ޓިއުނީޝިޔާގެ ޤާނޫނު ހަދާ މަޖިލީހުން އެޤައުމުގެ ރައީސް ކަމަށް އަލަށް އިންތިޚާބު ކުރެއްވި މުންސިފް މަރްޒޫޤީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ޓިއުނީޝިޔާގެ ރިޔާސީ އިންތިޚާބުގައި، މުންސިފް މަރްޒޫޤީ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރްޙަބާ ވިދާޅުވެފައިވެއެވެ. އަދި މުންސިފް މަރްޒޫޤީގެ ރައީސް ކަމުގައި، ޓިއުނީޝިޔާގެ ރައްޔިތުންނަށް، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ފުރިހަމައަށް ތަޖުރިބާ ކުރެވިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.