ޑިސެމްބަރ 16ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ރޭޑިއޯ ޚިޠާބުގައި ފާހަގަކުރައްވާފައިވާ ގޮތުގެ މަތިން، ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި، ދީނީ ޙައްދުތައް ޤާއިމުކުރުމާ ގުޅޭގޮތުން ދީނީ ޢިލްމުވެރިންގެ ހުށަހެޅުއްވުންތަކާއި، އަދިވެސް އެހެނިހެން މަޝްވަރާ ހޯއްދެވުމަށް، ސަލަފް ޖަމްޢިއްޔާއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބައްދަލުވުމެއް ބާއްވަވަން ބޭނުންފުޅުވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މެންދުރުފަހު އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގަތީ، އެ ޖަމްޢިއްޔާގެ ރައީސްގެ އަރިހުގައެވެ.