[ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖައްސަވާފައިވަނީ، އެބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރު، ފުވައްމުލަކު ނިއުސަން މުޙަންމަދު ސަޢީދެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ސަރުކާރުން ޢައްޔަން ކުރެއްވި މެންބަރުގެ ގޮތުގައި، ފުވައްމުލަކު ހަޒާރުމާގޭ ޝައްފާފް ނަޞީރެވެ.

[ފުވައްމުލަކު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް]ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ޢައްޔަން ކުރެއްވި އެހެން މެންބަރުންނަކީ، ފުވައްމުލަކު އަސުރުމާގޭ ޒާހިދާ އިބްރާހީމާއި، ފުވައްމުލަކު ރޭވާ އަޙްމަދު ޝަރީފެވެ.

މިބޯޑަށް ފުވައްމުލަކު އަތޮޅު ކައުންސިލުގެ ފަރާތުން ޢައްޔަން ކުރެއްވި މެންބަރުންނަކީ، ފުވައްމުލަކު ފަށަލަ މުޙަންމަދު ސައިމަނާއި، ފުވައްމުލަކު ފިޔަނޫމާގޭ އަޙްމަދު ނަފީސާއި، ފުވައްމުލަކު ނިއުޒީލް މުޙަންމަދު މުސްނިމް ރަޝީދެވެ.