ރާއްޖޭގެ އިސްލާމީވަންތަކަމާއި، ޞުލްހަވެރިކަމާއި، ޚިޔާލު ތަފާތުވެފައިވާ ދީނީ މައްސަލަތަކުގައި ވީހާވެސް ބޮޑަކަށް ޚިޔާލު އެއްގޮތްކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ފެއްޓެވި ޢިލްމުވެރިންގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު 8:30 ގައި އިސްލާމީ މަރްކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

ރާއްޖޭގައި ތިއްބެވި ގިނަ އަދަދެއްގެ ޢިލްމުވެރިން މިމަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައެވެ.