ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމުން ޑޮކްޓަރ މުޞްޠަފާ ލުޠުފީ އިސްތިޢުފާ ހުށަހެޅުއްވުމާ ގުޅިގެން، އެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގަބޫލުފުޅު ކުރައްވައިފިއެވެ.

އިސްތިޢުފާ ގަބޫލުފުޅު ކުރައްވައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ޗާންސެލަރގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.