ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ނައިބުގެ މަގާމަށް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ފިނިފެންމާގޭ އަލްފާޟިލް ޙުސައިން ޟިރާރެވެ. އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމަށް ހުޅުމާލެ 10213 އަލްފާޟިލް ޢަބްދުއްލަޠީފް މުޙަންމަދެވެ.