ޤައުމީ އެއްބައިވަންތަކަން ޤާއިމްކުރުމުގެ މަގުޗާޓަށް އިއްތިހާދުވެފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވުމާ ގުޅިގެން އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މަރްޙަބާ ވިދާޅުވެއްޖެއެވެ.

މަގުޗާޓް ބިނާވެފައިވަނީ، މިހާރު ޙާޞިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކާއި، މިހާރުން މިހާރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާއި، ސަރުކާރުގެ ހިންގުމަށް ގެންނަވާ ބަދަލުތަކާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުން އިސްކަންދޭ ކަންކަމުގެ މައްޗަށްކަމަށްވުމާއެކު މިކަންކަން ޙާޞިލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީން ކުރައްވައެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މި މަގުޗާޓުގައި ހިމެނޭ ކަންކަމުގެ އިތުރު ތަފްޞީލު ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.