ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މާފަންނު މާފުށީގޭ މަރިޔަމް ޝަފީޤް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އަދި އެ އޭޖެންސީގެ އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމްގެ ބޯޑުގެ މެންބަރު ކަމަށްވެސް މަރިޔަމް ޝަފީޤު ވަނީ ޢައްޔަން ކުރައްވާފައެވެ.