މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު އަތިރީގޭ އަލްފާޟިލް އިބްރާހީމް ފައިޞަލެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އައްޑުއަތޮޅު ފޭދޫ އާރާމުގޭ އަލްފާޟިލް ޙުސައިން ޖަލީލާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުގެ 11ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން އޭވިއޭޝަންގެ ދާއިރާއިން މައްޗަންގޮޅި ފިއަވަނި އަލްފާޟިލް އަޙްމަދު ޢަލިމަނިކާއި، ވިޔަފާރީގެ ދާއިރާއިން ހުވަދުއަތޮޅު އުތުރުބުރި ދެއްވަދޫ ސައިމާގޭ އަލްފާޟިލް އަޙްމަދު ސަޢީދާއި، ޤާނޫނީ ދާއިރާއިން މާޅޮސްމަޑުލު އުތުރުބުރި ދަރަވަންދޫ ފުނަމާގޭ އަލްއުސްތާޛު މުޙަންމަދު ނިޒާމެވެ.