ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒް ކަމަށާއި، އެމްބެސެޑަރ ފޮރ ހިއުމަން ރައިޓްސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބޭފުޅުން ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ލިޔުން ދެއްވައިފިއެވެ. އެޑްވައިޒަރ، ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވީ، ހެންވޭރު ހާޖަރާގޭ އަލްފާޟިލް އަޙްމަދު ތައުފީޤެވެ. އެމްބެސެޑަރ ފޮރ ހިއުމަން ރައިޓްސް ކަމަށް ޢައްޔަން ކުރެއްވީ، މާފަންނު ކަރިސްމާވިލާ އަލްފާޟިލް އަޙްމަދު އިބްރާހީމްދީދީ އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.