ސާކް ސަމިޓަށް ފުވައްމުލަކުގައި ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްލަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކުގެ ބަންޑާރަކުޅިއާއި، ސާކް ސަމިޓުާ ގުޅިގެން އޮންނަ ޘަޤާފީ ކުޅިވަރުތައް ބާއްވާ ކަލްޗަރަލް ވިލެޖާއި، ފުވައްމުލަކުު އެއަރޕޯޓް ބައްލަވާލެއްވިއެވެ. އަދި މިއަދު ކުޅުނު ސާކް ޤައުމުތަކުގެ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.