ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނީ، މާދަމާ ހެނދުނު 10.30 ގައި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.


ޤައުމީ ދުވަހުގެ އިޙްތިފާލްތައް، މިއަހަރު ބޭއްވެވުމަށް ހަމަޖައްސަވާފައިވަނީ އުތީމުގައެވެ. މި އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މާލެއިން ފުރާވަޑައިގަތީ، މިއަދު މެންދުރުފަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީވެސް މި އިޙްތިފާލްތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.