ފިލިޕީންސްގެ ދެކުނުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ، ގިނަ ބަޔަކު މަރުވެ، މުދަލަށާއި، ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ފިލިޕީންސްގެ ރައީސް ބެނީނޯ ސިމިއޯން އަކީނޯ 3 ވަނައަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް އަކީނޯއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ފިލިޕީންސް ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް އަކީނޯ އަށާއި އަދި މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.