ދިވެހި ރައްޔިތުންގެ ސަލާމަތާއި އަމާންކަމާއި ބާއްޖަވެރިކަމަށް މަގުފަހިވާނޭ ގޮތުގެ މަތިން ޖަމްޢިއްޔަތުއް ސަލަފާއި ސަރުކާރާ ދެމެދު ވެވަޑައިގެންނެވި އެންމެ އަވަހަކަށް މަޝްވަރާތައް ފަށްޓަވަން ނިންމަވައި، އެޖަމްޢިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދަވާނީ، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަމީން ފައިޞަލް އިސްވެ ހުންނަވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙަންމަދު އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅުގައި، މިކަމާގުޅޭގޮތުން އިންތިޒާމް ކުރައްވާ ބައްދަލުވުމަކަށް އެ ޖަމްޢިއްޔާއިން ކަނޑައަޅުއްވާ ބޭފުޅުންނަށް، މިއަދު މެންދުރުފަހު 2 ޖަހާއިރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްވަނީ ދަޢުވަތު ދެއްވާފައިވެއެވެ.