ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އައްޑޫސިޓީއަށާއި، ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، ފުވައްމުލަކު ކައުންސިލްތަކާ ބައްދަލުކުރެއްވިއެވެ. އަދި އައްޑޫގެ ރައްޔިތުންނާއި، ފުވައްމުލަކުގެ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލޭ ރަސްމީ ފާލަމުގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.