ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޑުއަތޮޅު ފޭދޫ ދިއްގާގަސްދޮށުގޭ ޑޮކްޓަރ ޙަސަން ސަޢީދު ޢައްޔަން ކުރައްވައިފިއެވެ. ޑޮކްޓަރ ޙަސަން ސަޢީދަށް މަގާމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.