بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، އަނެއްކާވެސް މީޑިއާއާ އެކީގައި، ބައްދަލުކޮށްލަން މިއަދު މި ފުރުޞަތު ލިބިގެން ދިޔައިމާ ހަމަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
އާދެ، ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ފުރުޞަތު ހުޅުވާލުމުގެ ކުރީގައި، ހަމަ ދެތިން ކަމެއް އަޅުގަނޑު ޙިއްޞާކޮށްލާނަން.
އާދެ، އަޅުގަނޑުމެން ސަރުކާރުން ޤާނޫނުގައި އޮންނަގޮތަށް، މަޢުލޫމާތު ހާމަކުރުމާބެހޭ ޤާނޫނުގައި އޮންނަގޮތަށް، މިނިސްޓްރީތަކުން މެންޑޭޓްރީކޮށް، ޕްރޮއެކްޓިވްކޮށް، ޑިސްކްލޯޒް ކުރަންޖެހޭ މަޢުލޫމާތުތައް ޙިއްޞާކުރުމުގެ ކަންތައް ވަރަށް އިސްކަންދީގެން މިހާރު ހުރިހާ މިނިސްޓްރީއަކުންހެން މަޢުލޫމާތުތައް އެބޭފުޅުންގެ ވެބްސައިޓްތަކުގައި ޕަބްލިޝްކޮށް، ނިމެމުން އެބަދޭ. އަދި އިންފޮމޭޝަން ކޮމިޝަނުންވެސް ދިރާސާކޮށް، އެ ބޭފުޅުން އަޕްޑޭޓްވެސް އެބަ ދެއްވާ. ދެން އެގޮތުން މިހާރުވެސް، ހަތަރުވަރަކަށް މިނިސްޓްރީއަކުން ހަމަ ހަންޑްރެޑް ޕަސެންޓް މަޢުލޫމާތު ޑިސްކްލޯޝަރ ކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނުން އެބައޮތް މިނިސްޓްރީތަކަށް އަންގަވާފައި. އަދި ދެންހުރި މިނިސްޓްރީތަކުންވެސް ގާތްގަނޑަކަށް ނިމެމުން އެދަނީ. މި ބަލަނީ މި ހަފްތާ ތެރޭގައި ހުރިހާ މިނިސްޓްރީއެއްވެސް ހަންޑްރެޑް ޕަސެންޓް އެޗީވް ކުރެވޭތޯ. އެ މަޢުލޫމާތުތައް ޕަބްލިޝްކޮށް ނިންމަން. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދާނެ.
ދެން ހަމަ އާރު.ޓީ.އައި.ތަކަށްވެސް ޖަވާބު ދިނުމުގެ ކަންތައްވެސް ހުރިހާ މިނިސްޓްރީތަކަކުން ވަރަށް ބޮޑު އިސްކަމެއްދީގެން އެ ބައްލަވަނީ. އަޅުގަނޑުމެން އެބަ ބަލަން ވަރަށް އަވަހަށް ނިންމާލެވޭތޯ. ދެން ޤާނޫނުގައި އޮންނަ މުއްދަތު އޮތް، ވަގުތު އޮތް، އާރު.ޓީ.އައި.ތަކަށް ޖަވާބު ދިނުން، އެ އޮތް މުއްދަތުގެ ތެރޭގައި ދިނުން ކުރިއަށްދާނެ. ދެން އެހެންނަމަވެސް، މުއްދަތު ހަމަވެފައި ހުރި ކަމަށްވަންޏާ، ވީހާވެސް އަވަހަކަށް މަޢުލޫމާތުތައް ޙިއްޞާކޮށް ނިންމާލުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ދެން މި ބަލަނީ މެކްސިމަމް ފިފްޓީންވަރަކަށް ޑޭޒް ތެރޭގައި، މި ދެންނެވިހެން ޤާނޫނުގައި އޮތް މުއްދަތު ފަހަނަޅައި ގޮސްފައިވާ އެއްޗެއްވާނަމަ، އާރު.ޓީ.އައި.އަކަށް ޖަވާބުނުދެވި އޮތްނަމަ އެކަން ނިންމާލެވޭތޯ. ދެން އަދި މުއްދަތު އޮތް އެއްޗެހިވެސް މުއްދަތުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޖަވާބު ދިނުން، ރަނގަޅު ކުރަން. ދެން ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ އެކަންވެސް މެދުނުކެނޑި ވީހާވެސް ކޮންޓިނުއަސް ޕްރޮސެސްއަކުން މަޢުލޫމާތު ޙިއްޞާކުރުން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދިޔުމަށް. އިންފޮމޭޝަން ޙިއްޞާކުރުން، ޝެއަރކުރުން، އަޅުގަނޑުމެން ވަރަށް އިސްކަމެއް ދޭނަން ކުރިއަށް އޮތް ތަނުގައި އަދި އިތުރަށް އިމްޕްރޫވް ކުރަންވެސް.
އެހެންވީމާ، މި ދެންނެވި ގޮތަށް، މިނިސްޓްރީތަކުގެ މެންޑޭޓްގައި އޮންނަ އަމިއްލައަށް ޙިއްޞާކުރަންޖެހޭ، އަމިއްލަ އިސްނެގުމުގެ މަތިން ޙިއްޞާކުރަންޖެހޭ، މަޢުލޫމާތުތައްވެސް ޙިއްޞާކުރުމުގެ ކަންކަން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދީގެން މި ނިންމަނީ. ދެން އަދި ކުރިއަށް އޮތް ތާނގައި، އިތުރު މަސައްކަތްތައް ކުރާނެ ހުރިހާ މިނިސްޓްރީއަކުންވެސް އަދި ރައީސް އޮފީހުންވެސް، މުޅި ސަރުކާރުން، ކުންފުނިތަކުންވެސް، މި މަޢުލޫމާތު އިސްވެ ޙިއްޞާކުރުމުގެ ކަންކަން ރެގިއުލަރ ޕެޓަރންއެއްގެ ތެރެއިން، ރެގިއުލަރ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަން. އޭރުން ތިޔަބޭފުޅުންނަށް އެހާ އުނދަގޫފުޅެއް ނުވާނެ، ކުރިއަށް އޮތް ތަނުގައި މި ދެންނެވިފަދައިން، އިސްވެ ހުރިހާ މަޢުލޫމާތުތަކެއް ލިބޭގޮތަށް، ކަންކަން ބައްޓަންވެގެން ދިޔައިމާ. މިގޮތަށް އިރާދަކުރެއްވިއްޔާ އެކަންކަން ކުރިއަށް ގެންދާނަން.
އާދެ، އަޅުގަނޑުމެން ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރުމުގައި މި ބަލަނީ ރާއްޖޭގެ އިސްލާމްދީނާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ހުރިހާ ކަންތައްތަކެއްވެސް ރައްޔިތުންނަށް މުހިންމު އަދި ޤާނޫނުއަސާސީގައިވާ ކަންކަމާއި، އަޅުގަނޑު ވެފައިހުރި ވަޢުދުތަކާއި، މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ވަޢުދުތަކާއި، އަދި މިނިސްޓްރީތަކުގެ ތެރޭގައި ހުރި މެންޑޭޓްތައް ތަންފީޒު ކުރުމުގެ ކަންކަން، ވީ އެންމެ ފުރިހަމައަކަށް ގެންދިޔުމަށް. އެގޮތުން މިއަދާ ހަމައަށް އައިއިރުގައި، ވަރަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައިވެސް މަސައްކަތް ކުރެވޭނެ.
އެންމެ މުހިންމު އެއްކަމެއް ދޭ ކަމަކީ އިންސާނުން ބިނާކުރުން. ނޫނީވިއްޔާ، ޒުވާނުންނާއި އާންމު ރައްޔިތުންގެ ފިކުރާއި، ދުޅަހެޔޮކަމާއި، އަމިއްލަ ޕަރސަނަލް ތަރައްޤީއަށް ދޭންޖެހޭ ސަމާލުކަން ދިނުން. އެގޮތުން ވަރަށް ގިނަ ކަންތައްތަކެއް މިހާތަނަށްވެސް ވަނީ ވަށައިޖެހޭ ސިޔާސަތެއްގެ ތެރެއިން ކުރެވިފައި.
ޞިއްޙީ ދާއިރާއިން ބެލިކަމުގައިވިޔަސް، ވަށައިޖެހޭ ސިޔާސަތެއްގެ ތެރެއިން މިއަދާ ހަމައަށް އައިއިރުގައި، ވަރަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި. ޕްރިވެންޓިވް ހެލްތް ކެއަރގެ ނިޒާމުގެ ތެރެއިން، ނޫނީވިއްޔާ ސިޔާސަތުގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރުހެލިކުރުވުމަށްޓަކައި ވަރަށް މުހިންމު ސިޔާސަތުތަކެއްވެސް ތަންފީޒުކުރަން ފެށިފައިވޭ. އަދި ޑްރަގުގެ ނުބައި އާދައިން ދުރުކުރުވުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ފެށިފައިވޭ.
ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމި ނިންމުން އެއީ މިފަދަ އެއް ކަންތައް. ދުންފަތުގެ އިސްތިޢުމާލު ކުރުން، ޑްރަގު ބޭނުންކުރުން. މިކަންކަމުން ޒުވާން ޖީލު ޚާއްޞަކޮށް، އަދި ހުރިހާ ފަރާތްތައްވެސް ދުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. ޖެނެރޭޝަނަލް ބޭންއަކީ ހަމަ މިފަދަ ވަރަށް މުހިންމު ފިޔަވަޅެއް. އެންމެ ޒުވާންކުދިން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތެރެއަށް ދިޔުމުގެ ކުރިން އެކަން ހުއްޓުވުމަށްޓަކައި އެޅުނު ވަރަށް މުހިންމު ޤައުމީ ފިޔަވަޅެއް. އެހެންވީމާ، އެ މަސައްކަތް އެގޮތަށް އެ ކަންތަކުގެ ތަންފީޒީ މަރުޙަލާގައި އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަށް މަސައްކަތް މިކުރަނީ، ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާއެކީގައި.
އަޅުގަނޑުމެންގެ ސޮސައިޓީއަކީ، ވަރަށް ކްލޯޒްލީ ލިމިޓެޑް، ވަރަށް އިސްލާމީ ހަމަތަކުގެ މަތީގައި އޮތް، ވަރަށް ކުޑަ، ނިސްބަތުން ކުޑަ މުޖުތަމަޢެއް، ބޭރުގެ ޤައުމުތަކާ ބަލާއިރުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި، ކަންކަން ޙައްލުކުރުމުގައި ވަރަށް އިސްކަންދޭންޖެހޭނެ، އަޅުގަނޑުމެންގެ މި ޙަޤީޤަތުގެ މައްޗަށް ބިނާކޮށް ކަންކަން ކުރުމުގައި. އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް ކަންކަން ކުރާގޮތަށް ރިޢާޔަތްކޮށްގެން، އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރަން ޖެހޭނީ.
އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާންކުދިންގެ ރައްކާތެރިކަމަށްޓަކައި، އަޅުގަނޑުމެންގެ މައިންބަފައިންނަށް އަބަދުވެސް އެ ކަންބޮޑުވުން އޮންނަ ކަންތައްތައް އަދި މުޅި ދުނިޔޭގައިވެސް މިހާރުގެ ޒުވާންކުދިންގެ ޖީލުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ހުރި ކަންކަމަށް ޙައްލު ގެނައުމަށްޓަކައި މި ޖެނެރޭޝަނަލް ބޭންގެ ކަންތައްވެސް މި ކުރިއަށް ގެންދެވުނީ. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން މި އިތުރު ކަންކަން ތަޢާރުފް ކުރުން، ނޫނީވިއްޔާ ގެންދިޔުމަށްވެސް މަސައްކަތް ކުރަމުން ގެންދިޔުމަކީ އަސާސަކަށްވާނެ.
އާދެ، މިގޮތުން ބަލާއިރުގައި، އެންމެ ޒުވާންކުދިން، ސޯޝަލް މީޑިއާގައި ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް މިވަނީ ގޮސްފައި. މިއީ ގްލޯބަލައިޒްވެފައި އޮތް ކަމެއް. ހަމަ ހުރިހާ ހިސާބެއްގައި، މުޅި ދުނިޔޭގައި އޮތް ކަމެއް. ސައިބަރ ބުލީންގ މިއީ ވަރަށް ވަރަށް ނުރައްކާތެރި ކަމެއް. ޒުވާންކުދިން، ތުއްތުކުދިން، މިކަމުގެ ތެރެއަށް ގޮސްފައި، މުޅި ދުނިޔޭގައިވެސް އޮތް މައްސަލައެއް.
ހަމަ އެގޮތަށް، އޮންލައިން ގްރޫމިންގއަކީވެސް އޭގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް. ވަރަށް ހާމްފުލް ކޮންޓެންޓަށް ޒުވާންކުދިން، ތުއްތުކުދިން އެބަ އެކްސްޕޯޒްވޭ. އެހެންވީމާ، އަޅުގަނޑުމެން އިސްލާމީ ޤައުމަކަށްވުމާއެކުގައި، އަދި މިހާ ކްލޯޒްލީ ލިމިޓެޑް ކުޑަ މުޖުތަމަޢަކަށްވާއިރުގައި، އަޅުގަނޑުމެންގެ ޒުވާންކުދިން، އަޅުގަނޑުމެންގެ ތުއްތުކުދިން،
މިކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކީ، ސަރުކާރުގެ ޒިންމާއެއް. ރައްޔިތުންނާ ގުޅިގެން ކުރަންޖެހޭ، މުޖުތަމަޢާ ގުޅިގެން، ހުރިހާ މުއައްސަސާތައް ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކެން.
އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ކަމާބެހޭ ފަރާތްތަކާ، މި ދެންނެވީ ސިވިލް ސޮސައިޓީ، އަދި ކަމާގުޅޭ ޖަމުޢިއްޔާ، ޖަމާޢަތްތައް، އަދި އެހެން ފަރާތްތަކާއެކީވެސް މަޝްވަރާކޮށް، އާންމު ރައްޔިތުންގެވެސް ޚިޔާލާއި މަޝްވަރާއާވެސް އެކީގައި، ކަމާގުޅޭ ޤާނޫނުތަކާއި، ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް ސޯޝަލް މީޑިއާގެ އެޕްތައް، ކަނޑައެޅޭ ވަކި އެޕްތަކެއް، 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުންނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އަޅުގަނޑުމެން ގަސްދުކުރަން. މިކަމުގައި އޮސްޓްރޭލިޔާއިން އަޅާފައިވާ ފިޔަވަޅުތައް އެއީ، ރަނގަޅު މިންގަނޑެއްގެ ގޮތުގައި ދެކެން. އެހެންވީމާ، އޮސްޓްރޭލިޔާއިން އަޅާފައި އެވާ ފިޔަވަޅުތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ ބަދަލު ކަމުގައިވިޔަސް، އަދި މި ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރާ، ނޫނީވިއްޔާ މި ހިންގާ ކުންފުނިތަކާ މުޢާމަލާތް ކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކަމުގައިވިޔަސް، އޮސްޓްރޭލިޔާގެ މިންގަނޑުތައް ބޭނުންކުރެވޭނެ ގޮތެއް، ރާއްޖޭގައި ތަޢާރުފްކުރެވޭނެ ގޮތެއް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށްގެންދަން ގަސްދުކުރަން.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، މަސްތަކުގައި މިކަމާ ގުޅޭ މަސައްކަތްތައް އަޅުގަނޑު އުންމީދުކުރަނީ، ގިނަވެގެން، އެންމެ ގިނަވެގެން، އަހަރެއްހާ ދުވަސް ތެރޭގައި ނިންމަން. އަދި އެއަށްވުރެ އަވަހަށްވެސް ކާމިޔާބުކުރެވޭނެ، ހަމަ މި އަހަރުގެ ތެރޭގައިވެސް ޢަމަލީގޮތުން، އިންފޯސްކުރެވޭ ކަމަކަށް 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓްރޭލިޔާގައި އޮތްފަދަ ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުމުގައި، ބޭންކުރުމުގެ ކަންތައް ކުރުން. އޭގެ މާނައެއް ނޫން، ޑިޖިޓަލައިޒޭޝަނާ ދުރަށްދިޔުން. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވްސް 2.0. އަޅުގަނޑުމެންގެ ޤައުމަކީ، އޭ.އައި.ޑްރިވަން، ޑިޖިޓަލް ސޮސައިޓީއަކަށް ހެދުމަށް، ޤައުމަކަށް ހެދުމަށް އަޅުގަނޑުމެން މިވަނީ ނިންމާފައި. އެހެންވީމާ، އިންޓަރނެޓް ވަރަށް މުހިންމުވާނެ. އިންޓަރނެޓުގެ ޒަރީއާއިން މަޢުލޫމާތު ހޯދެންޖެހޭނެ. އިންޓަރނެޓާއި އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުން ތަޢުލީމު ހާސިލުކުރުމަށް އަދި އެކިކަހަލަ ފަންނުތައް ދެނެގަތުމާ، މި ހުރިހާ ކަމަކީ، އަޅުގަނޑުމެންގެ ވޭފޯވަރޑް.
އެހެންވީމާ، އެކަންކަން ކުރިއަށްގެންދިޔުމަށް އެއްވެސް ދަތިކަމެއް ނާންނަގޮތަށް، މި ދެންނެވި ހާރމްފުލް ކޮންޓެންޓްތަކާއި، ސައިބަރ ބުލީންނާއި، އޮންލައިން ގްރޫމިންގ، މިފަދަ ނުބައި ކަންކަމުން ޒުވާންކުދިން، ތުއްތުކުދިން، ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައި، މި ދެންނެވި ފިޔަވަޅު އެޅުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން ކަމާބެހޭ ހުރިހާ ފަރާތްތަކާއި، މުޖުތަމަޢާ އެކީގައި، މުޖުތަމަޢުގެ މިކަމާބެހޭ ހުރިހާ ފަރާތްތަކަކާ އެކީގައި މަޝްވަރާކޮށް، އެންމެ ގިނަވެގެން އެއް އަހަރުގެ ތެރޭގައި ނިންމަން. އެއީ އެންމެ ފައިނަލް ސްޓެޕް. އޭގެ ކުރިން ކުރަންހުރި ހުރިހާ ކަމަކާ އެކީގައި، އަޅުގަނޑަށް އުންމީދު ކުރެވެނީ، މި އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މި ނަތީޖާ ނެރެވިދާނެއޭ، ހުރިހާ ފަރާތްތައް އެކުގައި މަސައްކަތް ކުރީމާ. އެހެންވީމާ، އެއީ އަޅުގަނޑުމެން ކުރިއަށްގެންދަން ނިންމާފައިވާ، ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުމެންނަކީ ކުރިން މި ދެންނެވިފަދައިން، ހުރިހާ މާނައެއްގައިވެސް ޢަމަލީގޮތުންވެސް އިސްލާމްދީނާއި ޤާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަންކަންކުރާ ބަޔަކަށްވާއިރުގައި، ހުރިހާ ވަރކްސް އޮފް ލައިފެއްގައި، ހުރިހާ ކަމެއްގައިވެސް ޢަމަލީގޮތުން އެކަން ކުރިއަށް ގެންދެވެންވާނެ.
މިސާލަކަށް، ކުޅިވަރުގެ މައިދާނުގައި އަޅުގަނޑުމެން އުޅޭއިރުވެސް، ނަމާދުގަޑި ޖެހިގެންގޮސް ނިމިގެންދާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ، އެންމެ ރަނގަޅުގޮތެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ކަންކަން އޮންނަގޮތް އެއީ. އެއީކީއެއް ގަސްދުގައި ކުރާ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދަ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަޝްވަރާކުރެވެމުން ގޮސް، ވަކި ހިސާބަކަށް ގެންދެވިފައި، ތަންފީޒުކުރުމާ ހަމައަށް ގެންދެވިފައި މިއޮތީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ ޢިމާރާތްތަކުގައި، ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އެކިކަހަލަ ތަންތަނުގައި، ކުޅިވަރު އެކުވެނި މިސާލަކަށް. މި ތަންތަނުގައިވެސް ނަމާދުކުރެވޭނެ ފެސިލިޓީތައް، ޒަމާނީ ފެސިލިޓީތައް، ވުޟޫކުރުމާއެކީގައި ޤާއިމުކުރެވިގެންދާނެ. މިސާލަކަށް، ކުޅިވަރު އެކުވެނީގައި ނުހުންނާނެ އެކަންތައް ކުރެވޭކަށެއް. ނޫނީވިއްޔާ ސްޓޭޑިއަމްގައި ނުހުންނާނެ. މާފަންނު ސްޓޭޑިއަމްގައި. އެހެންވީމާ، އެތަނުގައިވެސް އެންމެ ޒަމާނީ ފެންވަރުގައި، ކުޅިވަރުކުޅެން އުޅެފައި، ނަމާދު ގަޑި ގެއްލުނަ ނުދިނުމަށްޓަކައި ގޮސް ނަމާދުކުރެވޭގޮތަށް ޤާއިމުކުރުމާއި، އަދި ބަންގިގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭގޮތަށް ވިއްސަކަށް މިނިޓް ނަމަވެސް، ގެންނަންޖެހޭ ބަދަލުތައް ގެންނާނެ.
އެހެންވީމާ، މިފަދަ ކަންތައްތައްތަކެއް އަޅުގަނޑުމެން މި ކުރަނީ އަޅުގަނޑުމެންގެ މުޖުތަމަޢަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢަމަލީގޮތުން ކަންކަން ތަންފީޒު ކުރެވިގެން ދާންޖެހޭނީ އަޅުގަނޑުމެންގެ މި ޙަޤީޤަތުގެ މައްޗަށް ކަމުގައި ބިނާވެގެން ކަމުގައި އަޅުގަނޑު ގަބޫލުކުރާތީވެ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ މިކަންކަން ތަންފީޒުކުރެވޭނެ. މާފަންނު ސްޓޭޑިއަމްގައި، މި ދެންނެވި ނަމާދުކުރާ ފެސިލިޓީތައް ޤާއިމުކުރުމާއި، މި ހުރިހާ ކަމެއް، ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ. އަދި އޭގެ އިތުރަށް، ސަރުކާރުން އަޅާ ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި، އަދި އެކިކަހަލަ، ކުޅިވަރުގެ އެކިކަހަލަ މަރުކަޒުތައް އެޅިގެންދާއިރުގައި އެކަން އެގޮތަށް ހެދިގެންދާނެ.
އެނގިވަޑައިގަންނަވާނެ، މިހާރު ސްޕޯޓްސް މިނިސްޓްރީން ސޮއިކޮށްފައި، ބައެއް ފަރާތްތަކަށް ހަވާލުކޮށްފައި ވެއްޖެ، އެކިކަހަލަ ކުޅިވަރު ފެސިލިޓީތައް ޤާއިމުކުރަން. މިސާލަކަށް، ބޯލިންގ އެރީނާއެއް އަޅަން ހަވާލުކޮށްފި. އާރކެއިޑް ގޭމް ސެންޓަރެއް އަޅަން ހަވާލުކޮށްފި. ކުޑަކުދިން ކުޅޭ އެކިކަހަލަ ކުޅިވަރުތައް ކުޅޭ، އިންޑޯ ސްޕޯޓްސް ސެންޓަރެއް އަޅަން ހަވާލުކޮށްފި. މިފަދަ އެކި ތަންތަން ހަވާލުކޮށްފައިވޭ. ނެޓްބޯލް ކޮމްޕްލެކްސްއެއް އަޅަންވެސް ވަނީ، ހަވާލުކޮށްފައި. އެހެންވީމާ، މި ތަންތަނުގައި ކުޅިވަރު ކުޅެންދާއިރުގައި، އެ ތަންތަނުގައި ނަމާދުކުރެވޭނެ ފެސިލިޓީތައް ޤާއިމުކުރުމާއި، އަދި އެ ތަންތަނުގެ ތެރޭގައި ކުޅިވަރު ކުޅެންދާއިރުގައި، ހޭދަވަމުންދާ ވަގުތުގެ ތެރޭގައި، ބަންގީގެ ގަޑި އަތުވެއްޖެނަމަ، ވަކި ވަގުތެއް ވަންދެން ކުޅިވަރުތައް މެދުކަނޑާލަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި، މިފަދަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އެހެންވީމާ، މިކަންކަން އަޅުގަނޑު ބޭނުންވީ ދަންނަވާލަން. މިއީ ޢަމަލީގޮތުން އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންގެ ޙަޤީޤަތްތަކުގެ މައްޗަށް، އަޅުގަނޑުމެންގެ އައިޑެންޓިޓީގެ މައްޗަށް ބިނާވެގެން ތަންފީޒު ކުރެވެންޖެހޭނެ ކަންތައްތައް ކަމުގައި އަޅުގަނޑު ދެކޭ ކަންތައްތައް މި ހުންނަނީ. އެހެންވީމާ، މިހެން ހުންނަ ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަޅުގަނޑުމެން އެންމެން ބަލައިގަންނަ ކަންކަން ކަމުގައި ވާނެގޮތަށް، ކަންތައްތައް ގެންދެވެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.
އެހެންވީމާ، މިކަންކަން ތަންފީޒު ކުރުމުގައި، ހުރިހާ ފަރާތްތަކެއް، އާންމު ރައްޔިތުންނާއި، އެކިއެކި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ކުލަބްތަކާއި، އަދި ދެން ޖުމްލަކޮށް، މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑުމެންގެ ޚިޔާލާއި ފިކުރުގައި، ކަންކަން ހެޔޮގޮތަށް ގެންދިޔުމުގެ ރޫޙާއި އެ ނިޔަތް، އަދި ޢަމަލީގޮތުން އެކަން ތަންފީޒު ކުރުމުގެ ހިތްވަރު ހުރެއްޖިއްޔާ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކަންކަން ގެންދެވޭނީ، ވަރަށް ރަނގަޅުގޮތުގައި ބައްޓަން ކުރެވިގެން ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އެ ވާހަކަކޮޅު ދަންނަވާލުމާ އެކީގައި، ދެން މިއަދުގެ ސުވާލުކުރުމުގެ ބަޔަށް ދާނަން. އެހެންވީމާ، ގުރުއަތު ނެގިފައިވާ ތަރުތީބުން ކުރިއަށް ގެންދަވާ.
ލައިޝާ އަޙްމަދު ޒަކީ - ރާއްޖެ ޓީ.ވީ:
އަޅުގަނޑުގެ ސުވާލު، ދުންފަތާ ގުޅިގެން އިއްޔެގައި ދާޚިލީ ވަޒީރު އަދި ސަރުކާރުން މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ފުރަތަމަ ސުވާލު މިއޮތީ.
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު 11 ވަނަ ދުވަހު އެއީ ގާތްގަނޑަކަށް އަދި މަހެއްވެސް ނުވޭ. މި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެބަވޭ ވިދާޅުވެފައި، ސަރުކާރުގެ ވިސްނުމެއް ނެތޭ، ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެ ބަދަލު ގެނައުމުގެ ވިސްނުމެއް ނެތޭ. ޑަބްލިޔޫ.އެޗް.އޯ.އާ މަޝްވަރާކޮށްގެން ބަދަލެއް ގެނައިކަމުގައިވީ ނަމަވެސް ގެންނަވާނީ، މިހާރު ހުރި ސިޔާސަތު އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބަދަލެކޭ. އެގޮތަށް ރައީސް ވިދާޅުވި.
އިއްޔެ ހެނދުނު ރައީސް، ދުވަހާ ގުޅިގެން އާންމުކުރެއްވި މެސެޖުގައިވެސް ވިދާޅުވެފައި އޮތީ، ދުންފަތުގެ ޑިއުޓީއާ ގުޅޭ އަގުތައް މިހާރަށްވުރެ ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެމޭ. ދެން އެހެންނަމަވެސް، ހަވީރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރިން އެ އޮތް އަގަށްވުރެ އެ ޑިއުޓީ ކުޑަކުރަން ސަރުކާރުން މަޝްވަރާތައް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިގެން މިދިޔައީ.
އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، ކީއްވެގެންތޯއޭ، އެހާބޮޑަށް ރައީސް އަދި މަހެއްނުވޭ އެގޮތަށް ވިދާޅުވިތާ. އަނެއްކާ އިއްޔެ ހަރުދަނާ ބަދަލުތަކެއް ގެންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައި އޮއްވައި، ކީއްވެގެންތޯއޭ އެގޮތަށް އަނެއްކާ ކުއްލިއަކަށް މި ނިންމުން ބަދަލުވެގެން މިދިޔައީ. އަގު ކުޑަކުރަން މަޝްވަރާކުރަމުންދާ ކަމަށް ނުވަތަ އެ ކުރައްވާނެ ކަމަށް ދާޚިލީ ވަޒީރުވެސް ވިދާޅުވީ. އެ ސުވާލު އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހިތުން މީގައި ތިޔަބޭފުޅުންނަށް ތި ފަހުމްވެވަޑައިގަންނަވާ ގޮތުގައި އިޝޫއެއްހެން މިއުޅެނީ އިނގޭތޯ. އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކައަކާއި އިއްޔެއަކާ، މިއަދަކާ އަދި ކުރިއަށް އޮތް ތަނުގައިވެސް ތަފާތެއް ނާންނާނެ. އަޅުގަނޑު އެދުވަހު ދެއްކި ވާހަކައާ ގުޅޭގޮތުން އެ ސުވާލުކުރީ ސަންގު ޓީ.ވީ.އިން. ދެން ސޯޝަލް މީޑިއާއިން އަޅުގަނޑަށް ފެނުނު، ސަންގު ޓީ.ވީ.ގެ ރަސްމީ އެކައުންޓުން ތި ވާހަކަ ތިގޮތަށް ޓުވީޓްކޮށްފައި އޮތްތަން. އެހެންވީމާ، އަޅުގަނޑު ބަލައިވެސްލިން، މި ޕްރެސް ކޮންފަރެންސަށް އައުމުގެ ކުރީގައި، އަޅުގަނޑު ދެއްކި ވާހަކައިގައި ކީކޭތޯ އަޅުގަނޑު ދެންނެވީވެސް. ދެ ބަޔަކަށް ސުވާލު އައީ އިނގޭތޯ. ފުރަތަމަ، ވަރަށް ތަފްޞީލުކޮށް އަޅުގަނޑު ޖަވާބުދިނީ. ވަރަށް ތަފްޞީލުކޮށް ޖަވާބުދިނިން. ދެން ނިމުނުތަނާ އަނެއްކާވެސް ފޮލޯއަޕްކޮށް ދެވަނަފަހަރަށްވެސް ސުވާލުކުރެއްވި ސުވާލުގައި، އަޅުގަނޑު ކުރިން ދިން ޖަވާބު އަޅުގަނޑު ރިފަރކުރީ. ކޮށްފައި އަޅުގަނޑު ދެންނެވީ، އަދިއެއް ނެތޭ. އެހެންވީމާ، އަދި ނެތޭ އެ ދެންނެވި ވާހަކައަކީ، އަޅުގަނޑުގެ ވަރަށް ތަފްޞީލު ޖަވާބުގައި އޮންނާނެ، ކޮންޓިނިއުއަސް ޕްރޮސެސްއަކުން ރިވިއުކުރަމުންދާ ވާހަކައާއި، ޑަބްލިޔޫ.އެޗް.އޯ. ފަދަ ފަރާތްތަކާ މަޝްވަރާކުރާ ވާހަކައާ، މި ހުރިހާ ކަމެއްވެސް. އަޅުގަނޑު މި ދެންނެވި ގޮތަށް އެކަން އަޅުގަނޑަށް ޓުވިޓާއިން ފެނުނީމާ، ސޯޝަލް މީޑިއާއިން ފެނުނީމާ، ބަލައިލާފައި އޮތީމާ، އެދުވަހު އަޅުގަނޑު ދެއްކި ވާހަކަ ހަމަ ޓެކްސްޓް ވާބެޓިމް އަޅުގަނޑުގެ އަތުގައި އެބައޮތް. ބޭނުންފުޅިއްޔާ އަޅުގަނޑު ކިޔައިވެސްލާފާނަން. އަޅުގަނޑު ދިން ޖަވާބު. އެހެންނޫނީވިއްޔާ، ބޭނުންފުޅިއްޔާ އެނބުރި ވަޑައިގެން ބައްލަވައިލައްވާ. ވަރަށް ތަފްޞީލުކޮށް އަޅުގަނޑު މިއޮތީ އަޅުގަނޑު ދެއްކި ވާހަކަ. އަޅުގަނޑު ދެއްކި ވާހަކަ ހަމަ އެއްކޮށް. އޭގައި މިއޮތީ އިއްޔެ ޕްރެސް ކޮންފަރެންސްގައިވެސް އެ އައި ވާހަކައާ ސީދާ ގުޅޭ. އަނެއްކާ އިއްޔެ ހެނދުނު އަޅުގަނޑު ނެރުނު ބަޔާނާވެސް ގުޅޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ޔޫ ޓާނެއް ނެގީކީވެސް ނޫން. އެއްގޮތަކަށްވެސް
ޔޫ ޓާނެއް ނޫން. އަދި އަޅުގަނޑުމެން ސިޔާސަތަށް ބަދަލެއްވެސް ނާދޭ.
މުޅި ދުނިޔެއަށް ބަލާއިރުވެސް، އަޅުގަނޑުމެން އިސްނަގައިގެން އެންމެ ފުރަތަމަ ޖެނެރޭޝަނަލް ބޭންއެއްވެސް ގެނައީ މި ރާއްޖެއިން. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިންވެސް ވިދާޅުވި. އަދި އޭގެ އިތުރަށްވެސް ވަރަށް ގިނަ ފިޔަވަޅުތަކެއް މި އަޅަނީ، މި މުޖުތަމަޢު ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށްޓަކައި ޕްރިވެންޓިވް ހެލްތު ކެއަރގެ ޕޮލިސީ ވަރަށް ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުމަށްޓަކައި. އެހެންވީމާ، އޭގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުމާ ރައްޔިތުން ދުރުކުރުމުގެ ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅަމުން މިގެންދަނީ.
ދެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އަޅުގަނޑުމެން އެއްކަމަކަށް މި ކުރީ ވޭޕް ބޭން ކުރުން. ވޭޕް ބޭން ކުރުމުގެ ތެރެއިން އަޅުގަނޑުމެން ނެގި ފިޔަވަޅެއް ޑިއުޓީ ބޮޑުކުރުން. ދެން އިއްޔެ މިނިސްޓަރ އިޙްސާންގެ ވާހަކަފުޅުގައި އެ ވާހަކަތައް ގެންނެވި. ދެން މިއާ ގުޅިގެން އަޅުގަނޑުމެން ޑަބްލިޔޫ.އެޗް.އޯ.އާ އެކީގައި އަދި އެހެން ފަރާތްތަކާ އެކީގައިވެސް ޓެކްނިކަލް ގިނަ ރިވިއުތައް ކުރިއަށް ގެންދިޔައިން.
އެހެންވީމާ، އެގޮތުން ހަމަ ރައިޓް ޑައިރެކްޝަންގައި އަޅުގަނޑުމެންގެ ސިޔާސަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނެވި އެޖެސްޓްމަންޓެއްގެ ގޮތުގައި އެފަދަ އެޖެސްޓްމަންޓެއް ގެނައުމުގެ ޕޮސިބިލިޓީއާ ބެހޭގޮތުން އެކަމާގުޅޭ އެކި ކަހަލަ ފަންނީ މަޝްވަރާތައް ކުރިއަށްދާ ވާހަކަ މި ދެންނެވީ. އެހެންވީމާ، އަޅުގަނޑުމެންގެ މަޝްވަރާތައް، މި ޑިޕެންޑްވަނީ ފަންނީ އެކްސްޕަރޓުންގެ ލަފަޔާއި، އަދި މިކަމާ ގުޅޭ އިންޓަރނޭޝަނަލް އޯގަނައިޒޭޝަންތައް، އެއީ ޑަބްލިޔޫ.އެޗް.އޯ. ފަދަ ޚާއްޞަކޮށް. އަދި ޑަބްލިޔޫ.ޓީ.އޯ. ފަދަ ތަންތަނަށް. ޚާއްޞަކޮށް ޑަބްލިޔޫ.އެޗް.އޯ. ޞިއްޙަތާ ގުޅޭ ކަމެއްވީމަ. މި ފަރާތްތަކުގެ މި ރެކޮމެންޑޭޝަންތަކާއި، އެ ބޭފުޅުން ހައްދަވާފައި ހުރި ދިރާސާތަކާއި، މިކަންކަން މި ބަލަނީ. އެހެންވީމާ، މިކަންކަމުގެ އަލީގައި، އަޅުގަނޑުމެން ގޮތެއް މި ނިންމަނީ.
އެހެންވީމާ، އެ ވާހަކައަކު، ނޫނީވިއްޔާ ސިޔާސަތަކުވެސް އަދި އަޅުގަނޑު ދެއްކި ވާހަކައަކުވެސް ނެތް ހަމަ އެއްވެސްވަރަކަށް ޑައިވަރޝަނެއް. އަދި ނޫނީވިއްޔާ، ރިވާސަލް އޮފް ޕޮލިސީއެއްވެސް ނެތް ޙަޤީޤަތުގައި. އެހެންވީމާ، އަޅުގަނޑު އެދެނީ، ހަމަ އެއްކޮށް ބައްލަވައިލައްވަން. ކުރީ ދުވަހު އަޅުގަނޑު ދިން ޖަވާބާއި، އަދި އޭގެއިތުރަށް، ހަމަ މުޅި ޕޮލިސީ މިއަދާ ހަމައަށް ތަންފީޒުކުރިގޮތުގެ އެއްވެސްވަރަކަށް އަޅުގަނޑުމެންނެއް ނެތް ރިޓްރެކްޓް ކޮށްފައެއް އަސްލުގައި.
ލައިޝާ އަޙްމަދު ޒަކީ - ރާއްޖެ ޓީ.ވީ:
އާދެ، އަޅުގަނޑުވެސް ހަމަ ބަލައިލިން ރައީސްގެ ޖަވާބު. ނޫސްވެރިންގެ ބައްދަލުވުމަށް އައުމުގެ ކުރިން. އެ ޖަވާބުގައި ރައީސް ވިދާޅުވެފައި އޮތީ، ތިޔަ ވިދާޅުވިހެން ވަރަށް ދިގުކޮށް ޖަވާބު ދެއްވާފައި އޮތީ. ދެން އެހެންނަމަވެސް، އަޅުގަނޑުވެސް ގަބޫލުކުރާހިތްވަނީ ރައީސްގެ ކޮންމެ ޖުމްލައަކީވެސް ހަމަ ތެދަކަށްވާނީ. އެހެންކަމަށްވާނަމަ، އެގޮތަށް ގަބޫލުކުރާކަމުގައިވާނަމަ، ބަދަލެއް ނުގެންނަވާނަމޭ ވިދާޅުވީމާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަދި ޓްރައި ކޮށްލާނަން. ވަރަށް ތަފްޞީލު ޖަވާބެއް ދީފައި، ހަމަ އެ ޖަވާބުގައި އަޅުގަނޑު ދެންނެވިން، ރިވިއު ކުރަމުންދާ ވާހަކައާއި، އެ ޕްރޮސެސްގެ ތެރެއިން އަންނަ ލަފައާ އެއްގޮތަށް ކަންކަން ނިންމަމުން ދާނަމޭ. އެހެންވީމާ، އެދުވަހުގެ ޕްރެސް ކޮންފަރެންސް ދިން ގަޑީގެ އެ ހިސާބަކަށް، އެއަކަށް ޑިޒިޝަނަކާ ހަމައަކަށް ނާދެވޭ. އެހެންވީމާ، އަދި އެއީ އެވަގުތަށް އެ އަދި، އެ އެޕްލައި ވަނީ.
ލައިޝާ އަޙްމަދު ޒަކީ - ރާއްޖެ ޓީ.ވީ:
އާދެ، ދެން ހަމަ ވިދާޅުވި ދޮގެއްތޯ، ޑަބްލިޔޫ.އެޗް.އޯ. ތި ވިދާޅުވި ވާހަކަ ނިންމަވާލައްވަމުން އެންމެފަހު ބަސްފުޅަކަށް ވިދާޅުވި، ޑަބްލިޔޫ.އެޗް.އޯ.އާ މަޝްވަރާކޮށްގެން ގެންނަ ބަދަލަކީވެސް މިހާރު ހުރި ސިޔާސަތު ހަރުދަނާވާނެ ފަދަ ބަދަލުތަކެކޭ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އެގްޒެކްޓްލީ، ހަރުދަނާވާނެ. ޔޭސް.
ލައިޝާ އަޙްމަދު ޒަކީ - ރާއްޖެ ޓީ.ވީ:
އެހެންވެއްޖިއްޔާ އަގު ކުޑަކުރުމަކީ ހަރުދަނާވުންތޯ؟ އެ ދެން އަޅުގަނޑު މި ސުވާލު ޙަޤީޤަތުގައި މިކޮށްލާ ސަބަބަކީވެސް ވަރަށް ގިނަ އާންމުންގެ މެދުގައިވެސް ވަރަށް ބޮޑު ސުވާލެއް އެބައޮތް، މިކަން ހިނގާދިޔަ ގޮތާ ގުޅޭގޮތުން. އެއީ، ޑަބްލިޔޫ.އެޗް.އޯ.އިން އެބަވޭ، މަނިކުފާނަށް ދުންފަތާ ގުޅިގެން މި ކުރައްވާ މަސައްކަތަށް އެވޯޑްވެސް އަރުވާފައި. އަނެއްކާ އެ އެވޯޑު އެރުވުމުގެ ރަސްމިއްޔާތުގައި ރީޖަނަލް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައިވެސް ވިދާޅުވި،
You have significantly increased the tax. We shows your determination އޭ.
ވަރަށް ބޮޑަށް ތަޢުރީފުވެސް ކުރެއްވި. އެހެންވީމާ، އަޅުގަނޑު ހިތުން ވަރަށް ގިނަ އާންމު ރައްޔިތުން އެނގެން ބޭނުންވޭ، ކީއްވެގެންތޯ މިހާރު އަގު ކުޑަކުރާ ވާހަކަ އައިސްގެން މިއުޅެނީ؟ ޑަބްލިޔޫ.އެޗް.އޯ.އިން އެފަދަ ރިކޮމެންޑޭޝަނެއް އޮތީތޯ އައިސްފައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ރަސްމީ ލިޔެކިޔުންތައް އެބަހުރި. ހަމަ ލިބިފައި ހުރި ލިޔެކިޔުންތަކުގެ އަލީގައި އަޅުގަނޑުމެން ނިންމާ ނިންމުންތަކެއް ނިންމާނީ. އެހެންވީމާ، އަދިވެސް ނިންމުމެއް ނިންމައިގެން ތަންފީޒީ މަރުޙަލާއަކަށް ދަނީކީއެއް ނޫން. އެހެންވީމާ، އެ މަޝްވަރާތަކަށާއި، އެހެން ލިބިފައި ހުންނަ ރިކޮމެންޑޭޝަންތަކާއި އަދި ދިރާސާތަކާއި، މި އެއްކުރެވޭ ޑޭޓަތަކަށްވެސް އަޅުގަނޑުމެން ބަލާނަން. އަޅުގަނޑު އެ ދުވަހު ޖަވާބުގައި ދެންނެވިން، އަޅުގަނޑުމެންގެ ތެރޭގައި މިސާލަކަށް، ނޯމަލީ މި ހުންނަ ދުންފަތުގެ އިސްތިޢުމާލު ކުރުމުގައި ސިނގިރޭޓު، ނޫނީވިއްޔާ މިފަދަ ކަންކަމަށްވުރެ، މާ ނުރައްކާތެރި ގޮތެއްގައި ލަންގްސް ހަލާކުވާ، ހަށިގަނޑަށް ގެއްލުންވާ ކަހަލަ ގޮތްގޮތަށްވެސް އިސްތިޢުމާލުކުރޭ، ދުންފަތުގެ އިސްތިޢުމާލު. އެހެންވީމާ، އެފަދަ ކަންކަން އެއީ އަޅުގަނޑުމެންގެ މި މައިގަނޑު ސިޔާސަތަކާ ދިމައެއްނުވެއޭ. އެހެންވާންވެއްޖިއްޔާ އަޅުގަނޑުމެންގެ މި މުޖުތަމަޢަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރެވިފައިވާ އަދި ނޮން ކޮމިއުނިކެބްލް ޑިޒީޒަސްތައް އެންމެ ބޮޑަށް މި ފެތުރޭ މި ސަބަބާއި، ޙައްލެއް ގެނައުމަށް ކުރެވޭ ކަންކަމަށް ލިބޭ ރަނގަޅު، އެދެވޭ ނަތީޖާއަކަށް ނުވެއޭ. އެހެންވީމާ، އޭގެ ސަބަބުން އިޓް ޑިފީޓް ދަ ޕާރޕަސްއަށް ވާނެއޭ. އެހެންވީމާ، ގެންނަންޖެހޭ އެޖެސްޓްމަންޓްތަކެއް އަޅުގަނޑުމެން ގެންނަންޖެހޭނެ. އެއީ ހަމަ ހަރުދަނާކުރުން. އެހެންވީމާ، އަޅުގަނޑުމެން ހަމަ ޑޭޓާ ކަލެކްޓް ކުރާނެ. މިސާލަކަށް، ކަސްޓަމްސްއާއި އަދި އެހެނިހެން އެންފޯސިންގ އެޖެންސީތަކުންނާ އެކީގައި. އެޗް.ޕީ.އޭ. ތަންތަނުގެ މަޢުލޫމާތުތައް އެއްކޮށްގެން. އެހެންވީމާ، އެގޮތަށް ބަލައިގެން ގެންނަ ހަމަ ޓެކްނިކަލީ ބޭސްޑް ސައުންޑް ޑިޒިޝަންސް އަޅުގަނޑުމެން ނަގާނީ. އެއްގޮތަކަށްވެސް ގެންނަ ސިޔާސަތު ރިވާސަލްއެއް ނޫން އެއީކީ އިނގޭތޯ.
އެހެންވީމާ، މިހާރު ދެ ސުވާލުކޮށް، ފޮލޯއަޕް ދެ ސުވާލުވެސް ކުރެވިއްޖެ. ތަފާތު އިތުރު މައުޟޫޢެއްގެ ސުވާލެއް އޮތިއްޔާ ފުރުޞަތު ދޭނަން. އަސްލުގައި އުސޫލުގައި އޮންނަގޮތުން މިހާރު ދެ ސުވާލު ކުރެވިއްޖެ އިނގޭތޯ.
ވަރަށް ކުރުކުރު ސުވާލެއް ވެއްޖިއްޔާ އެންމެ ރަނގަޅު.
ލައިޝާ އަޙްމަދު ޒަކީ - ރާއްޖެ ޓީ.ވީ:
ރައީސް އެބަވޭ ވިދާޅުވެފައި، ސަރުކާރުގެވެސް، ޕާޓީގެވެސް މަގާމުތަކުގައި ތިއްބަވާނީ މަނިކުފާނަށް ފުރިހަމައަށް އިތުބާރު އޮތް، އިންޓެގްރިޓީ އޮންނަ ބޭފުޅުންނޭ. ދެން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މަސައްކަތް މަނިކުފާނުވެސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން މި ކުރިއަށް ގެންދިޔައީ. ދިޔައިރުގައި މަނިކުފާނަށްވެސް މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް އިތުބާރު ނެތީތޯއޭ؟ ނެތް ކަމުގައިވާނަމަ، ސަބަބަކީ ކޮބައިތޯއޭ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ޕީ.އެން.ސީ.ގެ ޕޯޑިއަމްއެއްގައި، ޕްލެޓްފޯމެއްގައެއް ނޫން މިވަގުތު މި ހުރީކީއެއް. އަޅުގަނޑަކީ ޕީ.އެން.ސީ.ގެ ރައީސް. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވަނީ މިއަދުގެ މި ވަގުތު ބޭނުންކުރަން، އަޅުގަނޑުގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން ކުރެވޭ ސުވާލުތަކަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ.
އެހެންވީމާ، އަޅުގަނޑު ޖަވާބުދީފިން އިނގޭތޯ ތިޔަ ސުވާލަށް. ޕީ.އެން.ސީ.ގެ ރައީސްގެ ހައިސިއްޔަތުން އައި ސުވާލެއްގެ ގޮތުގައި ސުވާލު އައީމާ އަޅުގަނޑު އެއަށް ޖަވާބު ދޭނަން. ހަމަ އެ ޕޯޑިއަމްގައި. ނޫނީ އެ ޕްލެޓްފޯމްގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:
އަޅުގަނޑުގެވެސް ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، މިދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި، އެއްބިލިއަން ރުފިޔާއެއްހާ ޑޮލަރާ ގާތްކުރާވަރަކަށް ސަރުކާރުން މިވަނީ ދަރަނި ދައްކާފައި. ދެން މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ސިޔާސަތާމެދު އޮތް އިތުބާރުވެސް މިވަނީ ބޮޑުވެގެން ގޮސްފައި. ދެން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް އަދި މަޝްރޫޢުތައް ކުރިއަށްގެންދާނެ ފައިނޭންޝަލް ސަޕޯޓް ހޯއްދަވަން ކުރިއަށް ވިސްނަވާ ކަންކަމަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ފައިނޭންޝަލް ސަޕޯޓް ހޯދުމުގައި ބައިލެޓްރަލް ގުޅުމުގެ ތެރެއިން، އެކުވެރި ޤައުމުތަކާ އެކީގައި ކުރެވޭ މުޢާމަލާތްތައް ވަރަށް ބާރަށް ކުރިއަށްދޭ. އޭގެ އިތުރަށް، މަލްޓިލެޓަރަލް އޭޖެންސީތަކުން އަޅުގަނޑުމެންނަށް އެހީތެރިކަން ލިބޭ. އެކިއެކި މުއައްސަސާތަކުން. އެހެންވީމާ، އަޅުގަނޑުމެން އެބަ ގެންދަން ހުރިހާ ފްރޮންޓެއްގައިވެސް މިކަމުގެ މަސައްކަތްތައް. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް ކުރިއަށްދޭ.
އައިމިނަތު ޝަފާ - އެމް.އެމް.ޓީ.ވީ:
އާދެ، ދެން މީސްމީޑިއާގެ ވަސީލަތްތައް ކުޑަކުދިން ބޭނުންކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައެޅުން، ދެން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިހާރު ސީރިއަސްކަމާއެކު ވިސްނާ ކަމެއް ކަމަށް ފާހަގަކުރައްވައިފި. ދެން މިފަދަ ކަމެއްގެ ނަތީޖާ މި ކާމިޔާބުކަމާއެކު ނުކުންނަނީ އެކަމަށް ވަރަށް ބޮޑަށް ރައްޔިތުން ހޭލުންތެރިކުރެވިގެން، މުޖުތަމަޢު ހޭލުންތެރިކުރެވިގެން ކަމަށްވާއިރުގައި ބެލެނިވެރިން، ބޮޑެތި މީހުން، އަދި މި މުޖުތަމަޢުގެ މީސްމީޑިއާގައި، ކުދިންނަށް ކުރިމަތިވާ ނުރައްކާތަކާމެދުގައި، ހޭލުންތެރިކުރަން ޤައުމީ ފެންވަރުގައި އެއްވެސް ކަމެއް ކުރިއަށް ރާވާލާފައިވޭތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑު މި ދެންނެވިފަދައިން، ދެންމެ ދެންނެވިފަދައިން، މިއީ ހަމަ މުޅި ސޮސައިޓީ އެކުގައި، ގުޅިގެން ނަތީޖާ ނެރެވޭނެ ކަމަކަށްވާނެ. ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެންގެ ޒުވާންކުދިންގެ ވާހަކަ މި ދައްކަނީ. މި ކަމުގައި، ބެލެނިވެރިންނާއި، ސްކޫލްތަކާއި، ދެން ހަމަ ހުރިހާ ފަރާތްތަކެއްގެވެސް ފުލް ސަޕޯޓް އަޅުގަނޑުމެން ބޭނުންވާނެ. އެހެންވީމާ، ކުރިއަށް އޮތް ތަނުގައި މިކަމާގުޅޭ ތަފްޞީލުތައް އަދި އެއާގުޅޭ ޕްރޮގްރާމްތަކާއި، އަދި އެވެއަރނަސް ކެމްޕެއިންތަކާއި، މިކަންކަން އަޅުގަނޑުމެން ރާވަންޖެހޭނެ ހުރިހާ އެންމެން ގުޅިގެން.
ދެން އަޅުގަނޑުމެންނަށްވުރެ މާ ބޮޑެތި ޤައުމުތަކުން މިހާރު މިކަމާ ގުޅޭ އިންފޯސިންގ ސްޓޭޖަށް ގޮސްފައި މިވަނީ. އެހެންވީމާ، އެ ފަރާތްތަކުގެ ކާމިޔާބީ، ނޫނީވިއްޔާ ޝޯޓްކަމްސް ބަލައި، އެކަންކަމަށް ރިޢާޔަތް ކޮށްގެން، އަޅުގަނޑުމެންގެ ޑިޒިޝަން، ނޫނީވިއްޔާ ޤާނޫނަކަށް ގެންނަ ބަދަލެއް ނަމަވެސް، ނޫނީވިއްޔާ އަޅުގަނޑުމެން ނިންމާ ނިންމުންތަކުގެ ފައިނަލް ނިމުމަކާ ހަމައަށްދާއިރުގައި ކަންތައްތައް ކުރަންޖެހޭނީ. އެހެންވީމާ، ޒުވާންކުދިން، 16 އަހަރުން ދަށުގެ ޒުވާން ކުދިން، މި ދެންނެވި ކަހަލަ ނުރައްކާތެރި ކަންކަމުން ސަލާމަތްކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކަކީ، އަޅުގަނޑުމެން މި ދެންނެވި ގޮތަށް، މުޅި ސޮސައިޓީ އޭގައި ބައިވެރިވެ، އެންމެން އެކަމުގައި ޝާމިލުވެ، އޭގެ އޯނަރޝިޕް ނަގާ ކަމަކަށްވުމަކީ، އޭގައި ކާމިޔާބީގެ އަސްލަށްވާނެ.
ޢާއިޝަތު އިމްނާ - ޖަވިޔަނި ނޫސް:
އަޅުގަނޑުގެ ސުވާލު ތަންކޮޅެއް ދިގުވެދާނެ. އަޅުގަނޑުގެ ސުވާލަކީ، ކުރީގެ ރައީސް ޔާމީންގެ ޕާޓީ، ޕީ.އެން.އެފް.އިން ބޭއްވި ޖަލްސާއެއްގައި ޕާޕާ، 28 މޭގައި އެފް.ބީ. ލައިވްއެއްގައި ދެއްކި ވާހަކަތަކެއް. އަޅުގަނޑު ކޮންމެވެސްވަރަކަށް އޭގެ ވާހަކަތައް ކިޔާލަދޭނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އޯކޭ.
ޢާއިޝަތު އިމްނާ - ޖަވިޔަނި ނޫސް:
ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާ އިނގިރޭސިވިލާތުގައި ތިއްބަވަނިކޮށް، ޗުއްޓީއަށް ސިންގަޕޫރަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށް. ސިންގަޕޫރަށް ވަޑައިގެންނެވި ދަތުރަކީ، ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ނައިބު ރައީސާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް. ނަމަވެސް، މި ދަތުރުފުޅަކީ ނާކާމިޔާބު ދަތުރެއް ކަމަށް. ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ، މަޖިލީހުގެ ނައިބު ރައީސް މާލެ ވަޑައިގަތުމާއި، އަދި މާލެ ވަޑައިގަތުމުން ހައްޔަރުނުކުރާނެ ކަމަށް ލިޔުމެއްވެސް ދޭނެ ކަމަށް ވިދާޅުވެފައި. މި ދަތުރުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި، ޤާސިމް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް. އަދި ނެގޯޝިއޭޝަންގެ ކޮންމެވެސްވަރަކަށް ބައިވެރިވި ކަމަށް. އަދި މި މަޢުލޫމާތު ލިބުނީ ނާޒިމްގެ ރައްޓެއްސަކާ ދެކެވުނު ވާހަކައަކުން ކަމަށް. އަދި މަޖިލީހުގެ ނައިބު ރައީސްގެ ނޯކޮންފިޑެންޝަލްއަށްފަހު، ދެންއޮތީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގެ ނޯކޮންފިޑެންސް ނެގުން ކަމަށް. ކޮބައިތޯ މި ތުހުމަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވާނީ ކީކޭތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން ތީގައި ދަންނަވަން އޮތީ، އެއްވެސް ތެދެއްނެތޭ ތި ވާހަކަތަކުގައެއް އިނގޭތޯ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށްވެސް ސޯޝަލް މީޑިއާއިން ތިކަހަލަ ވީޑިއޯއެއް ފެނިފައި އެބައޮތް. ދެން ފެނުނު ގަޑީގައިވެސް އަޅުގަނޑު ހިތަށްއަރައިފި، މިއީ އަނެއްކާ ކިހިނެއްބާއޭ މިވަނީ. ރަސޫލު ޒަމާނުގައި އުޅެއެއްނޫންތޯ، ވާހަކަ ކިޔާ މީހުން. އެ ވާހަކަ ކިޔަން މިއުޅެނީ. ދެން ލާރިކޮޅެއް ދިނީމާ ވާހަކަ ކިޔަންވީ ކޮންޓިނިއުކޮށް. އަނެއްކާ ވާހަކަ ހުއްޓުވައިފިއްޔާވެސް އެބަބުނޭ ނުހުއްޓުވާށޭވެސް. ދެން އަޅުގަނޑުމެންގެ ތެރޭގައި އެކަން ހިނގާނެ ނޫންތޯ، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް ގަޓަރ ޕްރެސް، ނޫސްވެރިންގެ ލޭބަލް އަޅުވައިގެން އުޅޭ، ނޫސްވެރިއެއްގެ ލޭބަލް އަޅުވައިގެން ތިބޭ ޕޮލިޓިކަލް އެކްޓިވިސްޓުންވެސް އެކަން އެބަކުރޭ.
ދެން އަޅުގަނޑު ތިޔަ ވީޑިއޯ ބަލައިލިން. ދެން މި ސުވާލު އައިމާ، ދެން ދަންނަވާލަން ހިތަށްއެރީ. އަޅުގަނޑު އާންމުކޮށް ބޭނުމެއްނުވޭ، މިހެން އަންނަ ދޮގު ވާހަކަތަކަކަށް ޖަވާބުދޭކަށްވެސް އަސްލު. އެހެންނަމަވެސް، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތާ ގުޅުވައިގެން ދައްކާފައި އޮތް ވާހަކައެއްވީމާ ދަންނަވާލަން ބޭނުންވަނީ.
އަޅުގަނޑު ސިންގަޕޫރަށް ދިޔައީ، އޭގައި ތިޔަ ވިދާޅުވާ ބޭފުޅާ ވިދާޅުވެފައި އޮންނަނީ އެކަންޏޭ ދިޔައީވެސް. އަޅުގަނޑު ދިޔައީ އެކަންޏެއްވެސް ނޫން. އަޅުގަނޑުގެ ދެ ކުދިން އަޅުގަނޑާ އެކީގައި ދިޔަ. އަޅުގަނޑު ދިޔަކީއީ ކުއްލިއަކަށް ރޭވި ދަތުރެއްގައެއްވެސް ނޫން. މާކުރިން އަޅުގަނޑުމެން ނިންމާފައި އޮތީ، ޢީދު ޗުއްޓީއަށް ބޭރަށްދާން. މާކުރިން ނިންމާފައި އޮތީ. ހަމަ ތިޔަ ވީޑިއޯގައި އެ ބޭފުޅާ ވިދާޅުވެފައިވޭ، އަޅުގަނޑުގެ އަންހެނުން އިނގިރޭސިވިލާތުގައި އަޅުގަނޑުގެ ޑޯޓަރއާ އެކީގައޭ ހުރީ. އެހެންނަމަވެސް، އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތްގޮތަށް، އަޅުގަނޑުގެ އަންހެނުންވެސް ހަމަ އެ ގަޑިއަށް، އަޅުގަނޑުމެން ސިންގަޕޫރަށް ރީޗްވި ގަޑިއަށް ޔޫ.ކޭ.އިންވެސް ވަޑައިގެންނެވި. އެތަނަށް އައީ އެއްކޮށް. އަޅުގަނޑުމެން ސިންގަޕޫރަށް ދިޔައީވެސް. ވަނީވެސް.
އެހެންނަމަވެސް، އޭގައި ބުނެފައި އޮވޭ، ޔޫ.ކޭ.އަށް ދިޔައިރުގައި ޓިކެޓް ނަގާފައި އޮތީ ވަޅުޢީދު ދުވަހު މާލެ އަންނަގޮތަށޭ. ދެން ކީކޭ ދަންނަވާނީ. މޫނަށް ރުލެއްވެސް އަރުވައިނުލައި ހަމަ ދޮގުހެދުން މި އޮންނަނީ. މިއީތޯ އަޅުގަނޑުމެން ގަބޫލުކުރަންވީ ހަމައަކީ؟ ދެން ތިޔަ ވިދާޅުވަނީ، ޤާސިމް އިބްރާހީމް. ޤާސިމް އިބްރާހީމް ކުރެން ތިޔަ ސުވާލު ކޮށްލައްވަން އަޅުގަނޑަށް ފެންނަނީ އިނގޭތޯ. އެއީ، ޤާސިމް އިބްރާހީމް އެތަނަށް ވަޑައިގެންނެވި ވާހަކަ. ދެން އެ އަދި އެހެން ލެވެލްއެއް ނޫންތޯ. އެހެންވީމާ، ޤާސިމް ގައިމުވެސް ހެތްކަކަށްވާނެ ނޫންތޯ ތި ދޮގުކުރައްވާނެ.
އަޅުގަނޑު ދިޔައީ ޗުއްޓީއަށް. އަޅުގަނޑުގެ ފެމިލީއާއެކީ ވަގުތުކޮޅެއް ހޭދަކުރުމަށް. އަޅުގަނޑު ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑެއް ނާޒިމާ އެކީގައި ދައްކާނެ ވާހަކައެއްވެސް، މަޝްވަރާއެއްވެސް ނެގޯޝިއޭޝަނެއްވެސް ނެތް. އެކަމަކާ ވިސްނާފައެއްވެސް ނޯންނާނެ. އެއީކީއެއް އެކަހަލަ އެއްވެސް ބޭނުމެއްގައި ކުރި ދަތުރެއް ނޫން. މިކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ. އެހެންނޫންތޯ؟ މާލެއިން ފުރިއިރުގައިވެސް އަޅުގަނޑު ކުދިންނާއެކީގައި ފުރިތަން ފެންނާނެ ނޫންތޯ، އެމް.އޭ.ސީ.އެލް.ގެ ސްޓާފުންނަށްވެސް. ދެން އެކޮޅަށް ރީޗްވީއިރުގައި ސިންގަޕޫރުގައި، ސިންގަޕޫރު އެމްބަސީގެ އެމްބެސެޑަރ ލުވައިޒާއި، ޑެޕިއުޓީ އެމްބެސެޑަރ މުހްތާޒާއި، ސްޓާފުންވެސް ތިބޭނެ. އެތަނުން ފެންނާނެ، އަޅުގަނޑުގެ އަންހެނުންވެސް އެތާ ލައުންޖްގައި އިންތަން. އަޅުގަނޑުމެން އައުމުގެ ބައިގަޑިއިރު ކުރިން އަންހެނުން ސިންގަޕޫރަށް ރީޗްވީ. އެހެންވީމާ، ދެ މީހުން އެއްކޮށް، އެންމެން އެއްކޮށް، ދެ ކުދިންނާ އެކީގައި ސިންގަޕޫރަށް ދިޔައީ. އެކަމަކު ހަމަ ވާހަކަ ހަދާލަނީ. ދެން އެ ވާހަކަ ލިޔަންވީ ގަޓަރ ޕްރެސްއިން. އެ ވޭތޯ ޖާނަލިޒަމަށް. ނުވާނެ. އެ ނުވާނެ ޖާނަލިޒަމަކަށް. އެހެންވީމާ، ބުހުތާނު ދޮގަށްވުރެވެސް އެހެން ލެވެލްއެއް. އެހެން ނަމެއް ކިޔަންޖެހިއްޖެ މިއަށް. ބުހުތާނު ދޮގު، އަޅުގަނޑު ހީކުރީ އެންމެ މައްޗަށް ހުންނަނީ. އެއަށްވުރެވެސް މައްޗަށް މި ދިޔައީ މިހާރު. އެއީ ޖަވާބަކީ.
ދެން އެބައޮތް، ވީ.ޕީ. ޙުސައިން މުޙަންމަދު ލަޠީފް ވަކިކުރާ ވާހަކަ. އެ ހަމަ އެ ލެވެލްގެ ވާހަކައެއް. ދެން ކޮބައިތޯ، ކޯޗެއް ކްރިއޭޓް ކުރަން މިއުޅެނީ؟ މިއީ ޕޮލިޓިކްސްއެއްވެސް ނޫނެއްނު. ޑަރޓީ ޕޮލިޓިކްސްއެއްވެސް ނޫން މިއީކީ. މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސް މިއީ. ޑެސްޕެރޭޓް ޓު ދަ މެކްސިމަމް ނޫންތޯ މިއީ. ދޮގު ހެދުމުގައިވެސް މިހާރު އެ މީހާ ފަޟީޙަތްވެގެން ދާއިރުގައިވެސް ދެން ހަމަ ވަރިހަމަ. އެ ލެވެލްގައިތޯ އަޅުގަނޑުމެންގެ ޤައުމުގެ ސިޔާސީ މައިދާން އޮތީ. ޕާޓީ ހައްދަވައިގެން ތިއްބަވާ ބޭފުޅުން ޕޮލިޓިކްސްގައި ޒިންމާދާރުނުވޭ. އަޅުގަނޑު ކުރިން ދުވަހެއްގެ ޖަލްސާއެއްގައި ދެންނެވިން، މި ޤައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެކޭ. އޮތީ ގޮސިޕް މޭކް ކުރުން. ގޮސިޕްގެވެސް އެއްވެސް ތާކުންތާކު ނުޖެހޭ ބޭސްލެސް، އެއްވެސްވަރެއްގެ ބޭސްއެއް ނެތް ވާހަކަ ދެއްކުން. އެ ލެވެލްގައި އަޅުގަނޑުމެންގެ ޤައުމު މިއޮތީ. އަދި މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބަވާ ބޭފުޅުން ރެޔާ ދުވާލު ކުރައްވަނީ މި ކަންތައް. މިއީތޯ އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ވާންވީ ގޮތަކީ؟ އަޅުގަނޑުމެންގެ ޤައުމުގެ ސިޔާސީ މައިދާނަށް ބަލާއިރު އަޅުގަނޑު މިހާރު ވަރަށް ހަމްދަރުދީވަން. އަޅުގަނޑުމެންގެ ޤައުމަކު ނެތް، ގައިމުވެސް މިހާރު އޮޕޮޒިޝަނެއް. އެއީ ޔަޤީންކަމެއް. އޮޕޮޒިޝަނަކީ ޒިންމާދާރު ބަޔަކަށް ނުވަންޏާ އެއީކީ އޮޕޮޒިޝަނެއް ނޫން. އެހެންވީމާ، ތި ވާހަކައިގައި ދެން، ތެދު ވާހަކައެއް ތީގައި ނެތީމާ، ތިއަކު ނެތް ދަންނަވާނެ ވާހަކައެއް.
ވަރަށް މޮޅު، ހަމަ އެއްވެސްވަރަކަށް ތެދެއް ނަހަދާ، މޫނަށްވެސް ރުލެއްނާރުވައި، ދިހަ ބާރަ މިނިޓް ވާހަކައެއް ދައްކާލެވޭނީ ހާދަ ކުޅަދާނަވީމައޭ އަޅުގަނޑު ހިތަށްއަރަނީ. އެކަމަކު އެކަން ކުރައްވަނީ ހަމަ ހުރިހާ ބޭފުޅުންވެސް އޮޕޮޒިޝަންގައި. ވަކި ބޭފުޅެއް ނެތޭ. ހުރިހާ އެންމެންވެސް. ސަލާމަތުން ނެތް އެކަކުވެސް. ތެދެއް ހަދަން ހިތަށްވެސްނާރަނީ. އަދި މިއަށް ވާގިދެނީ، މީޑިއާގެ ފާސް އަޅައިގެން ތިބޭ، ގަޓަރ ޕްރެސް ނޫސްވެރިން.
ޢާއިޝަތު އިމްނާ - ޖަވިޔަނި ނޫސް:
އާދެ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރައީސް ސަރުކާރުގެ ޚަރަދުގައި ވަރަށް ގިނައިން އެބަ ޗުއްޓީ ދަތުރުތައް ކުރައްވާ. އަދި މިކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑުވެސް ކިޔަމުން. ރައީސް މިކަމާ ދޭތެރޭގައި ކީކޭތޯ ވިދާޅުވާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިއީ އަނެއްކާ އަނެއް ސުވާލު. ތިޔަ ސުވާލު ފުރަތަމަ ސުވާލަކަށްވެސް ނުވޭ. ސުވާލަކަށް ވާނީ ކިހިނެއް؟ ސުވާލެއް ވެއްޖިއްޔާ، ސުވާލެއްގެ ތެދު އޮންނަން ޖެހޭނެ ނޫންތޯ. ތިޔަ ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި އަޅުގަނޑު ދަތުރުކުރާ ވާހަކަ. ޗުއްޓީ ދަތުރު. އަޅުގަނޑު މި މަގާމަށް ހޮވިގެން، މި މަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް، އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި، އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި، އަޅުގަނޑުގެ ޢާއިލާގެ ކަމެއްގައި، ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް، ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުހުންނާނެ. އެއްވެސް ދަތުރެއްގައި.
އަދި ބައެއް ދަތުރުތަކުގައި އަޅުގަނޑު ޗުއްޓީއަށްދިޔަސް، ޗުއްޓީއަކު ނޫން ދަނީކީއެއް. މި ދެންނެވީ، ރައީސް އޮފީހުން ކުއްޖަކު ދާނެ، މިތަނުގެ ޕްރިންޓަރާއި، ސްކޭނަރާއި، ހުރިހާ އެއްޗެއް ހިފައިގެންގޮސް، އެތާނގައި ސެޓްވެގެން، މި ކޮޅުން ފޮނުވާ ހުރިހާ ނޯޓުތަކާ އެއްޗެތި ޕްރިންޓްކޮށް، ސިޓީތަކާ އެއްޗެތި ޕްރިންޓްކޮށް ހަދާ. އަޅުގަނޑު ހަމަ އެ އެއްޗެހީގައި ސޮއިކޮށް ހުރިހާ ކަމެއްވެސް ކުރަން. އެ ކުއްޖާގެ ޚަރަދުވެސް ބައެއްފަހަރު ހުންނާނެ އަޅުގަނޑު އަމިއްލައަށް ކޮށްފައި. ރައީސް އޮފީހުގެ ބޭފުޅުން ވިދާޅުވި، ތިހެން ނަހައްދަވާށޭ. ތިއީ މިތާ ދުވަހަކުވެސް ކުރިކަމެއްނޫނޭ ތިއީކީއެއް. އެކަމަކު އަޅުގަނޑަށް ގަބޫލުނުކުރެވެނީ އަޅުގަނޑު ޗުއްޓީގައޭ މިހުރީ ގޮސް.
މިއަދާ ހަމައަށް އައިއިރު އެއްވެސް ޚަރަދެއް އަޅުގަނޑުގެވެސް، އަޅުގަނޑު އަންހެނުންގެވެސް، ދަރިންގެވެސް، ނުހުންނާނެ އަޅުގަނޑުގެ އެއްވެސް އަމިއްލަ ދަތުރެއްގައި ސަރުކާރުގެ ޚަރަދެއް. އެކަމަކު އެއީ، ގާނޫނުގައި އޮންނަ ހުއްދަ ކަމެއް. އަޅުގަނޑަށް ހަމަ ގާނޫނުން ލިބިފައި އޮތް ޢިނާޔަތެއް އެއީ، އެ ފުރުޞަތުގެ ބޭނުންކުރުން. މިއަދާ ހަމައަށް އައިއިރު، އެހެން ހުރިހާ ރައީސުން އެކަން ކުރެއްވި. އަދި މިހާރުވެސް ކުރީގެ ރައީސުން، ބައެއް ރައީސުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، އަނެއްކާވެސް ސަރުކާރުން އެ ބޭފުޅުންނަށް ޚަރަދު އެބަ ކުރައްވާ. ބިލުތައް އަންނާތީ އެނގޭނެއެއްނޫންތޯ އަޅުގަނޑުމެންނަށް. ބިލުތައް އާދެއޭ. އެކަމަކު އަޅުގަނޑެއް ނުކުރަމޭ. އެހެންވީމާ، ސުވާލު ސުވާލަކަށް ނުވަނީ ޙަޤީޤަތެއް ނެތީމަ. އެހެންވީމާ، އެކަހަލަ ސުވާލުތަކުން ދުރުވުމަށް އަޅުގަނޑު އެދެން. ނަސޭހަތް ދެން. ޝުކުރިއްޔާ.
މޫސާ މަތްލޫބު - ޕީ.އެސް.އެމް:
އަޅުގަނޑުގެވެސް ދެ ސުވާލެއް އެބައޮތް. އަޅުގަނޑުގެ ފުރަތަމަ ސުވާލު އަހާލާހިތްވޭ، ގުޅީފަޅުގެ މަސައްކަތް މިހާރު ދާގޮތާމެދު. އަޅުގަނޑުމެންނަށް އެންމެފަހުން މަޢުލޫމާތު ލިބިފައި، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި، އެމް.ޓީ.ސީ.ސީ. އަދި އާރު.ޑީ.ސީ.އާވެސް ބައެއް މަސައްކަތްތަކެއް ހަވާލުކުރެވިގެންދާ ވާހަކަ އޮތް. ގުޅީފަޅުގެ ޔުޓިލިޓީ މަސައްކަތް، ޗައިނާ ކުންފުންޏަކާ ހަވާލުކުރެވިފައި އޮތް ނަމަވެސް، އެ މަސައްކަތް ތަންކޮޅެއް ލަސްވުމާ ގުޅިގެން، ދެން މިހާރު އެ މަސައްކަތް ކުރިއަށްދާގޮތާއި، ދެން މީގެއިތުރަށް، ރަސްމާލޭގެ މަސައްކަތްވެސް ކުރިއަށްދާގޮތާ ގުޅޭގޮތުން އަޅުގަނޑު ސުވާލުކޮށްލަން ބޭނުން، ފުރަތަމަ ސުވާލެއްގެ ގޮތުގައި.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ގުޅީފަޅުގެ މިހާރު ޔުޓިލިޓީޒް ޤާއިމުކުރަން އޮތީ އިނގޭތޯ. މަގުހެދުމާއި، ފެނާއި، ނަރުދަމާ، ކަރަންޓް، މި ހުރިހާ ކަމެއް. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، އާރު.ޑީ.ސީ.ގެ ވަކި ސެޓަޕެއް އެކަމަށް ޚާއްޞަކޮށްގެން އެ މަސައްކަތް ފަށާނަމޭ. މިހާރު އާރު.ޑީ.ސީ.އިން ގެނައި ފްލީޓްގެ ތެރޭގައި ހިމެނޭ އެއް ސެޓް އެއްކޮށް އެކަމަށް ޚާއްޞަކޮށްފައި އެވަނީ. ދެން މިހާރު އޭގެ ޑީޓެއިލް ޑިޒައިންތަކާއި، ހުރިހާ އިނީޝިއަލް މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ފެނާއި، ކަރަންޓާއި، ނަރުދަމާ، މަގު، މި ހުރިހާ މަސައްކަތްތަކެއް ޢަމަލީގޮތުން ވަރަށް އަވަހަށް ފެށޭނެ، އަޅުގަނޑު ދެންނެވި ގޮތަށް.
ދެން ގޯތި ހަވާލުކުރުން އެބަ ހިނގާ އިނގޭތޯ. ގޯތި، ބިން ހަވާލުކުރުން ފިޒިކަލީ. ކަޑަޖަހާފައި ބިމާ ހަވާލުވުން އެބަ ހިނގާ. ދެން ބައެއް ފަރާތްތަކާ ނުގުޅިގެން އެބަދޭ. އަދި ބައެއް ފަރާތްތަކުން އެތަނަށް ވަޑައިގަތުމުގައި، ބައެއްފަހަރަށް އެބަ ރިކްއެސްޓް ކުރޭ، އެހެން ދުވަސްތަކަށްވެސް. ދެން މިނިސްޓްރީންވެސް ވަރަށް ބޮޑު އިސްކަމެއް އެބަދޭ، މިގޮތަށް ތިބި ފަރާތްތަކާ އަވަހަށް ގޯތި ހަވާލުކޮށް ނިންމަން.
ދެން ގޯތި ހަވާލުނުކުރެވި، ކޮންމެގޮތެއްވިޔަސް ހަވާލުނުކުރެވި އޮންނާނެ، ބުރިޖުގެ މަސައްކަތް ކުރުމަށް ނަގާފައި ހުރި ސައިޓުގެ ތެރެއަށް އަރާ ގޯތިތައް ގައިމުވެސް. ދެން އެގޮތަށް މިވަގުތަށް ބްލޮކްވެފައި ހުރި ހުރިހާ ސަރަޙައްދެއް ފިޔަވައި، އެހެން ހުރިހާ ސަރަޙައްދެއްގައި ހުރި، ހުރިހާ ގޯއްޗެއް ހަވާލުކުރުމުގައި ނެތް އެއްވެސް ހުރަހެއްވެސް. އެކަންވެސް ބާރަށް އެބަ ހިނގާ. އެހެންނަމަވެސް، ބުރިޖް ސަރަޙައްދާއި، މިގޮތަށް ބްލޮކްވެފައި ހުރި ސަރަޙައްދުތައް ޕްރޮޖެކްޓަކާ ގުޅިގެން، ދެން ބަހައްޓާފައި ހުރި އެއްޗެހި މި ވަގުތަށް ނެގެން ނެތިގެން ބްލޮކްވެފައި ހުރި ސަރަޙައްދުތަކުގެ ގޯތިތައް އަދި ހުންނާނެ.
ދެން ރަސްމާލެ. ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް، ވަރަށް ބޮޑު ބައެއް، ހީވަނީ ގާތްގަނޑަކަށް ފަސްދޮޅަހަކަށް ޕަސެންޓް ނިމިފައޭ އޮތީ.
ދެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ، މެދުކެނޑި، އަނެއްކާ ފެށި، މިހެން މިދާ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް މި ޕްރޮޖެކްޓަށްވެސް ވަނީ އަސަރުކޮށްފައި. އަދި ބިން ހިއްކުމުގެ އެހެން މަޝްރޫޢުތަކަށްވެސް އަސަރުކޮށްފައި ވަނީ ތެލުގެ މައްސަލައިގައި. ހެވީ އޮއިލް. އެ ވާގޮތަކީ ކޮންމެގޮތެއްވިޔަސް، އަޅުގަނޑުމެން އެގްރީމެންޓް ހަދާފައި، ހުރިހާ ކޯސްޓިންގ އެއް ހަދާފައި އޮންނާނީކީއެއް މި ހަނގުރާމަ އަންނާނެކަން ނުވެސް އެނގޭއިރު. އެހެންވީމާ، އެގޮތަށް. އެ ސިނާރިއޯއަށް ހަދާފައި އޮންނާނީ.
އެހެންވީމާ، އެމް.އޭ.ސީ.އެލް.އަށްވެސް ވަރަށް ވަރަށް ބޮޑު ތަނުން މިއުޅެނީ އޭގައި އުނދަގޫތަކެއް ދިމާވެގެން. އެހެންވީމާ، ކުޑަ މެދުކެނޑުމެއް އަތުވެއްޖެ. އެހެންނަމަވެސް، މިހާރު ރީ-ސްޓާޓް ކުރުމަށްޓަކައި އެގްރީމެންޓެއްވެސް އެއޮތީ މިހާރު ދެ ފަރާތުގެ ތެރޭގައި އެއްބަސްވެވިފައި، ޕޭމަންޓްގެ ނިއު ޝެޑިއުލްއަކަށް. ދެން އެމް.އޭ.ސީ.އެލް.އާއި ފިނޭންސާ އެކީގައި އެ ބައިބައި ހިނގާ. ދެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖެހިގެން އަނެއްކާވެސް ނިއު ޝެޑިއުލެއްގެ ތެރެއިން މި މަސައްކަތްތައް ރީ-ސްޓާޓްވާނެ.
ދެން ހަމަ އެގޮތަށް، ސުވާލަކު ނެތް އައިސްފައެއް. ހަމަ މިއާ ގުޅޭ ކަމެއް ގިރާވަރުފަޅުވެސް އިނގޭތޯ. ގިރާވަރުފަޅުވެސް މެދުކެނޑުމެއް އައިސްފައި އޮތީ. އެހެންނަމަވެސް، މިހާރު އަނެއްކާވެސް އެ ޑުރެޖަރު، ކޮންމެހެން ތެލުގެ މައްސަލައަކާ ނޫން. ޑުރެޖަރު ރިޕެއަރއަކަށް ގެންދިޔައީ. ގެންގޮސްފައި، ޑްރައިޑޮކަށް ގެންގޮސްފައި، ރަނގަޅުކޮށްފައި މިހާރު އަނެއްކާ އައިސް ފަށަން އެއުޅެނީ. އެހެންވީމާ، ކުޑަ ބްރޭކެއް އައިސްފައި އެއޮތީ. އެހެންނަމަވެސް، އަނެއްކާ ރީ-ސްޓާޓްވަނީ. އެހެންވީމާ، އަޅުގަނޑުމެން އޭރުގައި އެސްޓިމޭޓަޑް ޓައިމްތައް ދެމުން ދެމުން އައީ، މި ސިނާރިއޯ ނާންނާނެ ކަމަށް. އަންނާނެ ކަމަކަށް އެންޓިސިޕޭޓެއް ނެތް ކުރެވިފައެއް. އެހެންނަމަވެސް، ކުޑަ ޑިލޭއެއް އައިސްފައި އެއޮތީ. އެހެންނަމަވެސް، އެ ޑިލޭ ކެޗް ކުރާނަން. އިރާދަކުރެއްވިއްޔާ ދެން ސްޓާޓްވީމަ، ވަރަށް އަވަހަށް ގޮސް ނިންމާލެވޭނެ. އެހެންވީމާ، އަނެއްހެން އެއީ އޭގައި ވެފައި އޮތްގޮތަކީ.
މޫސާ މަތްލޫބު - ޕީ.އެސް.އެމް:
އާދެ، އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އެންސްޕާގެ މެޑިކަލް ވެލްފެއަރގެ ޚިދުމަތްތައް، އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް، ދެން މިއަދުން ފެށިގެން އެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން މިވަނީ އިޢުލާނު ކުރައްވާފައި. އަޅުގަނޑުގެ ސުވާލަކީ މި ބަދަލުގެ މައިގަނޑު ބޭނުމަކީ ކޮބައިތޯ؟ އަދި ޚާއްޞަކޮށް، އާސަންދަ ކުންފުނިން މިހާރު މި ކުރަމުންދާ ޚަރަދުތަކަށް ބަލާއިރު ވަރަށް ބޮޑަށް ޚަރަދު އިތުރުވެގެންދާ ބައެއްފަހަރުތައް އެބައާދޭ. ސަރުކާރުން ޚަރަދު ކުޑަކުރުމަށްވެސް ފިޔަވަޅުތަކެއް އަޅުއްވާފައި އެބަހުރި. މި ބަދަލާ އެއްކޮށް އެއްވެސްވަރަކަށް މި ޚަރަދުތައް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރެވޭތޯ؟ ނޫނީ ޖުމްލަގޮތެއްގައި ޞިއްޙީ ނިޒާމުގެ ތެރޭގައި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ މިހާރު މި ގެންނަ ބަދަލުތަކާއެކު؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެފިޝަންސީ އިނގޭތޯ. އެފިޝަންސީ ހުރިހާވެސް އައުޓްކަމަކީ މިއީ އަޅުގަނޑުމެން ބޭނުންވާ. އެންސްޕާގެ ތެރޭގައި ދެމުންއައި އެތައް ޚިދުމަތެއް މެޑިކަލް ރިލޭޓަޑް ހަމަ ސީދާ، މެޑިކަލީ ރިލޭޓަޑް ޚިދުމަތްތަކެއް އެފިޝަންސީ ޤާއިމުކުރުމަށްޓަކައި، ޓްރާންސްޕޭރަންސީ އިތުރުކުރުމަށްޓަކައި، އެކައުންޓެބިލިޓީ ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ބަދަލުކުރީ އާސަންދައިގެ ތެރެއަށް. ދެން މޯލްޑިވްސް 2.0ގެ ޕްރޮގްރާމްގެ ތެރެއިން، އާސަންދަ، އެންސްޕާ ފުލީ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް އެބަ ހިނގާ. އިރާދަކުރެއްވިއްޔާ، މި މަސައްކަތްތައް ނިމުނީމާ އަޅުގަނޑުމެންގެ ތެރޭގައި ކަންބޮޑުވުންތައް، ދެން އަބަދުވެސް ހުންނަ ކަމެއް. ރަނގަޅުވާނެ. މިހާރަށްވުރެވެސް ރަނގަޅުވާނެ. މިހާރު ޑިޖިޓަލައިޒޭޝަންގެ ބޭނުމަކީ، ދެންމެ ކުރެއްވި ސުވާލުގައި ސީދާ ނެތް. އެހެންނަމަވެސް، އާސަންދައަށް އެންސްޕާގެ ބައެއް ޚިދުމަތްތައް ބަދަލުކުރުމުގެ ބޭނުމުގެ ތެރެއިން މި ވާހަކަ މި ދަންނަވާލަނީ.
ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ހިއުމަން އިންޓަރވެންޝަން ގެންނަންޖެހޭ ފަހަރުތައް މަދުވާނެ. އެހެންވީމާ، އެޕްލައި ކުރާ ހިސާބުން އާސަންދައިގެ ޚިދުމަތަކަށް، ނޫނީ އެންސްޕާގެ ޚިދުމަތަކަށް، އޭގައި މީހަކު އޭތި ބަލައިގެން، އެއަށް ދެން ޑިޒިޝަނެއް މޭކް ކުރަންޖެހޭވަރު ކުޑަކުރުން، އެ ވީހާވެސް ބޮޑަކަށް އަޅުގަނޑުމެން މި ބަލަނީ ހާސިލުކުރަން. އޭގެ ސަބަބުން، ވަކި މީހެއްގެ ބާރާއި ނުފޫޒު އޮވެގެން ކަންކަންވާން ވުން، ނިމުމަކަށް އަންނަލެއް ބޮޑުވާނެ.
އަޅުގަނޑު ބޭނުންވަނީ މުޅި ޤައުމުގެ ގަވަރންމަންޓް ނިޒާމުގެ ތެރެއިން، ވަކި މީހެއްގެ ބާރާއި ނުފޫޒާއި، ފޭވަރިޓްޒަމް އޮވެގެން ކަންކަންވުން ނިމުމަކަށް ގެންނަން. އެ ނުފޫޒު ފޯރުވުމުގެ ދޮރުތައް ބަންދުކުރަން. އެހެންވީމާ، ޑިޖިޓަލް ކުރަން އެހާވަރަކުން މިއުޅެނީ. އިރާދަކުރެއްވިއްޔާ އާސަންދައިގެ ނިޒާމުވެސް އިތުރަށް ހަރުދަނާވެގެން މީގެތެރެއިން މިދަނީ. އަދި ދެންހުރި ޚިދުމަތްދޭ ނިޒާމުތައްވެސް އިރާދަކުރެއްވިއްޔާ އޮފީސްތަކުގެ ޚިދުމަތްތައްވެސް ޑިޖިޓަލް ކުރެވިގެންދާ ވަރަކަށް، މީހަކަށް ގުޅައިގެން، އެމީހާގެ ފޭވަރިޓްޒަމްގެ ތެރެއިން، އެމީހާގެ ނުފޫޒު ބޭނުންކޮށްގެން، އެމީހާ އަނެކަކުގެ މައްޗަށް މީނާ ކިއޫއިން މައްޗަށް ނަގައިދީ، މި ޖަހާ ސަކަރާތް، މި ޤައުމުގައި އަބަދުވެސް އޮތް ކަމެއް ނޫންތޯ؟ އިރާދަކުރެއްވިއްޔާ މިކަން ނިމުމަކަށް ގެންނަން މިއުޅެނީ. އެހެންވީމާ، އެގޮތަށް ކުރިއަށް އޮތް ތަނުގައި އާސަންދައިގެ ނިޒާމުވެސް ހަރުދަނާވާނެ.
ފާޠިމަތު ސައުނާ މުޙަންމަދު - ސަން އޮންލައިން:
އަޅުގަނޑުގެވެސް ސުވާލެއް އޮތްއިރުގައި، ބޭރަށް ދަތުރުކުރާ މީހުންވެސް ޑޮލަރު ބޭނުންވާއިރުގައި، ބީ.އެމް.އެލް.އިން ކަނޑައަޅާފައި އޮތް ޑޮލަރުން ވަކި ލިމިޓެއްގެ ސަބަބުން އާންމުންނަށް ދަތިވާކަމުގެ ޝަކުވާތައްވެސް އެބައާދޭ. އަންނައިރުގައި، މި ޑޮލަރުގެ މައްސަލައަށް ޙައްލެއް އަންނާނީ ކިހާތާކުތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީ މިހާރު ކުޑަކޮށް ލިމިޓް ކޮށްލައިގެން އުޅުއްވަނީ. އެހެންނަމަވެސް، އަޅުގަނޑު އިއްޔެ ރައީސް އޮފީހުން ބޭންކުން މަޢުލޫމާތު ހޯދަން ބެލިއިރުގައި، މި މަސް ނިމޭ ހިސާބުން އިރާދަކުރެއްވިއްޔާ، އަނެއްކާވެސް ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެ ކަމުގެ އިޝާރާތް ކުރައްވާފައި ވަނީ.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ފ. އަތޮޅުގެ އެއަރޕޯޓުގެ ވާހަކަ ކޮންމެވެސްވަރަކަށް ދައްކާލަންވެގެން މިއަދު މި ގަސްދުކުރީ. ފ. އަތޮޅުގެ، އަދި ދ. އަތޮޅުގެ ރަށްތަކާ ވަރަށްބޮޑަށް ގުޅިލާމެހިފައިވާ، ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ނިލަންދުއަކީ. އާދެ ނިލަންދޫ އެއަރޕޯޓް ހައްދަވައިދެއްވާނެ ވާހަކަ، މަނިކުފާނުގެ ވަޢުދުފުޅުގެ ތެރޭގައި އޮތް ކަމަށް އަޅުގަނޑު މިބެލީ. އެއީ، ކެމްޕެއިންގެ ތެރޭގައިވެސް ވަރަށްގިނަފަހަރު ދައްކަވައިފި. އަދި މިހާރު އެއަރޕޯޓަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިންމައިފި.
އެހެންނަމަވެސް، މި ޢީދުތެރޭ އަޅުގަނޑު ނިލަންދުއަށް ގޮސްލިން. ނިލަންދޫ ރައްޔިތުންގެ ތެރޭގައި ވަރަށްބޮޑު ކަންބޮޑުވުމެއް އެބައޮތް، އެއަރޕޯޓުގެ މަސައްކަތް މިވަގުތަށް މަޑުޖެހިފައި އޮތް ވާހަކަ. އެއަރޕޯޓަށް ބޭނުންވާ ބިން އެއްކޮށް ހިކިފައި، އެއްކޮށް ނިމިފައި އޮތީ. ދެން މިދިޔަ ޔާމީން ސަރުކާރުގައިވެސް އެއަރޕޯޓެއް އަޅުއްވައިދެއްވާނެ ވާހަކަ ދައްކާފައި، އެކަމެއް ނުއެއް ހިނގި. ދެފަހަރަކު، ތިން ފަހަރަކު އެ ވާހަކަ ދައްކާފައި.
އާދެ، މި ސަރުކާރުން ކޮންމެވެސްވަރެއްގެ ޢަމަލީ ސިފައެއް ގެނެސްފި. ދެން ނިލަންދުއަކީ މުޅި ރާއްޖޭގައި އޮތް 10 ރަށްތަކުގެ ތެރޭގައި އެންމެ ރީތި އެއް ބީޗް އޮތް ރަށެއް. މިއަދު ބީޗެއް ނެތް. އެތަން އެއްކޮށް ހިއްކާފައި އެއޮތީ، އެ ސަރަހައްދު އެއްކޮށް. ދެން އެއަރޕޯޓުގެ މަސައްކަތަށް ޢަމަލީ ސިފައެއް އަންނާނީ ކޮންއިރަކުންތޯ؟
އަދި ހަމައެއާއެކު، ނިލަންދޫގެ ނަރުދަމާ ނިޒާމު ފެއިލްވެފައި އޮންނަ މައްސަލައަށް ކައުންސިލްގެ ރައީސް ދެއްވި ޖަވާބަކީ، ގާތްގަނޑަކަށް ނިލަންދޫ ކައުންސިލުން ވޭތުވެދިޔަ ފަނަރަވަރަކަށް އަހަރު މަސައްކަތް ކޮށްފީމޭ، އެކި ވުޒާރާތަކަށް ދަންނަވައިގެން، ނަރުދަމާގެ މައްސަލައަށް ޙައްލެއް ގެނެވޭތޯ. ނަރުދަމާ ނިޒާމު އެއްކޮށް ފެއިލްވެފައި.
ދެންއަދި މިއާ އެއްކޮށް، ކައުންސިލުންނާއި ފެނަކައިން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރުގައި، ނިލަންދޫގައި ފެނުގެ ނިޒާމު މަސައްކަތް ފަށައި، ދިހަވަރަކަށް އަހަރުވެއްޖެ ހުއްޓުމަކަށްއައިސް، އެއްވެސް ކަމެއް ނުހިނގާ އޮތީ. ފެނެއް ނުއެއްލިބޭ. ނަރުދަމާގެ ނިޒާމު އެއްކޮށް ގޯސްވެފައި. ނަރުދަމާ ނިޒާމުން ނަޖިސް، ރަށުގެ އެކި ސަރަޙައްދުތަކުން އަރަމުން އެބަދޭ. ދެން އެމަންޒަރުތައް އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން ފެންނަންވެސް ފެނޭ ސޯޝަލް މީޑިއާއިން. އަޅުގަނޑު ދެން ނިލަންދޫ ރައްޔިތަކަށްވީމާ، ނިލަންދޫގެ ވާހަކަތައް ތަންކޮޅެއް ބޮޑަށް އެނގޭ.
އެހެންވީމާ، މަނިކުފާނުގެ ޖަވާބަކީ ކޮބައިތޯ، ނިލަންދޫގެ ތަރައްޤީގެ، ޚާއްޞަގޮތެއްގައި ނިލަންދޫގެ ތަރައްޤީއާ ގުޅިފައި މިހުރި ޕްރޮޖެކްޓްތައް ހިންގުމުގެ. މި ސަރުކާރުގެ މަނިކުފާނުގެ ވަޢުދުތަކުގެ ތެރޭގައި، ވެރިކަން ނިމުމުގެ ކުރިން، ނިލަންދޫގެ އެއަރޕޯޓް އެއްކޮށް އަޅައި، ޚިދުމަތް ލިބޭނެކަމަށް ވިދާޅުވެފައިވެސްވޭ. ދެން އަދި އެއާ އެއްކޮށް، މަގޫދޫގައިވެސް އެއަރޕޯޓުގެ މަސައްކަތްތައް އެބަދޭ ކުރިއަށް. ވަރަށް ކައިރިކައިރީ ދެ ރަށް މިއީ. ކިހިނެއްތޯ މަނިކުފާނުގެ ޖަވާބަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ނިލަންދުއަކީ އަޅުގަނޑުމެންގެ ތަރައްޤީގެ ސިޔާސަތުގައި އަރބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައި، އިޢުލާނު ކޮށްފައި އޮތް ރަށެއް. ދެން ނިލަންދޫގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ މަޝްރޫޢުތަކުގައި އަޅުގަނޑުމެން ވާނީ ސޮއިކޮށް، އަދި އެކި މަރުޙަލާގައި ހިނގަމުން އެބަދޭ. އެއަރޕޯޓަކީ އެ ރަށުގެ ރައްޔިތުންގެ އެންމެ މުހިންމު އުންމީދު ގުޅިފައިވާ، އެކަކުން ދިހައަކަށްވެސް އެ ބޭފުޅުންގެ އުންމީދު ގުޅިފައިވާ މައްސަލަ.
އެހެންވީމާ، އެކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ބިން ހިއްކުމުގެ މަޝްރޫޢު ނިންމާފައި މިހާރު އެވަނީ. ދެން އެމް.އޭ.ސީ.އެލް.އާ ހަވާލުކުރެވިފައި، އެއަރޕޯޓް ޑިވެލޮޕްމެންޓްގެ މަސައްކަތް މިއޮތީ. ދެން މިދޭތެރެއިން ހަނގުރާމައާ ގުޅިގެން ދިމާވި އެކިކަހަލަ ދަތިތަކުގެ ތެރެއިން ފިއުލް ޕްރައިޒް ބޮޑުވެގެން ދިޔުމާ، މި ހުރިހާ ކަމެއްގެ ތެރެއިން އެމް.އޭ.ސީ.އެލް.އަށް ދަތިތަކެއް ދިމާވި. އެމް.އޭ.ސީ.އެލް.އާ ހަވާލުކުރެވިފައި ހުރި، ތަރައްޤީގެ މިކަހަލަ މަޝްރޫޢުތައް އޮރިޖިނަލް ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި މަޑުޖެހުންތަކެއް އައި. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މަޑުމަޑުން ރިކަވަރ ކުރެވި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑްގައި ހިނގާނެ. ކޮންމެގޮތެއްވިޔަސް، ނިލަންދޫގެ އެއަރޕޯޓަކީ އަޅުގަނޑު މި ދެންނެވިހެން، ސަރުކާރުންވެސް އެންމެ އިސްކަން ދޭނެ ކަންތައް. ދެން ހަމަ އެކަކުން ދިހައަކަށް، ސަރުކާރުންވެސް އެންމެ އިސްކަންދެނީ އެއަރޕޯޓަށް.
ދެން ނަރުދަމާ. ނަރުދަމާއަކީ ތިޔަ ވިދާޅުވިހެން، ވަރަށް ހާލުގައި އޮތް ނަރުދަމާއެއް. އެ ރަށުގައި އޮންނަ މައްސަލަ މިއީ. މިހާރު އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށް އެވަނީ، އެމް.ޑަބްލިޔޫ.އެސް.ސީ.އާ ހަވާލުކުރެވިގެން ހިނގާ މަޝްރޫޢު. ދެން އެ މަޝްރޫޢުވެސް އެންމެ އެދެވޭގޮތެއްގައި އަދި ނުހިނގާ އޮތް މައްސަލަ ޙައްލުކުރުމަށްޓަކައިވެސް ވަރަށްފަހުން މަސައްކަތްތަކެއް ކުރެވިފައިވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު ކުރިއަށްދާނެ. ދެން ފެނުގެ ނިޒާމަކީ ޕްރައިވެޓް ކުންފުންޏަކާ ހަވާލުކުރެވިގެން މިހާރު އެންމެފަހު މަރުޙަލާގައި އޮތް މައްސަލައެއް. ފައިސާވެސް ދީފައި އޮތް މަޝްރޫޢެއް. އެހެންނަމަވެސް، ދެން ނިންމައިނުދީ އެ ހިނގަނީ. އެއީ، ސަރުކާރުން ކަމެއް ނުކޮށްދީގެން އުޅޭ ކަމެއްނޫން. ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ވަރަށް ބޮޑު އިސްކަމެއްދޭ، މިކަން އެމީހުން ލައްވައި ނިންމުމަށްޓަކައި އިނގޭތޯ. އެހެންވީމާ، އެކަމަށްޓަކައި ދެން ވަރަށް ވަރަށް ބާރަށް މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން.
ދެން މިހާރު އެ ދިމާވެފައި އޮތް މައްސަލަ، ވޯޓަރ ނެޓްވަރކަށް ދިމާވެފައި އޮތް މައްސަލަ، އިރާދަކުރެއްވިއްޔާ ނިންމާނަން، އަޅުގަނޑުމެން އެމީހުން އަތުން ޓަރމިނޭޓް ކޮށްފައި އަތުލައިގެން ކަމުގައިވިޔަސްވެސް އިނގޭތޯ. އެހެންވީމާ، މި ދެންނެވިހެން އެންމެ އިސްކަމެއް އަޅުގަނޑުމެން ދެނީ އެއަރޕޯޓަށް. އަދި ނަރުދަމާގެ އާ ނިޒާމެއް އެޅުމުގެ މަސައްކަތާއި، އަދި ފެނުގެ މި ޕްރޮޖެކްޓް ނިންމާފައި ހަވާލުކުރުމާ. މިކަންކަން އަޅުގަނޑުމެން އިސްކަންދީގެން ގެންދަން. އަދި އެނޫންވެސް ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި އެރަށުގައި އިނގޭތޯ. އެކި ފަރާތްތަކާ ސޮއިކުރެވިގެން، އެކި ދާއިރާތަކުން، މަސްވެރިކަމުގެ ދާއިރާ ކަމުގައިވިޔަސް އަދި ކުޅިވަރުގެ ދާއިރާ ކަމުގައިވިޔަސް އަދި ޞިއްޙީ ދާއިރާއިންވެސް މުހިންމު ބޮޑެތި މަޝްރޫޢު އެބަހުރި އެ ރަށުގައި. އެހެންވީމާ، މި ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތްވެސް ކުރިއަށްދާނެ. ދެން ކައިރީގައި އޮތް މަގޫދޫގެ އެއަރޕޯޓުވެސް އަޅުގަނޑު ވަޢުދުވީ ގޮތަށް ނިންމާފައި ހުޅުވާނަން.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
މަނިކުފާނު، ކިހާ މުއްދަތެއް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން މުއްދަތު މި ގަޑީގައި ހަމަ އަޅުގަނޑަށް ދަންނަވައިނުލެވި މިއޮތީ. އަޅުގަނޑު ރިލޭޓަޑް މިނިސްޓްރީޒްތަކާއި، ކުންފުނިތަކާ އެކީގައި، ރައީސް އޮފީހުން ވަރަށް ގާތުން މަސައްކަތްކުރަމުން މިކަމުގައި މިދަނީ. މި ދޭތެރެއިން ބޮޑު ޚަރަދު ހިނގާ ގިނަ މަޝްރޫޢުތަކަކަށް ޑިލޭތަކެއް މިއައީ. މި ހަނގުރާމައާ ގުޅިގެން އައި މަޑުޖެހުމުގެ ތެރެއިން. އަޅުގަނޑުމެން ޕްރައިވަޓައިޒް މި ކުރަނީ އެންމެ އިސްކަމެއްދީގެން ހައުސިންގ ދާއިރާއާއި، ޞިއްޙީ ދާއިރާއިން އިސްކަންދީގެން. ކުރިންވެސް އަޅުގަނޑު ޕްރެސްތަކުގައި އެ ވާހަކަ ދަންނަވައިފިން. އަދި މި މަޝްރޫޢުތައްވެސް ހިނގާނެ. ދެން ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން ހަމަ އެންމެ ޕްރައޮރިޓީ ލިސްޓެއް ހަދަމުން ދާނަން. މި ދެންނެވި ގޮތަށް، އެ ރަށެއްގެ ތަރައްޤީއަށް އެންމެ މުހިންމު، އެ ރަށެއްގެ ކުރިއެރުމަށް އަދި މުޅި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ކުރިއެރުމުގައި އިސްކަންދޭންޖެހޭ އެންމެ މުހިންމު ތަރުތީބު ހަދައިގެން، ދެންހުރި މަޝްރޫޢުތައްވެސް ކުރިއަށްދާނެ. އެހެންނަމަވެސް، އެންމެ އިސްކަމެއްދޭ ލިސްޓެއްގައި ހިމެނޭގޮތަށް، މި ދެންނެވީ ވަކި ޕްރޮޖެކްޓްސްތަކެއް ހިމަނައިގެން ނިންމުމުގެ އިސްކަމެއްދީގެން މި ވަގުތު އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު މި ކޮށްލަނީ. ދެން އޭގެތެރެއިން ކޮންމެގޮތެއްވިޔަސް، ހައުސިންގއާއި ޞިއްޙީ ދާއިރާ އިސްތިސްނާއެއް ނުވާނެ. ދެން އެހެންނަމަވެސް، މިގޮތަށް މިސާލަކަށް، ނިލަންދޫ ކަމަށްވަންޏާ ނިލަންދޫގެ އެއަރޕޯޓް. އަދި އެގޮތަށް ބައެއް ރަށްތަކުގައި ހުންނާނެ، އެ ރަށަށް އެންމެ މުހިންމު މަޝްރޫޢު. އެކަންކަން އެންމެ އިސްކަމެއްދީގެން، އަޅުގަނޑުމެން އެންމެ އިސްކަމެއްގެ ގޮތުގައި ނިންމާނީ. މި ދައުރުގެ ތެރޭގައި ނިންމާފައި ހުޅުވުމުގެ ޓާގެޓް ހާސިލުކުރުމުގެ ތެރެއިން އެ ކަންތައްތައް ދާނެ.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ދެން ދެވަނަ ސުވާލަކީ، ދައުލަތުން ބަލަމުންދާ ކުދިންގެ ކަންކަން ބެލުމަށް ޚާއްޞަކޮށްގެން ވަޒީފާއަށް ނަގާފައިވާ ކެއަރ ވަރކަރސް އެއީ، ޖެންޑަރ އެންޑް ފެމިލީ. ކެއަރ ވަރކަރސްގެ ރިސްކް އެލަވަންސާއި، ޝިފްޓް އެލަވަންސް ކަނޑާލާފައިވާތީ. އެ ފަރާތްތަކަކީ ވަރަށް ބޮޑެތި ރިސްކްތަކެއް ނަގައިގެން ވަޒީފާ އަދާކުރަމުންދާ ބައެއް. ދެން މި ކަންބޮޑުވުންތައް، ބައެއް ފަރާތްތަކުން ޙިއްޞާކޮށްފައި އޮތީމާ، އަޅުގަނޑު މި ސުވާލު މި ކޮށްލީ. މަނިކުފާނު ގަބޫލުކުރައްވަންތޯ، އެ ބޭފުޅުން އެ ނަންގަވަނީ ރިސްކެއްކަން؟ އެއީ، ދައުލަތުން ބަލަހައްޓަމުންދާ ކުދިން ބެލެހެއްޓުމުގެ ކަންކަން ކުރަމުންދާ ބޭފުޅުންގެ ވާހަކަ އަޅުގަނޑު މި ދައްކަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ދަންނަވާލަން ބޭނުން، ކޮންމެގޮތެއްވިޔަސް ތިކަން އަޅުގަނޑު ބަލަންޖެހޭނީ. އަނެއްކާ އަޅުގަނޑު އަތަކު ނެތް، ތި މަޢުލޫމާތެއް އިނގޭތޯ. ތި ކަހަލަ ރިސްކް އެލަވަންސެއް، ނޫނީ އެހެން އެލަވަންސެއް ކަނޑާލި ކަމެއް އެނގިފައެއް ނެތް. ކޮންމެގޮތެއްވިޔަސް ވަރަށް މުހިންމު ޚިދުމަތެއްދޭ ބައެއް އެއީ. ވަރަށް ވަރަށް މުހިންމު. އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށް އިސްކަމެއްދޭ ސިޔާސަތެއް ހަމަ ވަލްނަރަބަލް ކޮމިއުނިޓީސްތަކަށް، މާޖިނަލައިޒްޑް ފަރާތްތަކަށް އިސްކަންދިނުން. އެހެންވީމާ، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި، ދެން މިހެންގޮސް ހުރިހާ ވަލްނަރަބަލް ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ދޭ ޚިދުމަތް ރަނގަޅުކުރުމާއި، އެ ފަރާތްތަކަށް ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މިހެންގޮސް ވަށައިޖެހޭ ހުރިހާ ކަމެއް. ސީދާ ތިޔަ ވިދާޅުވި ސްޕެސިފިކް އިޝޫ އަޅުގަނޑަކަށް ނޭނގޭ. އެހެންވީމާ، އަޅުގަނޑު ތިކަން ބަލާނަން.
ރިޟްވާން މޫސާ - އަސްލު ޓީ.ވީ:
ކިހިނެއްތޯ، ކޮންއިރަކުންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އަޅުގަނޑު މި ޕްރެސް ނިންމާފައި، ކަމާބެހޭ މިނިސްޓަރަށް ދަންނަވައިގެން މިކަން ބަލާނަން އިނގޭތޯ.
މުޙަންމަދު ނާފިޒު - ފަރުދުން ނޫސް:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދިވެހިރާއްޖޭގައި ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފަސް އަހަރުގެ ކެމްޕެއިނެއް ސަރުކާރުން ފަށަށް މިވަނީ އިޢުލާނުކޮށްފައި. ދެން މިކަމަށްޓަކައި އަޅުގަނޑުމެން ފަރުދުން މީޑިއާއިން މަރުޙަބާވެސް ކިޔަން. ދެން އަޅުގަނޑުގެ ސުވާލަކީ، މި ކެމްޕެއިން ރަސްމީކޮށް ފަށްޓަވާނީ ކޮންއިރަކުންތޯ؟ އަދި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ރާއްވަވާފައިވަނީ ކޮންގޮތަކަށްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެއީ އިއްޔެ ދެން ޕްރެސްގައި އެކަމުގެ މަޢުލޫމާތު އަޅުގަނޑުމެން ޙިއްޞާކުރީ. މިއީ މުޅި ރާއްޖޭގެ ހުރިހާ ފަރާތްތައް ޝާމިލުވާގޮތަށް ގެންދެވޭނެ ކެމްޕެއިނެއް. އެއީ، ކޮންމެގޮތެއްވިޔަސް އެންމެންގެ ޝާމިލުވުން އޮވެގެން ނޫނީވިއްޔާ މީގެ ނަތީޖާ ނުނުކުންނާނެ ކަމަކަށްވާތީ، އަޅުގަނޑުމެން ބޭނުންވަނީ އެންމެންގެ ފުރިހަމަ ބައިވެރިވުން އޮންނަން. އަމިއްލަ މަދަނީ ޖަމުޢިއްޔާ، އަދި ޖަމާޢަތްތަކާއި، ކުލަބްތަކާ، މިފަދަ ހުރިހާ ފަރާތްތަކެއް އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ މީގެ ތެރޭގައި ބައިވެރިކުރުވަން އިނގޭތޯ.
އެހެންވީމާ، މިއާގުޅޭ ވަރަށް ގިނަ ތަފްޞީލުތައް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ވަރކްއައުޓް ކުރާނަން. މިސާލަކަށް، ސިވިލް ސޮސައިޓީގެ ފަރާތްތައް މީގައި ރަޖިސްޓްރީ ކުރާނެ ގޮތެއް. މިހާރު އަޅުގަނޑުމެން ނިންމާފައި މިވަނީ، މިސާލަކަށް ވަކި ރަށެއް، އެ ރަށުގެ ރައްޔިތުންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުމަށް މީހުން ދުރުކުރެވޭވަރަކުން އެކަމަށް މަސައްކަތް ކުރާ މަދަނީ ޖަމުޢިއްޔާއަށް އިނާމު ދޭން. ނޫނީވިއްޔާ ފައިސާގެ އެހީތެރިކަންދޭން. އެހެންވީމާ، އެކަން ކުރެވޭނީ އެ ފަރާތްތައް ރަޖިސްޓްރީވެސް ކޮށްގެން. ރަޖިސްޓްރީ ކުރަންވާ އުސޫލެއްވެސް އޮންނަންޖެހޭނެ. މިނާނެ ގޮތެއް އޮންނަންޖެހޭނެ. މޮނީޓަރ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭނެ.
ދެން ހަމަ އެއާއެކީގައި، މި ދެވޭ ފައިސާގެ އެހީތެރިކަން ކަނޑައަޅަންޖެހޭނެ. ދެން އަދި އެއާއެކީގައި އަޅުގަނޑުމެން ކަނޑައަޅާފައި މިވަނީ، ޤައުމީ އިނާމުގެ ލިސްޓަށް މި ދާއިރާއިން ޚިދުމަތްދޭ އަދި ކާމިޔާބީ ހޯދާ މަދަނީ ޖަމުޢިއްޔާތަކާއި، ޖަމާޢަތްތަކާއި، ކުލަބްތަކަށް، މިފަދަ ފަރާތްތަކަށް ޤައުމީ އިނާމުވެސް، ހަމަ ޤައުމީ އިނާމު ދިނުމަށް ޚާއްޞަކުރެވިފައި އޮންނަ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި މިސާލަކަށް، މިނިވަން ދުވަސް، ޖުމްހޫރީ ދުވަސް، ޤައުމީ ދުވަސް، މިފަދަ ދުވަހެއްގައި ޤައުމީ ފެންވަރުގެ އިނާމު ދޭން. އެކަން ރިކޮގްނައިޒް ކުރުމަށްޓަކައި. އޭގެ ބޭނުމަކީ ހިތްވަރު ދިނުން. އިންޑިވިޖުއަލް މީހާއަށް ލިބޭ އިނާމެއް ނޫން މިއީ. މި އިނާމު މި ލިބެނީ، މިކަމުގައި އިސްވެ ހަރަކާތްތެރިވެ، ހޭލުންތެރިކުރުވައިގެން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން މީހުން ދުރުކޮށްދޭ ފަރާތްތަކަށް. މި ފަރާތްތައް އެމްޕަވަރ މި ކޮށްދެނީ. އެ ފަރާތްތައް އިތުރަށް ބާރުވެރިކޮށްދީ، ހިތްވަރު މިދެނީ. ދިނީމާ އޭގެ ސަބަބުން، މުޅި މުޖުތަމަޢުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ވަރަށް ޕޮޒިޓިވް އެޓިޓިއުޑެއްގައި، އަމިއްލަ އިސްނެގުމުގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން މީހުން ދުރުވާނެ. އެއްވެސް ކަހަލަ މަޖުބޫރުކަމެއްނެތި. އެހެންވީމާ، މިއީ ވަރަށް ޝާމިލު، ވަރަށްފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭ ކެމްޕެއިނަކަށް ވާނެ.
އެހެންވީމާ، ކަމާގުޅޭ ހުރިހާ ސްޓޭކް ހޯލްޑަރުންނާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކާ އެކީގައި، އަޅުގަނޑުމެން މަޝްވަރާ ބައްދަލުވުންތަކާއި، މި ހުރިހާ ކަމެއް ކުރިއަށް ގެންދާނަން. ކުރިއަށް ގެންގޮސް އެކަންކަމާ ގުޅޭ މަޢުލޫމާތުތައް ފައިނަލްކުރެވޭ ހިސާބުން، އަޅުގަނޑުމެން ޙިއްޞާކުރުމާއި އަދި މި ކެމްޕެއިންގެ އެކި ބައިތައް ލޯންޗްކުރުމާ، މި ހުރިހާ ކަމެއް ދާނެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ނޭޝަންވައިޑްކޮށްF ރާއްޖޭގެ ހުރިހާ ރަށެއްގައި ކެމްޕެއިން ކުރިއަށްދާނެ، ވަރަށް ފުޅާ، ވަރަށް ކާމިޔާބު ކެމްޕެއިނަކަށް މިކަންވާނެ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވެގެންދާނީ އަޅުގަނޑުމެންގެ މުޖުތަމަޢަކީ، އެންމެ ނުރައްކާތެރި މި އާދައިން ވަރަށް ބޮޑަށް ސަލާމަތްވެފައި އޮތް މުޖުތަމަޢަކަށް ވެގެންދިޔުން. އެހެންވީމާ، ފަސް އަހަރު ދުވަހުގެ ކެމްޕެއިނެއްގެ ގޮތުގައި އަޅުގަނޑު މި ކަނޑައެޅީ، މިއީ ވީހާވެސް ދެމެހެއްޓެނިވި ގޮތެއްގައި އިމްޕެކްޓްފުލް ނަތީޖާއެއް ނެރުމަށްޓަކައި. ދެ ދުވަހުން، ތިން ދުވަހަކުން ކުރެވޭވަރުގެ ކަމެއް ނޫން. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދެވޭ ކަމެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
މުޙަންމަދު ނާފިޒު - ފަރުދުން ނޫސް:
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިދިޔަ އަހަރު ރައީސް ވިދާޅުވެފައި އެބައޮވޭ، މި އަހަރުގައި މިލިޓަރީ އެއަރ ކްރާފްޓެއް ގެންނަކަހަލަ ވާހަކައެއް. އޭގެ އިތުރުން، އެއަރ ސްޓޭޝަނެއްވެސް ޤާއިމުކުރަން މަސައްކަތް ކުރައްވާނެ ކަމަށް. ކިހާ ހިސާބެއްގައިތޯ މި މަސައްކަތް މިހާރު އޮތީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑު ހިތުން އެއަރ ސްޓޭޝަން އެބަ ކުރިއަށްދޭ ދޮގެއްތޯ. ދެކުނުގައި، އައްޑުއަތޮޅުގައި، އައްޑޫ ސިޓީގައި އެއްތަން އެވަނީ ހުޅުވާފައި. ދެން އުތުރުން، ށ. އަތޮޅު ފުނަދޫގައި އެއަރ ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް އެބަ ހިނގާ ވަރަށް ބާރު ސްޕީޑްގައި. ދެން މި އަހަރު ނިމެންވާއިރަށް ނިންމޭތޯ މި ބަލަނީ އިނގޭތޯ. ނުނިމިއްޖިއްޔާ ހަމަ ވީ އެންމެ އަވަހަކަށް އަޅުގަނޑުމެން ހުޅުވާނަން. ދެން މިހެންހުރި ބައެއް މަޝްރޫޢުތަކުގައި ޑިލޭސްތައް މި އަންނަނީ. އަޅުގަނޑުމެން ކޮންމެގޮތެއްވިޔަސް ބަޖެޓް މެނޭޖްކުރުމުގެ ތެރެއިން ޕްރައިވަޓައިޒް ކުރަންޖެހޭ. އެހެންވީމާ، މި އެއަރ ސްޓޭޝަންގެ މަސައްކަތް.
ދެން އެއަރ ކްރާފްޓެއް ގަތުމަށް އަޅުގަނޑުމެންގެ ބަޖެޓުގައި ފައިސާއެއް ނެތް. އެއީ ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންގެ ބަޖެޓުން ޚަރަދުކޮށްގެން ކުރެވޭނެ ކަމެއްނޫން. ދެން އެކަމަކީ ބައިލެޓްރަލް ޤައުމުތަކުގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން މަޝްވަރާގެ ތެރެއިން، ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި ދެއްކިފައި އޮތް ވާހަކައެއް. ދެން ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަކީ، މި ސަރުކާރުގެ ވަރަށް ވަރަށް އިސްކަންދޭ މުހިންމު ސިޔާސަތެއް. އެމް.އެން.ޑީ.އެފް.ގެ ކެޕޭސިޓީ މަތިކުރުމަކީ، އަޅުގަނޑުމެން ވަރަށް މުހިންމު އިސްކަމެއްދޭ ކަމެއް. އިންޑިވިޖުއަލް ސިފައިންގެ މީހާއިން ފެށިގެން، މުޅި މުއައްސަސާގެ ކެޕޭސިޓީ މަތިކުރުމަށްޓަކައި ކުރެވޭ މަސައްކަތް. އެގޮތުން، މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި އަޅުގަނޑުމެން ވާނީ ވަރަށް ގިނަ މަސައްކަތް ކޮށްފައި. ހުރިހާ ދާއިރާއަކުން ސިފައިންގޭ ކެޕޭސިޓީ މަތިކުރުމަށްޓަކައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ހަމަ މި އަހަރުގެ ތެރޭގައިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިގެންދާނެ ކަމެއް އެއީ.
ހަމައެއާއެކީގައި، ފުލުހުންގެ މުއައްސަސާގެ، ފުލުހުންގެ ކެޕޭސިޓީ ބޮޑުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައްވެސް ވަރަށް ބޮޑަށް ފުޅާކުރެވިގެން، ވަރަށް ބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށްގެންދާނަން. އަޅުގަނޑުމެން ގަބޫލުކުރަނީ، ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން އެ ކުރައްވަނީ ވަރަށް ވަރުގަދަ ޤައުމީ މަސައްކަތްތަކެއް ކަމަށް. އެ ބޭފުޅުންނަށް އަޅުގަނޑުމެން ދޭންޖެހޭ ފުރިހަމަ އިސްކަން ދޭންޖެހޭނެ. އެ ފަރާތްތަކަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދިނުމަކީ، މުޅި ޤައުމަށް ކޮށްދެވޭ، ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި ވާނެ.
އާދެ، މިހާރު ގަޑިން 12 ޖެހީ. ދެން ވަރަށް އަވަހަށް ބަންގިވެސް ގޮވާތީއާ އެކީގައި، ބާކީ ތިއްބެވި ބޭފުޅުންނަށް ވަގުތު ދެވޭކަހަލަ ގޮތަކަށްނޫން މި އޮތީކީއެއް.
އެހެންވީމާ، އަޅުގަނޑު މި ވަގުތަށް ޕްރެސް ނިންމާލާން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ގަޑި ހަމަވީ އިނގޭތޯ.