بســم اللّـه الرّحمـن الرّحيــم
Chairman of GMR Group, Malaysian Airports, GMR officials, Ibrahim Nasir International Airport officials, and all the foreign and Maldivian delegates, and everyone present here today.
I must, chairman and all the foreign friends, ask your excuse that I will be speaking in Dhivehi. This day is a very momentous day for our people. We are very aware of what is happening today. And therefore I must try and speak to our people in impressing upon the magnitude and the gravity of what is happening today.
Before I switch language thank you very much for GMR group. And I must thank you personally the government of India, specially the Indian High Commissioner residing in the Maldives. Their advice, their facilitation and their assistance, has always assisted the development of this country. India has stood as the best development partner for the Maldives. And of course when we go in to the history of this airport, Indian assistance at its development at every stage, is very obvious to all of us who have been connected to the airport for a very long time, and of course to all of us in the country.
އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތަކީ، މި ރާއްޖެ މީގެކުރީގައި ދެކެފައިނުވާފަދަ މުހިންމު ބޮޑު މަސައްކަތެއް. ހުޅުލޭގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް އަދި އެއަރޕޯޓެއް އެޅިފައި އޮންނަތާ ދުވަސްތަކެއްވެއްޖެ. އެކަމަކާ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އިންކާރެއް ނުކުރާނެ. އެހެންނަމަވެސް، ދުވަހުން ދުވަހަށް މި އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވަމުން އަންނަ މިންވަރާއި، އެއަރޕޯޓްގެ ޚިދްމަތްތައް ފުރިހަމަވާންޖެހޭ ދަރަޖަ މިއަންނަނީ ބޮޑުވަމުން. މި ރާއްޖެއަކީ މިއަދު މި ދުނިޔޭގައި އޮތް ޓުއަރިޒަމް އިންޑަސްޓްރީ ޞިނާޢަތެއް، ތަރައްޤީ ކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަވާ އެއް ޤައުމު. ޙަޤީޤަތުގައި ގޮނޑުދޮށުގައި ހޭދަކުރާ ޗުއްޓީއެއް އެއީ، މިހާރު ދިވެހިރާއްޖޭގެ ނަމާ އެކީގައި ނޫނިއްޔާ، ދުނިޔޭގައި ފާހަގަނުވާ ބާވަތުގެ ޗުއްޓީއެއް. އެ ޗުއްޓީއަކީ މިރާއްޖޭގައި ވިއްކާ އެއްޗެއް. އެ ޗުއްޓީ ހޭދަކުރުމަށްޓަކައި މި ރާއްޖެއަށް މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް މިލިއަނަކަށްވުރެ ގިނަ މީހުން އަންނާނެ. މި އެންމެންމެ އަންނަނީ، އެ ޗުއްޓީއަށް ނުހަނު ބޮޑު އަގު ދައްކައިގެން. އެ ޗުއްޓީ ހޭދަކުރަން ފަށަނީ ހުޅުލޭ އެއަރޕޯޓްގެ ދޮރުން، އެ ކަނޑިންމައިން ވަދެގެން.
މުޅި ރާއްޖޭގެ ފެންވަރާއި، ރާއްޖޭގެ ހައިބަތާއި، ރާއްޖޭގެ ނަލަކަމާއި ރީތިކަން، އެންމެ ފުރަތަމަ ޓުއަރިސްޓް މީހާއަށް ފެންނަނީ، ހުޅުލޭ އެއަރޕޯޓުން. މި އެއަރޕޯޓްގެ ތަނަވަސްކަމާއި ރީތިކަން، މި އެއަރޕޯޓްގެ ފުރިހަމަކަމާއި ފައްކާކަން އެހެންވީމާ، މި ރާއްޖޭގެ އިޤްތިޞާދަށް، މި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް ނުހަނު ބޭނުންތެރިކަމެއް. ދުވާލަކަށް އެއްހާސް ޑޮލަރަށް އެނދު ވިއްކާއިރުގައި، އެ އެނދުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހާ، ރާއްޖެ ވަންނާން މިޖެހެނީ އެކަށީގެންވާ ރަނގަޅު އެއަރޕޯޓެއް މެދުވެރިވެގެން. ރާއްޖޭގައި ބޭރުމީހުން އެކިގޮތްގޮތަށް ޓުއަރިޒަމް އިންޑަސްޓްރީއަށް އިންވެސްޓްކޮށްފައި ހުރި މިންވަރަށް، ދިވެހިންގެ ތެރޭގައިވެސް، ދިވެހިންވެސް ހަމަ މިދެންނެވި ޓުއަރިޒަމް އިންޑަސްޓްރީއަށް އިންވެސްޓް ކޮށްފައި އެބަހުރި. ރާއްޖޭގައި ތަރައްޤީއަށް، އެކިކަންކަމަށް ފައިސާ ހޯދަމުން ޙަޤީޤަތުގައި ފެށުނީއްސުރެވެސް އަންނަނީ، ބޭރުގެ އެކިވިޔަފާރިތަކާއި، އެކިއެކި ކުންފުނިތަކާ ގުޅިގެން.
މިއަދު ސަރުކާރުން މި އެއަރޕޯޓް ތަރައްޤީ ކުރުމަށް ނިންމާފައި މިވަނީ، ދުނިޔޭގައި މިކަން ކުރުމަށް އެންމެ މަޝްހޫރު، އެންމެ ޤާބިލް އެއް ކުންފުންޏާ އެކުގައި. އެއީ، ޖީ.އެމް.އާރު ގްރޫޕާއި އަދި މެލޭޝިޔާ އެއަރޕޯޓް ގްރޫޕާ. ދެ ގްރޫޕް އެކުވެގެން އެކުލަވައިލެވިފައި އޮންނަ ކުންފުންޏެއް. އަޅުގަނޑު މިދެންނެވި ކުންފުންޏަކީ، ދުނިޔޭގެ އެތަން މިތަނުގައި އެއަރޕޯޓް ބިނާކޮށް، އެއަރޕޯޓް ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތެއް. އެ ކުންފުނީގެ ފަރާތުން ޑެލްހީ އެއަރޕޯޓާއި އަދި ތުރުކީގައި މިހާރު ހަދާ ނިމިފައި އެވާ އެއަރޕޯޓާއި އަދި މިނޫންވެސް އެކި ތަންތަނުގައި ވަރަށް ފުރިހަމަ އެއަރޕޯޓް ހަދާ ނިންމައި އަދި އެ އެއަރޕޯޓްތަކުގެ ޚިދްމަތް، އެރަށްރަށަށް ދެމުން އެބަގެންދޭ.
އަޅުގަނޑުމެންގެ ރާއްޖެއަށް ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ކަންކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނައުމަކީ، އަޅުގަނޑުމެންގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރިކަމެއް. އެކަމަށްޓަކައި ސަރުކާރުން ނިންމީ، އެއަރޕޯޓް ތަރައްޤީ ކުރާއިރުގައި، އެމަސައްކަތް ކުރުމަށް ދާނީ ހަމައެކަނި ދިވެހި ސަރުކާރު އެކަންޏެއް ނޫނޭ. ސަރުކާރުން އެކަން ކުރުމަށް ނިންމާފައި މިވަނީ، މިދެންނެވިހެން ބޭރުގެ ބަޔަކާ ގުޅިގެން.
އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން ބޭނުން. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންނަކަށެއް ނެތޭ، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށާ ހިސާބުން އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓޭކަށް. އަޅުގަނޑުމެންގެ ވިސްނުން އެބަޖެހެޔޭ، ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ ލާމެހިފައިވާ ދުނިޔެއެއްގައި. އެއް ޤައުމާއި އަނެއް ޤައުމު، އެއް ކުންފުންޏާއި އަނެއް ކުންފުނި، އެއް ވިޔަފާރިއާއި އަނެއް ވިޔަފާރި، ރަނގަޅަށް ގުޅިގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ރައްޔިތުން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ހަލުވި މިނުގައި އަޅުގަނޑުމެންނަކަށް ނުހޯދޭނެ.
ޤައުމުތައް ވެއްޓި، އެކަހެރިވެ، އެހެން ބަޔަކާ ނުގުޅި، ވިޔަފާރީގެ ފުރްޞަތުތައް އެހެން އެއްވެސް ބަޔަކަށް ހުޅުވާނުލައި ވަކިން އެބަތިބޭ. ތިޔަބޭފުޅުން މިއަދު ޚަބަރުން އަޑު އައްސަވާފައިވާނެ، ނޯތުކޮރެއާގެ ވެރިޔާ މަރުވުމާ ގުޅިގެން، އެރަށުގެ ޚަބަރު. އަޅުގަނޑުމެންނެއް ނޭދެން، އަޅުގަނޑުމެންގެ ރާއްޖެއަކީ ތަޅުލެވި ވެއްޓިފައި އޮތް ޤައުމަކަށްވާކަށް. އަޅުގަނޑަށް އެނގޭ، ބައެއް ސިޔާސީ ފިކުރު އެ މަގަށް އެބަހުރިކަން. ރަށު ބަންދަށް އެނބުރި ދިޔުމަށް އެދޭކަން. އެހެން މީހުންނާ ގުޅި، އެހެން މީހުންނާ މުޢާމަލާތް ކޮށްގެން، ކުރިއަރަން ބޭނުންވާ ވިސްނުން ނެތްކަން. އެހެން ނަމަވެސް، އަޅުގަނޑު މާތްރަސްކަލާނގެ ގަންދީ ހުވާކޮށް މިހުންނަނީ، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮކޮށް ހިތުމަށް. މި ރާއްޖެއަށް ރަނގަޅު ގޮތްގޮތް ހޯދުމަށް މަސައްކަތް ކުރުމަށް. އަޅުގަނޑަށް ވަރަށް ސާފު، ރާއްޖޭގެ ރައްޔިތުން އެދެނީ ތަރައްޤީކަން، ތަނަވަސް ދިރިއުޅުމެއްކަން، ރިވެތި ގޮތުގައި އުޅުންކަން، އުފާވެރިކަން. އެކަމަށް އެޅޭ ހުރަސްތައް ގިރާކޮށް، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީގެ މަގަށް ގެންދިޔުމަކީ، ސަރުކާރުގެ ވާޖިބެއް. ސަރުކާރުން މަސައްކަތް ކުރަމުންވެސް މިގެންދަނީ، މިދެންނެވި މަގަށް.
ރާއްޖެއަށް ފޮރިން އިންވެސްޓަރުން އައުމަކީ، އަށާރަ ސަތޭކައިގެ އަހަރުތަކުގައި ވޯރާވެރިން ރާއްޖެއަށް އައި އައުމާ އެއްހަމައެއްގައި، ބައެއް ފަރާތްތަކުން ފާހަގަކުރަން ފެށީމާ، އަޅުގަނޑު ހަމަ ޢަޖައިބުވޭ. މިއީ 2011 ވަނަ އަހަރު. މިއީކީއެއް 1800 ވަނަ އަހަރެއް ނޫން. އިސްތިޢުމާރީ ބާރު، މިދުނިޔެއިން ނެތިދިޔަތާ އެތައް އެތައް ޒަމާނެއް. އ.ދ. އުފެދި، ޤައުމުތަކުގެ މިނިވަންކަމާއި، އެ ޤައުމުތަކުގެ އަމިއްލަވަންތަކަން ދަމަހައްޓާނެ ހަމަތަކާއި އުޞޫލުތައް، އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން އަންނަތާ ކިތަންމެ ދުވަހެއް. އަޅުގަނޑުމެންގެ ތެރެއަށް ހެޔޮގޮތުގައި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިޔަފާރި ކުރުމަށް އަންނަ ބަޔަކުގެ ސަބަބުން މި ރާއްޖެއަށް ލިބޭނެ ހަމަ އެއް ގެއްލުމެއްވެސް ނެތްކަން އަޅުގަނޑަށް ހަމަކަށަވަރު. އަޅުގަނޑުމެންނަށް އޮތީ ހަމަ ތަރައްޤީ. އަޅުގަނޑުމެންނަށް އޮތީ ހަމަ ފައިދާ.
މި އެއަރޕޯޓްގައި މިއަދު އެއަރޕޯޓަށް އެއްމިލިއަން މީހުންގެ ޖާގަ އޮތްއިރު، ތަރައްޤީވެގެން މިދަނީ، ފަސް މިލިއަން މީހުންނަށް، ފަސޭހަކަމާއެކީގައި އައިސް ގޮސް އުޅެވޭނެ މިންވަރުގެ އެއަރޕޯޓަކަށް. މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ފައިސާގެ މިންވަރަކީ ކުޑަ މިންވަރެއް ނޫން. އަދި އެ މިންވަރަށް ފައިސާ ހޯދުމަށްޓަކައި، އެ މިންވަރަށް ފައިސާ، ދިވެހި ސަރުކާރާއި ދިވެހި ދައުލަތުން ނެގުމަށްޓަކައި ދިވެހި ރައްޔިތުން ވާންޖެހޭ، ދައްކާންޖެހޭ އަގެއް އަބަދުވެސް އޮންނާނެ. ސީދާ ސަރުކާރުގެ ބަޖެޓުން 500 މިލިއަން ޑޮލަރު ނަގާ، ނުވަތަ ދަރަނިވެރިވެގެން މިކަން ކުރާން އަޅުގަނޑުމެން އުޅުނުނަމަ، މި ރާއްޖޭގެ އިޤްތިޞާދު މިއަދު އޮންނާނީ މުޅިން ހަލާކުވެފައި. އަޅުގަނޑުމެންގެ އިޤްތިޞާދަކު، އަޅުގަނޑުމެންގެ ކިބައަކު އިތުރު 500 މިލިއަން ޑޮލަރަށް ދަރަންޏަށް ދެވޭކަށެއް ނެތް.
ޤައުމީ އުފެއްދުންތެރިކަމުގެ މިންވަރާއި އަދި ރާއްޖެ ދަރަނިވެރިވެފައި އޮތް މިންވަރާ، މިދެކަމުގެ ނިސްބަތަކީ، އިޤްތިޞާދުތައް ހަރުދަނާ ގޮތުގައި ހިންގުމަށްޓަކައި، ވަކި މިންގަނޑެއްގައި ހިފަހައްޓާންޖެހޭ މިންވަރެއް. އެ މިންވަރަށްވުރެ ބޮޑަށް ނެއްޓުމަށް، އެއިން ކައްސާލައިދިޔުމަށް އެއްވެސް ހެޔޮވިސްނޭ ނުވަތަ ވަފާތެރި ސިޔާސީ ފަރާތަކުން ވަކާލާތެއް ނުކުރާނެ. އަދި ހަމައެހެންމެ، ރާއްޖޭގެ އެއަރޕޯޓް ތަރައްޤީނުކޮށް، މިހެން ބޭއްވުމަށްވެސް އެއްވެސް ވަފާތެރި، ހެޔޮވިސްނޭ ރަނގަޅު ފަރާތަކުން ވަކާލާތެއް ނުކުރާނެ. ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ ބަލައި، ރާއްޖެއަށާއި ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ ހުރިހާ ގޮތަކުން ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމަކީ، އަބަދުވެސް މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު. އަޅުގަނޑުމެންގެ މަސައްކަތް.
އެއަރޕޯޓް މިހާރު މިހިންގާ އުޞޫލުން ހިންގާން ފެށީމާ، އަޅުގަނޑުމެންނަށް، ސަރުކާރަށް އަދި ރައްޔިތުންނަށް އެހެންވީމާ ލިބެމުން އަންނަ މަންފާއާއި ފައިދާ ނުހަނު ބޮޑު. ކުރިއަށްވުރެ ތިންގުނަ ބޮޑު. 2010 ވަނަ އަހަރު އެއް ބިލިއަން ރުފިޔާ، ޖީ.އެމް.އާރު.އިން މި ސަރުކާރަށް ލިބުނު. 2011 ވަނަ އަހަރު 500 މިލިއަން ރުފިޔާ. އަދި ކުރިއަށް އޮތް ތަނުގައި އެއަރޕޯޓުން ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ލިބެމުންދާނެ މިންވަރަކީ، ދަންނަވަންތޯ، އަޅުގަނޑުމެންގެ ތެރެއިން ރާއްޖެއިން ބޭރަށްދާ ދެތިންހާސް މީހަކު، އެ ދޭ 25 ޑޮލަރަށްވުރެ އެތައް ގުނަ އިތުރު.
އެއަރޕޯޓުން، އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުން 25 ޑޮލަރު ދައްކާން ޖެހުމުން، ބައެއް ބޭފުޅުން އެކަމުގައި ކަންބޮޑުވުން ފާހަގަކުރޭ. އަޅުގަނޑު އިއްޔެގައި ދިޔައިން ބަނދަރަށް. އަޅުގަނޑާ ދިމާވި މަޖޫރީންތަކަކާ. އަޅުގަނޑު އެމީހުން ކައިރީގައި އެހިން، އެއަރޕޯޓް ތަރައްޤީ ކުރުމަށް 25 ޑޮލަރު ނެގިއްޔާ، އެއަރޕޯޓުން ދާން ކޮންމެފަހަރަކު ނެގިއްޔާ އެއީ، ކަންބޮޑުވާނެ ކަމެއްހޭ؟ އެތާކު ނެތް މިދިޔަ 5 އަހަރު ރާއްޖެއިން ބޭރަށްދިޔަ މީހަކުވެސް. މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްމަދު ބައެއް ރާއްޖެއިން ބޭރަށް ދަތުރުކުރަނީ. ޙަޤީޤަތުގައި އާމްދަނީ މަދު މީހުން. ސާކްގެ ޤައުމުތަކަށް ބޭހަށްކުރާ ދަތުރުތަކަށް ލުޔެއް ހޯދައިދިނުމަކީ، ސަރުކާރުން އެދޭނެ ކަމެއް. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، ވީކެންޑަށް ސިލޯނަށް ކޮށްލާ ދަތުރުގެ 25 ޑޮލަރު، އެއަރޕޯޓް ތަރައްޤީކޮށްލަން ނުދެއްވާންވީ ކީއްވެބާވައޭ؟ ހަމަ އެރޭ ދާނީ 2500 ޑޮލަރުކަން އަޅުގަނޑަށް ހަމަގައިމުވެސް ކަށަވަރު. އެކަމާ ކަންބޮޑުވެލައްވައިގެން، އެ މިންވަރުން އެ އުޅުއްވަނީ. ހަމަ އަޅުގަނޑު އަބަދުވެސް ހިތަށްއަރާ، ވަފާތެރިކަމަށްޓަކައިބާއޭ ނުވަތަ ރައްޔިތުންނަށްޓަކައިބާއޭ. އަޅުގަނޑުމެން 25 ޑޮލަރު މި ނަގަނީ، ރާއްޖެ އަންނަ އެއް މިލިއަން ޓުއަރިސްޓުން އަތުން. އެފައިސާއިން މި ރާއްޖޭގެ އެއަރޕޯޓް ހަދާ ނިންމުމަށް ސަރުކާރުން މި މަސައްކަތް ކުރަނީ. އިރާދަކުރެއްވިއްޔާ، އެ މަގުން ސަރުކާރުން އެކަން ކުރިއަށް ގެންދާނަން. އަދި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެ އުޖޫރަ، އެ ފައިސާ، އެ ފީ ނެގޭނެ ގޮތްތަކެއް ހަމަޖެހިގެން ދިޔުމަކީވެސް ކޮންމެހެން ބޭނުންތެރިކަމެއް.
ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކިތަންމެ ގިނަގުނަ ޚިދްމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ބޭނުންކުރުން ބުއްދިވެރީ، ހަމައެކަނި އަޅުގަނޑުމެން އަތުގައި މިވަގުތު އޮތް އެއްޗެއް ނޫން. އަޅުގަނޑުމެން އަތުގައި މާދަމާ އޮންނާނެ މުއްސަނދިކަންވެސް އެއީ، އަޅުގަނޑުމެންގެ ތަރައްޤީއަށް އަޅުގަނޑުމެންނަށް ބޭނުންކުރެވެން އޮތް ވަސީލަތެއް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި ޤައުމެކޭ. އަޅުގަނޑުމެން މިޖެހެނީ، އެ ވަސީލަތްތައް ބޭނުންކުރަން. އެއިން ފައިދާ ހޯދައިދޭން، ރައްޔިތުންނަށް ލުއިފަސޭހައެއް ހޯދައިދޭން. އެކަމަށްޓަކައި ބޭނުންވަނީ ޓެކްނޯލޮޖީއާއި، އެކަމަށްޓަކައި ބޭނުންވަނީ ފައިސާ. އެކަމަށްޓަކައި ބޭނުންވަނީ ބިން. އެކަމަށްޓަކައި ބޭނުންވަނީ މީހުން. އަޅުގަނޑުމެން ރާއްޖޭގެ ބިމަކީ މުއްސަނދި ބިމެއް. އަދި އެއިން ބޭނުންކުރެވެން އޮތް ބިމެއް. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަކީ، ކުޅަދާނަ ރައްޔިތެއް. ވަރުހުރި ރައްޔިތެއް. ކުރިއަށްދާން ބޭނުންވާ ރައްޔިތެއް. އަޅުގަނޑުމެން ބޭނުންވާ ޓެކްނޯލޮޖީއާއި، ބޭނުންވާ ފައިސާ ބޭރުން ގެނެސް، އަޅުގަނޑުމެން ރާއްޖޭގައި މިހުރި އެއްޗަކާއި އަދި ބޭރުން ގެންނާން ޖެހުނު އެއްޗާ އެއްކޮށްގެން، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް މަންފާއެއް، ފައިދާއެއްވީމާ، އެއިން ފައިދާވާނީ، ހަމަ އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލަކީ މިދެންނެވީ. އަމިއްލަ ވިޔަފާރިވެރިންނާއި ސަރުކާރާ ގުޅިގެން، އެކިއެކި ޢުމްރާނީ މަސައްކަތްތައް އަދި އެކިއެކި ޚިދްމަތްތައް ރައްޔިތުންނަށް ދިނުން. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުވެސް ޤަބޫލުކުރަން، އެއީ މީގެ ކުރީގައި މި ރާއްޖޭގައި ވެރިކަމުގެ އުޞޫލުތަކާއި، ޢާންމު ހިންގުމުގެ ތެރޭގައި ގެންގުޅުނު ފަލްސަފާއެއް ނޫން. އެހެން ނަމަވެސް، މިދަންނަވާ އުޞޫލުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ގެންދާތާ އެތައްއެތައް އަހަރެއްވެއްޖެ، މި ދުނިޔޭގައި، އަޅުގަނޑުމެން ރާއްޖޭއަކަށް ނޯވެވޭނެ ފަހަތަކު. އަޅުގަނޑުމެންނަކަށެއް ނުދެވޭނެ ޖާހިލު ޒަމާނެއްގެ ތެރެއަކަށެއް. އަޅުގަނޑުމެން ދާންޖެހޭނީ ކުރިއަށް. އަޅުގަނޑުމެންގެ ރައްޔިތުން އެދެނީވެސް، އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދިޔުމަށް. އެ ރައްޔިތުން ބޭނުންވަނީވެސް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވެދިޔުމަށް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް އަދި މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން.
I will, in conclusion, would like to thank again, our partners, the GMR Group, and the Malaysian Airports Group, and all the other international partners that have been investing in the Maldives.
I would like to assure the GMR group that the government would be 200% behind your contract and every single other contract that the government has signed with any other foreign party with this country.
I do not refer this simply on our administration. But any agreement that any government of Maldives, or any ruler from the government of Maldives have signed with any party, we will be here to honour it.
The government understands the need for foreign investment. And we are aware of the role the foreign investors are playing in the development of this country. A fair amount of our assets are foreign owned even now. And today I am happy to say that we are again increasing the list of assets, by the ground breaking ceremony that we are having here today.
Thank you very much.