ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ ކެލާ، އިހަވަންދޫ، މާރަންދޫ އަދި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދުއަށާއި، ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިރަށްރަށް ވަޑައިގެން، މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މިރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވައި، މަޝްވަރާ ބަދަލުކުރައްވާނެއެވެ.

ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ކުޅުދުއްފުށީގައި ދިރާގުން ފެއްޓެވުމަށް ހަމަޖެހިފައިވާ "ދިރާގު ހައި-ސްޕީޑް ނެޓްވަރކް ރޯލްއައުޓް ޕްރޮގްރާމް"ގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.