ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުވަދުއަތޮޅު އުތުރުބުރީ ދާންދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދާންދޫއަށް ވަޑައިގަތުމުން، އެމަނިފާނަށް ދާންދޫ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. 

ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުގެ ދަށުން ދާންދޫއަށް މިހާތަނަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ ތަފްޞީލު ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ. އަދި، ދާންދޫގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިވާ ބައެއް ޕްރޮގްރާމުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

ދާންދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި ދާންދޫގެ އާންމު ޙާލަތު ބައްލަވައިލެއްވިއެވެ.