ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މިނިސްޓަރުގެ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރުގެ ނައިބު ކަމަށް ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ހަމަޖެއްސެވި މިނިސްޓްރީތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމަށް ހެންވޭރު ރަތްކުންނާރުގޭ އަލްފާޟިލް މުޙަންމަދު ސަލީމް.
2. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމަށް މާފަންނު މުއްދޫ އަލްފާޟިލް މުޙަންމަދު އިޢާދު ޙަމީދާއި، ކޮޅުމަޑުލު ގުރައިދޫ މެދުގޭ އަލްފާޟިލް މުޙަންމަދު އިބްރާހީމް މަނިކު.
3. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ އުލާޖެހިގޭ އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ހިލިހިލާގޭ އަލްފާޟިލް އަޒްލީން އަޙްމަދާއި، ހެންވޭރު ކަނޑޫމާގޭ އަލްފާޟިލް މުޙަންމަދު ޢާޞިފް.
4. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ނައިބު ކަމަށް މައްޗަންގޮޅީ ނަސީމީ ހަނދުވަރު އަލްފާޟިލް ފަރްޙަތު ޢަލީ.
5. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ކަމަށް މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ޙަމީދީ މަންޒިލް އަލްފާޟިލް ޢަލީ ޙަމީދު.
6. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބު ކަމަށް އައްޑުއަތޮޅު ހިތަދޫ އާޒާދީގޭ އަލްފާޟިލް ޢަލީ ޞާލިޙު.
7. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބު ކަމަށް މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކޮއެލު އަލްފާޟިލް އިސްޙާޤު އަޙްމަދު.
8. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމަށް ހެންވޭރު އާޒާދެވާދީ އަލްފާޟިލް ޝިހާމް މުޙަންމަދު ވަޙީދު.
9. މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ނައިބު ކަމަށް ގަލޮޅު ކަނޑުރޯޅި އަލްފާޟިލް ޢަބްދުﷲ މަޖީދާއި، ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ގުލްބަކާގޭ އަލްފާޟިލް ޢަބްދުﷲ މުއްޠަލިބު.
10. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު ކަމަށް ހެންވޭރު އޮގަސްޓާ އަލްފާޟިލް ނާއިފް ޝައުކަތާއި، ހައްދުންމަތީ ގަމު ތުނޑި ކޯޒީކޯނަރ އަލްފާޟިލް އަޙްމަދު ރަޝީދާއި، މާފަންނު ވޭވިންގލައިޓް އަލްފާޟިލް ޢަބްދުﷲ ރިފާޢު.
11. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު ކަމަށް ހެންވޭރު ނަދުވާ ފަޟީލަތުއްޝައިޚް މުޙަންމަދު ޤުބާދު އަބޫބަކުރާއި، ހުޅުމާލެ ސަންދުރަ 1 އަލްއުސްތާޛު އަސަދުﷲ ޝާފިޢީ އަޙްމަދު.

މިބޭފުޅުންގެ އިތުރުން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމަށް މައްޗަންގޮޅީ ސިލްވަރސީން އަލްފާޟިލް ޢަލީ ވަޙީދު ޙަސަން މަނިކު ޢައްޔަން ކުރައްވައިފިއެވެ.