ސާބިތު ނުހިފޭނެ ކަމަށް ބުރަވެލެއްވޭ އަދި ޙަޤީޤަތެއް ނެތް ކަމަށް ކަނޑައެޅިގެން ފާހަގަކުރެއްވޭ ވާހަކަތައް ހާމަކުރެއްވުން އެއީ، ނޫސްވެރިކަމުގެ އަޚްލާޤާ ޚިލާފު ކަންތައްތަކެއް ކަމަށާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެފަދަ ކަންކަމާ ދުރުހެލިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު އިލްތިމާސް ކުރައްވައިފިއެވެ. ޕްރެސް ސެކްރެޓެރީ މިކަމަށް އިލްތިމާސް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ ޙާލަތްތަކުގައި މިފަދަ ވާހަކަތައް ވެގެންދަނީ ބޮޑެތިވެގެންވާ ބިދުޢައަށާއި،ޖަރީމާތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.