ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު އުތުރުބުރީ ފީވަކަށާއި، މިލަންދުއަށާއި، ނަރުދުއަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ތިންރަށަށް ކުރައްވާ ދަތުރުފުޅުގައި، މި ތިންރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާބެހޭ ގޮތުން މަޝްވަރާ ބަދަލު ކުރައްވާނެއެވެ.