ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި އެނަންފުޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.

މީގެއިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާތަނަށް ޢައްޔަން ކުރައްވާފައިވާ މިދަންނަވާ ބޭފުޅުންގެ ނަންފުޅުތައްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ފޮނުއްވާފައެވެ.

1. މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު.
2. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މުޙަންމަދު ނާޒިމް.
3. އެޓަރނީ ޖެނެރަލް ކަމަށް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު.
4. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ކަމަށް ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު.
5. މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމަށް ޑޮކްޓަރ ޢާޞިމް އަޙްމަދު.
6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް އަޙްމަދު މުޙަންމަދު.
7. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ޑޮކްޓަރ އަޙްމަދު ޝަމްހީދު.
8. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ކަމަށް މުޙަންމަދު ޙުސައިން ޝަރީފް.
9. މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމަށް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު.