ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ކޮމިޝަންގެ މެންބަރަކަށް ޑޮކްޓަރ އަޙްމަދު ޝަހީދު ހަމަޖައްސަވައި، އެކަމުގެ ޤަރާރު ނެރުއްވައިފިއެވެ.

ޑޮކްޓަރ އަޙްމަދު ޝަހީދުގެ އިތުރުން، އެކޮމިޝަންގައި މިހާރު ހިމެނިވަޑައިގަންނަވަނީ އަލްފާޟިލް އާދަމް މަނިކާއި، އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދާއި، އަލްފާޟިލް މުޙަންމަދު އަސްވާނާއި، އަލްއުސްތާޛު ޢަބްދުﷲ ޙަސީނެވެ. މިކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވަނީ އަލްފާޟިލް އާދަމް މަނިކާއި، އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ.