ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާގެ ޑާލިއަން ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން ހުއާ ޒޮންގްމިން އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް، ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ ތަފާތު މަޝްރޫޢުތަކާ ބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު، އިތުރަށް ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް ދެޤައުމު ގުޅިގެން ހިންގެވިދާނެ މަޝްރޫޢުތަކުގެ މަޢްލޫމާތު، ނައިބު ރައީސް، ޗައިނާގެ ޑާލިއަން ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަނާ ޙިއްޞާ ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ޗައިނާގެ ޑާލިއަން ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަންގެ ފަރާތުން ޗައިނާގެ ޘަޤާފަތް ރަމްޒުކޮށްދޭ ފޮޓޯ ފޮތެއް، ނައިބު ރައީސަށް އެރުވިއެވެ.