ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް ސެކްރެޓެރީގެ މަގާމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު ޢައްޔަން ކުރައްވައިފިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެގްޒެކެޓިވް ސަރވިސަސް ސެކްރެޓެރީގެ މަގާމަށް މާފަންނު ޖަވާހިރުވާދީ އަލްފާޟިލް ޢަލީ ރަޝީދު ޙުސައިން ޢައްޔަން ކުރައްވައިފިއެވެ.

ޑޮކްޓަރ ޢަބްދުﷲ ނަޒީރު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމުގައެވެ. ޢަލީ ރަޝީދު ޙުސައިން މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމުގައެވެ.