ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތްތަކާއި، ހެލްތް ސަރވިސަސް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖަޢާކުރައްވައި އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ދެކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެކުލަވައިލައްވައިފިއެވެ.

މިގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތްތައް މުރާޖަޢާ ކުރައްވައި، ހަރުދަނާކުރެއްވުމަށްޓަކައި އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ،

1. އަލްފާޟިލް އިބްރާހީމް ޢާޠިފް ޝަކޫރު މ.އާސްތާނާ
2. އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީ މ.ހަނީޑިއު
3. ޑޮކްޓަރ ޢަބްދުﷲ ފިރާޤު ހއ.ތަކަންދޫ، ފިޔާތޮށިގެ
4. އަލްފާޟިލް މުޙަންމަދު ފާއިޒު މއ.ހަވާނާ
5. އަލްފާޟިލް ޢަބްދުލްމަތީން މުޙައްމަދު ރ.ހުޅުދުއްފާރު، ނާރެސް
6. އަލްފާޟިލް ޝިމާދު އިބްރާހީމް ގއ.ދެއްވަދޫ، ދިލްޝާދުގެ
7. އަލްފާޟިލް މުޙަންމަދު ނިމާލް މ.ކޮކާހަނދުވަރު

ހެލްތް ސަރވިސަސް ކޯޕަރޭޝަންތަކުގެ މަސައްކަތްތައް މުރާޖަޢާކޮށް، ހަރުދަނާކުރުމަށްޓަކައި އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ،

1. އަލްފާޟިލް އިބްރާހީމް މުޙައްމަދު މ.މުލީގެ
2. އަލްފާޟިލް މުޙަންމަދު އިޔާދު ޙަމީދު މ.މުއްދޫ
3. އަލްފާޟިލް މުޙަންމަދު އިބްރާހީމްމަނިކު ތ.ގުރައިދޫ، މެދުގެ (ހ.އަލިކުރި)
4. ޑޮކްޓަރ ޢަބްދުﷲ ޢަފީފު ސ.މީދޫ، ހުދުވިލާގެ
5. އަލްފާޟިލާ އާމިނަތު ރަޝީދާ އަބޫބަކުރު ހ.ތިޔަރަ
6. އަލްފާޟިލް ޢަލީ ޝަރީފު މުޙައްމަދު ހއ.ހޯރަފުށި، ޓިއުލިޕްމާގެ
7. އަލްފާޟިލް ޙުސައިން ފަހުމީ މ.ފަތަހަ