ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އޭޝިޔަން ޗެސް ފެޑެރޭޝަންގެ ރައީސް ޝައިޚް ސުލްޠާން ބިން ޚަލީފާ ބިން ޝަކްބުޢޫތު އަލްނަހްޔާން، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށާއި، ސްކޫލް ކުދިންގެ މެދުގައި ރާޒުވާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭޝިޔަން ޗެސް ފެޑެރޭޝަންގެ ފަރާތުން ރާއްޖޭގައި މުބާރާތެއް ބާއްވަން މިބައްދަލުކުރެއްވުމުގައި ފެޑެރޭޝަންގެ ރައީސް އެދިވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާ އެކަމަށް މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާއި، މޯލްޑިވްސް ޗެސް ފެޑެރޭޝަންގެ ރައީސް ނޫޙް ޢަލީއާއި، އޭޝިޔަން ޗެސް ފެޑެރޭޝަންގެ ޖެނެރަލް  ސެކްރެޓަރީ ހިޝާމް އައްޠާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.