ސަރުކާރުގެ ޓީމަކާއި، އެމް.ޑީ.ޕީ. ޕާލަމެންޓަރީ ގްރޫޕްގެ ޓީމާ ދެމެދު ކުޅެވުނު މި ފުޓުބޯޅަ މެޗްގައި، ސަރުކާރު ޓީމުގެ ކެޕްޓަނަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޕާލަމެންޓަރީ ގްރޫޕްގެ ޓީމުގެ ކެޕްޓަނަކީ އެމް.ޑީ.ޕީ. ޕާލަމެންޓަރީ ގްރޫޕް ލީޑަރ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙެވެ. މި މެޗް 4 – 2 އިން ކާމިޔާބުކުރީ ޕާލަމެންޓަރީ ގްރޫޕްގެ ޓީމެވެ.