މިއަދަކީ، އޮސްޓްރޭލިޔާ ދުވަސް ކަމަށްވުމާއެކު، މި މުނާސަބަތުގައި، އެޤައުމުގެ ގަވަރނަރ ޖެނެރަލް ކްއެންޓިން ބްރައިސްއަށާއި، ބޮޑުވަޒީރު ޖޫލިއާ ގިލާޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ދެބޭފުޅުންނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.