މިއަދު، ރާއްޖޭގައި ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު ވޯޓުލައްވައިފިއެވެ.

 

މިއީ، ރާއްޖޭގައި، ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބެއް ބޭއްވޭ ފުރަތަމަ ފަހަރެވެ. މި އިންތިޚާބުގައި، ރާއްޖޭގެ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރެވޭނެއެވެ.