ޤާނޫނު ނަންބަރު: 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރްޝީފުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދިޔަ ޤައުމީ އަރްޝީފަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ޤައުމީ އަރްޝީފުން ކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ބާވަތުން އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ހިންގޭނީ، އެތަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނާ ގުޅިފައި އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީއެވެ.