ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ދެން ބާއްވާ ދުވަހު ސަރުކާރު ބަންދު ނުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ބޭއްވެވުމަށް ކުރިން ހަމަޖެއްސެވި މާޗް މަހުގެ 1 ވަނަ ދުވަސް ބަންދު ކުރައްވާފައިވާތީއާއި، އެދުވަހުގެ ޖަލްސާ ބޭއްވޭގޮތް ނުވިނަމަވެސް، މި ޖަލްސާ ދެން ބާއްވާ ދުވަސް ބަންދު ކުރެއްވުމަކީ، ހަމަޖެހޭގޮތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާތީއެވެ.