ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެންޑްރޫ ކޮކްސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވަނީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުގެ ތެރެއިން، ޑިމޮކްރެސީއާމެދު އާންމުންގެ އިތުބާރު އަނބުރާ ހޯއްދެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޔޫ.އެން.ޑީ.ޕީ.އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގައާއި، ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން ބާރެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޖަމްޢިއްޔާގެ އެހީތެރިކަން ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.