ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ނިޝާނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބް އަރުވާފައިވާ އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ކުރެއްވާފައިވާ މާފަންނު ޒަމާލިކް އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، މިރޭ ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން (2 މާޗް 2012 އިން 4 މާޗް 2012ގެ ނިޔަލަށް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ.