ކޮމިޓީގެ މެންބަރު ކަމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.