ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސެ މިރޭ ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސް މަހިންދަ ރާޖަ ޕަކްސެ ގުޅުއްވައި ތަހުނިޔާ ވިދާޅުވީތީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. އަދި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާބެހޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިއައި ބަދަލާގުޅޭގޮތުން މަޢްލޫމާތު ދެއްވިއެވެ.