ސައިޕްރަސްގެ ސަފީރު މިސް ނަފްސިކާ ކުރުސްޓި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
 

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތެލެސީމިޔާ އާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި، ސައިޕްރަސްއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ސައިޕްރަސްގެ ސަފީރު، ޚިޔާލު ބަދަލު ކުރެއްވިއެވެ.