ރާއްޖޭގެ ބައެއް ރިޒޯޓު ކުއްޔަށް ދެވިފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުންއަރާފަދަ ގޮތްގޮތަށް ޚަބަރު ފެތުރެމުން އެބަދެއެވެ.

ރިޒޯޓުތައް ކުއްޔަށް ދެވިފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރެއްވުމުން އެއީ އާ ރަށްތަކެއް ދެން އޮތް 50 އަހަރަށް ދެއްވުމެއް ނޫނެވެ. މި މުއްދަތު އިތުރުކުރެއްވުމުން މިފަދަ ގިނަ ރަށްރަށުގެ މުއްދަތު އިތުރުވެގެންދާނީ، ގިނަވެގެން 15 އަހަރު ކަމުގައި ފާހަގަވާތީ، އެފަދަ ބައެއް ރަށްރަށުގެ ކުލީގެ މުއްދަތު ދެން އޮތް 50 އަހަރަށް ދެމިގެންދާނެ ކަމަށް ދެކެވޭ ވާހަކައަކީ، އެއީ މިކަމުގެ ޙަޤީޤަތް އޮޅޭފަދަ ވާހަކަތަކެކެވެ.