5 މިނިސްޓްރީއެއް ވަގުތީގޮތުން ހިންގެވުން 5 ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މިއަދު ޙަވާލުކުރައްވައިފިއެވެ. މި 5 މިނިސްޓްރީ ހިންގެވުން މިބޭފުޅުންނާ ވަގުތީގޮތުން މި ހަވާލުކުރެއްވީ، އެ މިނިސްޓްރީތަކަށް މިނިސްޓަރުން ޢައްޔަން ކުރައްވަންދެނެވެ.

މިގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދާއެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދާއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހިންގެވުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް އަޙްމަދު މުޙަންމަދާއެވެ. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ހިންގެވުން ޙަވާލުކުރެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ޑޮކްޓަރ އަޙްމަދު ޝަމްހީދާއެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ހިންގެވުން، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރާއެވެ.