މާފަންނު ކަރިޝްމާވިލާ އަޙްމަދު އިބްރާހީމްދީދީއާއި، ފުވައްމުލައް އީސްޓްލައިޓް ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދާއި، ދި ޓީވީ އިން ދިވެހި ސަރުކާރަށް ނިސްބަތްކޮށް، ޔަހޫދީންގެ ރޭވުމުގެ ދަށުން ސަރުކާރުން ދީނީ ޢިލްމުވެރިންނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސަރުކާރު ހިނގަމުންދަނީ ފާދިރީންގެ ނުފޫޒުގެ ދަށުން ކަމަށް ބުނެ، ސާބިތު ނުހިފޭ ވާހަކަ ފަތުރަމުންދާތީ، މި ފަރާތްތަކުން ދިވެހި ސަރުކާރަށް ނިސްބަތްކޮށް ގަސްތުގައި ހަދައިގެން ދޮގު ވާހަކަ ފަތުރަމުންދާ މައްސަލަ ތަޙްޤީޤުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފޮނުއްވި ސިޓީއެއްގައެވެ.