ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރުއްވާފައިވާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބައިވެރިވެވަޑައިގެން ސަރުކާރަށް ދެއްވި އެއްބާރުލެއްވުމާއި، އެކިލެގެފާނަށް އަދާކުރެއްވި އެންމެފަހުގެ އިޙްތިރާމަށްޓަކައި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިވެވަޑައިގަންނަވައެވެ. އަދި މިކަމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މާލޭ މުނިސިޕަލްޓީއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިތުރަށް ސަރުކާރުގެ އެހެނިހެން އިދާރާތަކުންވެސް ދެއްވި ފުރިހަމަ އަވަސް ޚިދްމަތްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

މިއީ ތަޢުޒިޔާއާއި ހެޔޮދުޢާގައި ދިވެހިންގެ ދީލަތިކަން ހާމަވެގެންދިޔަ ޤައުމީ ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.