بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މިއަދުގެ ޕްރެސް ކޮންފަރެންސަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އާދެ، އާންމު އުސޫލުން އަޅުގަނޑު ބައެއް ކަންތައްތައް ދަންނަވާލާފައި، ނޫސްވެރިންނަށް މަޢުލޫމާތު ދެނީ. ސުވާލު ކުރަން ފުރުޞަތު ދެނީ.
އާދެ. އަޅުގަނޑުމެން ނިންމާފައިވާ މުހިންމު ނިންމުމެއް ދަންނަވާލާފައި ކުރިއަށްދާނަން. އާދެ، އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލެންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން މިވަނީ މިހާރު މުހިންމު ކަންތައްތަކެއް ނިންމާފައި. އެގޮތުން، 1 އެޕްރީލުން ފެށިގެން އާސަންދަ މެދުވެރިކޮށް އެމްބިއުލެންސް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައަޅާފައި މިވަނީ މިހާރު. އެ ގޮތްތަކަކީ އިމަރޖެންސީގައި ނުވަތަ ކުއްލި ޙާލަތުގައި ގެނެވޭ ފަރާތްތަކާއި، މައްޔިތުން އެމްބިއުލެންސްގައި އުފުލުމާއި، ބެޑްރިޑްން ނުވަތަ އެނދުމަތިކޮށްފައިވާ ފަރާތްތައް، އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ޙާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅޭ ފަރާތްތައް، އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެނެވޭ ޙާލަތްތަކާއި، އެކިކަހަލަ ޑިސްއެބިލިޓީ، ނުކުޅެދުންތެރިކަން އެއީ ފިޒިކަލް ޑިސްއެބިލިޓީވެސް، މެންޓަލް ޑިސްއެބިލިޓީވިޔަސް، އޯޓިޒަމްވިޔަސް، ޑައުން ސިންޑްރޯމް، މިކަހަލަ ހުރިހާ ފަރާތްތަކަކަށްވެސް އައުޓް ޕޭޝަންޓް ޚިދުމަތް ހޯދަން ދިޔުމަށް އާސަންދައިން އެމްބިއުލެންސްގެ ޚިދުމަތް ލިބޭގޮތަށް އަދި ޞިއްޙީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަށް ނުވަތަ ތަޙުލީލަކަށް، އެހެން މަރުކަޒަކަށް ގެންދަންޖެހޭ ޙާލަތްތަކުގައިވެސް އަދި އިވެކުއޭޓް ކުރެވޭ ޙާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރކުރެވޭ ހާލަތްތަކުގައި، ބަލިމީހާ ޖެޓީއަށް ނުވަތަ އެއަރޕޯޓަށް ގެންދިޔުމަށްވެސް އަދި މީގެ އިތުރަށް، ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ޚިދުމަތް ނެގުމަށް ގެންދާ ޙާލަތްތަކާއި، މި ހުރިހާ ހާލާތްތަކަކަށް އާސަންދައިން އެމްބިއުލެންސް މިހާރު ހަމަޖެހޭނެ 1ން ފެށިގެން.
ދެން މިއީ ވަރަށް ގިނަ ދުވަހު މަޝްވަރާކޮށް، އެކަމާ ބެހޭގޮތުން ޓެކްނިކަލް ލެވެލްގައި އަދި އޭގެ ހިސާބުތައް ފައިނޭންޝަލީ ބަޖެޓް ރީއިމްޕްލިކޭޝަންސް، ދެން މިހެންގޮސް ހުރިހާ ކަމެއް، އޮޕަރޭޝަނަލް އޭންގަލުން ބަލަންޖެހޭ ކަންތައްތައްވެސް ބެލުމަށްފަހު، އަޅުގަނޑުމެން ނިންމި ނިންމުމެއް. ވަރަށް ގިނައިން އަންނަ ރިކްއެސްޓެއް ރައްޔިތުންގެ ފަރާތުން މި ކަމަކީ. ވަރަށްގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާ، ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއްވެފައި އޮތް ކަމެއް ރައްޔިތުންގެ ފަރާތުން. އެހެންވީމާ، އެކަމާ އަޅުގަނޑުމެން މަޝްވަރާކޮށްފައި އެބަދަލު މިގެނެސްދިނީ. އަޅުގަނޑު ޔަގީންކުރަނީ، މީގެ ސަބަބުންވެސް ވަރަށް ގިނަ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެގެންދާނެ. އެހެންވީމާ، އެ ބަދަލައިގެން އަޅުގަނޑުމެން ކުރިޔަށްދާން ނިންމީ 1 ވަނަ ދުވަހުން ފެށިގެން.
އާދެ، އޭގެ އިތުރަށް، މި ގެދޮރުވެރިކަމުގެ މިހާރު ހުޅުވާލައިފައި މިއޮތް ސްކީމްގައި ގޯތި އަދި ފްލެޓަށް ހުޅުވާލައިފައި އޮތް ސްކީމް، އެ ސްކީމަށް އެޕްލައި ކުރުމުގައި އިތުރު ފުރުޞަތުތައް ރައްޔިތުންނަށް ހޯދައިދިނުމަށް އަޅުގަނޑުމެން ހުޅުވާލި ފަހުން އެކިފަހަރުމަތިން އެކި ކަންކަން ބަދަލުކޮށް، ނޫނިއްޔާ ފުޅާކޮށް، ތަނަވަސްކޮށް ހުޅުވާލައިފި. އެކި ރައްޔިތުންގެ ބައްދަލުވުންތަކުގައި އަޅުގަނޑަށް އައިސްފައި ހުރި، ނޫނިއްޔާ ރައްޔިތުންގެ ކިބައިން ވިދާޅުވެފައި ހުރި ކަންކަމަށް ރިޢާޔަތްކޮށްވެސް ވަރަށްގިނަ ބަދަލުތަކެއް ގެނެސްފިން. ބޭނުމަކީ، ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން. ރާއްޖޭގައި ޚާއްޞަކޮށް، މާލޭ ސަރަހައްދުގައި މި ސޯޝަލް ހާލަތު މިއޮތްގޮތަށް ބަލާއިރުގައި ވަރަށް މުހިންމު، ވީހާވެސް ގިނަ ރައްޔިތުންނަށް އެޕްލައި ކުރެވި މަގުފަހިވާގޮތް ހަދަން.
މިގޮތުން، މި ގެނެވުނު ބަދަލުތަކުގެ އިތުރަށް، އަޅުގަނޑުމެން މިހާރު ނިންމާފައިވާ އިތުރު ކަމަކީ، އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސްތެރޭގައި، އެޕްރީލް މެދަކާ ހިސާބުން އެޕްލައި ކުރަން ފުރުޞަތު ލިބިގެންދާނެ. މިހާރު ގުޅީފަޅު، ގިރާވަރުފަޅު މި ތަންތަނުން ގޯތި އަދި ހުޅުމާލެއިން ކަމުގައިވިޔަސް، ގޯތި ލިބިފައި ހުރި ފަރާތްތަކުގެ ތެރެއިން އެބައުޅޭ ވަރަށް ގިނަ މީހުން ނިކަމެތި، ވަރަށް ގިނަ ނިކަމެތި ރައްޔިތުން އެބަތިބި، މީހަކާ ޖޮއިންޓްނުވެ ގޯތި ލިބިފައި ތިބި ފަރާތްތައް. ޚާއްޞަކޮށް، އަދި ކޮންމެހެން ޖޮއިންޓްވެގެން ލިބިފައިވެސް ވަރަށް ނިކަމެތި ފަރާތްތައް އެބަތިބި. އެހެންވީމާ، މި ފަރާތްތަކުން، އެތަންތަން ހަދަން، ނޫނިއްޔާ އެގޯތި ލިބި، އޭގައި އިމާރާތްކުރަން ވަރަށް ދުވަސް ނަގާނެތީ، ވަރަށް ގިނަ ރައްޔިތުން އެބަ އެދޭ، ކޮންމެވެސް ފުރުޞަތެއް ހުޅުވައިލެވިދާނެތޯ، ގޯތި ދޫކޮށްލާފައި މިހާރު މި އަޅަމުންދާ ފްލެޓްތަކަށް، ފްލެޓް ކެޓަގަރީއަށް އެޕްލައި ކުރުމުގެ ފުރުޞަތު. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށްފައި އެކަމަށް ހުޅުވައިލެވޭނެ ގޮތެއް މި ކަނޑައެޅީ. މާނައަކީ ލިބިފައި އޮތް ގޯތި މާލެ ސަރަހައްދުން ހައުސިންގ ސްކީމަކުން ލިބިފައި އޮތް ގޯތި ދޫކޮށްލުމަށްފަހު، ފްލެޓް ހޯދުމަށް ފުރުޞަތު ދޭން. އެ ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ ތަނެއް އަޅައިނިމުނީމަ. ގޯތި އަމިއްލައަށް އިމާރާތްކުރަންޖެހޭނީ، އަދި ގުޅީފަޅު، ނޫނީ ގިރާވަރުފަޅުގެ ހާލަތަށް ބަލައިފިއްޔާ އަދިވެސް އެތަނުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، މިފަދަ އެތައް ކަމަކަށް ވަގުތުކޮޅެއް ނަގާނެތީ، ވަރަށް ގިނަ ރައްޔިތުން އެކަމާ ކަންބޮޑުވާ ކަމެއް ފްލެޓަށް އެޕްލައި ކުރާނެ ފުރުޞަތު ނެތުން. އެހެންވީމާ، ދެން އެވަރުވެސް ނެތް މީހުންނަށްވުރެ ކޮންމެގޮތެއްވިޔަސް، ރަނގަޅު ހާލަތުގައި ތިބި ބައެއް އެއީ. މާނައަކީ މިހާރު ގޯއްޗެއް ނެތް ފަރާތްތަކަށްވުރެ ތަންކޮޅެއް ހާލަތު ރަނގަޅުކޮށް ތިބި ބައެއްވީމަ، އެ ތަފާތުކުރުން، ނޫނިއްޔާ އެ ކަމަށް ރިޢާޔަތްކުރެވޭނީ. ރިޢާޔަތްކޮށް އެހެންނަމަވެސް، އެޕްލައިކުރެވި ހަމަ ފެއަރ ޕްރޮސެސްއެއްގެ ތެރެއިން ފްލެޓް ހޯދުމަށް ފުރުޞަތު ދޭން ގަސްދުކޮށްފައި މިވަނީ. އެހެންވީމާ، މި ބަދަލު، ނޫނިއްޔާ މި ފުރުޞަތު އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ދިނުމަށްޓަކައި، ޕޯޓަލްގެ ތެރެއިން އެ ޖާގަ، އެޕްލައިކުރާ ޖާގަ ހެދުމަށް ނަގާ ވަގުތުކޮޅެއް ނަގަނީ. ނަގައި، ކުރިއަށް އޮތް ދެހަފުތާއެއްހާ ދުވަސް ތެރޭގައި، އެންމެ ލަސްވެގެން ނިންމާފައި، މި ދެންނެވި ގޮތަށް، ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބިފައި ތިބި ފަރާތްތަކަށް، މި ދެންނެވީ މިދިޔަ ސަރުކާރުތަކުން ގޯތި ލިބިފައި ތިބި ފަރާތްތަކަށް، އެ ގޯތިތައް ދޫކޮށްލާފައި، ފްލެޓް ހޯދުމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން. އެހެންވީމާ، މި ދެ ކަންތައް އަޅުގަނޑުމެން މިހާރު މިވަނީ ކުރަން ނިންމާފައި.
އާދެ، މި ދެންނެވި އާސަންދައާ ގުޅޭ ކަންތަކާއި، ގޯއްޗާބެހޭ ކަންތައް އަޅުގަނޑު ދަންނަވާލަން ގަސްދުކުރީ. އެހެންވީމާ، ނޫސްވެރިންނަށް އަޅުގަނޑު ފުރުޞަތު ހުޅުވާލަން ފަށާނަން. ގުރުއަތުން ނަގާފައި އޮތް ތަރުތީބުން، އޭޒް ޔޫޝުއަލް އަޅުގަނޑުމެންގެ އުސޫލު މިއޮތީ. އެގޮތަށް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ފުރުޞަތު ހުޅުވާލަން.
އަޙްމަދު އިޔާދު – ސަން އޮންލައިން:
السَّلامُ عَلَيْكُم ދެން އަޅުގަނޑު ފުރަތަމަ ސުވާލަށް ދިއުމުގެ ކުރިން އަޅުގަނޑު އަދަބުވެރިކަމާއެކު ރައީސްގެ އަރިހުން އެދެން، މިހާރު ބްރީފިންގއަށްފަހު، ދެން އަޅުގަނޑުމެންވެސް އެކުވެރި ނޫސްވެރިންތައް އެދޭތީވެ، މި ބްރީފިންގއަށްފަހު އެއް ގަޑިއިރު ދިނުން، ސަބަބަކީ އޭރުން އަޅުގަނޑުމެންނަށް ސުވާލުކުރާނެ އިތުރު ފުރުޞަތުތައް ލިބޭނެ. އެހެންވެގެން އެގޮތަށް ހައްދަވައިދެއްވިއްޔާ ވަރަށް ރަނގަޅު. ދެން އަޅުގަނޑު ސުވާލައިގެން ކުރިޔަށްދާނަން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ އަޅުގަނޑު މިއޮތީ އިޢުލާނުކޮށްފައި ރިޔާސީ ބަޔާނުގައި، އާންމު އުސޫލުން ކޮންމެ ހަފުތާއަކު ހޯމަ ދުވަހު 10ން 11 އަށް ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް. ވަރަށް ގިނަ އެހެން މަސައްކަތްތައްވެސް ކޮންމެ ދުވަހަކުވެސް އޮންނާނެ. އެހެންވީމާ، އެ މަސައްކަތްތަކަށްވެސް ވަގުތު ހުސްކުރަންޖެހޭނެ. އެގޮތުން އަޅުގަނޑު ޓައިމް ލިމިޓެއް ކަނޑައެޅީ. ދެން އަޅުގަނޑު ހިތުން އަޅުގަނޑު މިދޭ މަޢުލޫމާތަކީ ބޭކާރު މަޢުލޫމާތެއް ނޫން. ތިޔަބޭފުޅުންގެ ސުވާލުތަކަކުން އެ ކަމެއް ނުއެއް އަންނާނެ، އަޅުގަނޑު މި ވާހަކަ ނުދައްކާ އޮތްނަމައެއް. ގިނަފަހަރު އެހެންވާނީ. ތިޔަބޭފުޅުންނަށް ރައްޔިތުންގެ ކިބައިން، ނޫނީއްޔާ އެއްވެސް ގޮތަކުން އެކަމާބެހޭ ސުވާލެއް އުފެދިފައި ނެތިއްޔާ، އެ ސުވާލު ނުއެއްކުރެވޭނެއޭ. އެހެންވީމާ، އަޅުގަނޑު އިސްވެ މިކަންކަން ބަޔާންކުރުން އެއީ، ހަމަ ޙަޤީޤަތުގައި ތިޔަބޭފުޅުންނަށްވެސް އެއިން ފަސޭހަތަކެއް ވާނެ ކަމެއް، ރައްޔިތުންނަށް މިކަންކަން ގެންދިޔުމުގައި. އެހެންވީމާ، އަޅުގަނޑު ހިތުން އެއީ ބޭކާރު ވަގުތެއް ނޫން. ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންކަން ނޫސްވެރިންގެ ބައްދަލުވުމުގައި އަޅުގަނޑުމެން ޙިއްޞާކުރަމުން މިދަނީ. ކުރިއަށް ގެންދަވާ.
އަޙްމަދު އިޔާދު – ސަން އޮންލައިން:
ރައީސް މިދިޔަ ހޮނިހިރު ދުވަހުގެރޭ ވިދާޅުވި، ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ ގޮތް، ރައްޔިތުންނަށް އެ ބާރު ދިނުމަށްޓަކައި، ރިކޯލް ވޯޓް ތަޢާރަފް ކުރައްވާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު އަހާލަން ބޭނުންވަނީ، ސީދާ ކޮންއިރަކުތޯ މި ރިކޯލް ވޯޓް ތަޢާރަފުކުރައްވަން ވިސްނަވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ރަނގަޅު ސުވާލެއް. އާދެ، ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުން، އަދި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި މިހާރަކު ނޯވޭ، އެއްވެސްގޮތަކަށް ވަކިކުރެވޭނެ ގޮތެއް. ފިޔަވަޅު އެޅޭ. އެލް.ޖީ.އޭ. އިން ކައުންސިލްތަކަށްވެސް ފިޔަވަޅު އަޅާ. ކައުންސިލަރުންނަށްވެސް ފިޔަވަޅު އެޅޭ. އެހެންނަމަވެސް، ވަކިކުރުމަކީ އެއްވެސްގޮތަކަށް އޮންނަ ކަމެއް ނޫން. ސުޕްރީމް ކޯޓަށް ގޮސްގެން ޙުކުމެއްކޮށްގެން، ފަހަރެއްގައި މެންބަރެއްގެ ގޮނޑި ގެއްލިދާނެ. އެނޫން ގޮތެއްނޯވޭ. އެހެންނަމަވެސް، ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރުގައި، ރައްޔިތުންގެ ބާރުވެރިކަން އެންމެބޮޑުވާ ގޮތަކަށް ވާނީ، ރައްޔިތުންނަށް އެ ފުރުޞަތު އޮތުން. އެއީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ޕްރެކްޓިސްކުރާ ނިޒާމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެކަމާ ގުޅޭ ފަންނީ މަޝްވަރާތައް އެބަ ކުރިއަށްގެންދަން. ރާއްޖޭގެ ކޮންޓެކްސްޓްގައި އަދި ދުނިޔޭގައި މިކަން ސަކްސެސްފުލީ ތަންފީޒުކޮށްފައި ހުރި ޤައުމުތަކުގައި، ރިކޯލް ވޯޓް ޕްރޮސެސް ހުރިގޮތް ބަލާފައި. މިސާލަކަށް، ކޮންސްޓިޓުއެންސީގެ ކިތައް ޕަސެންޓުގެ ސޮއި ލިބިގެންތޯ މައްސަލަ ހުށަހެޅޭނީ. ރައްޔިތުންނަށް ޕެޓިޝަން ހުށަހެޅޭނީ. އެ ހުށަހަޅާ ހިސާބުން މަޖިލީހުގެ ކިތައް ޕަސެންޓް، ނޫނިއްޔާ ކިހާވަރެއްގެ އަޣްލަބިއްޔަތަކުންތޯ ފާސްކުރެވޭނީ އެ މީހަކު ވަކިކުރަން. އަދި އެ ފާސްކުރަން އެ މަޖިލީހުގެ އެ ދުވަހުގެ ހާޒިރީވާންޖެހޭނީ ކިތައް ޕަސެންޓްތޯ، މުޅި މަޖިލީހުގެ އަޣްލަބިއްޔަތުތޯ. މިހުރީ ޑިސްކަޝަންގެ ތެރޭގައި ދާންޖެހޭނެ ކަންކަން މިސާލަކަށް. އަދި ކޮންކަހަލަ ޙާލަތްތަކަކުންތޯ. މިއަދު ބޭނުންނުވާންޖެހޭ ސަބަބުތަކެއް ހުންނަންޖެހޭނެ، އެމީހާ ބަހައްޓަން ދޮގެއްތޯ. ޤާނޫނުގައި ހުރި ޒިންމާތަކުގެ ތެރެއިން ކަމެއް ނުކުރެވުނީތޯ. ދެން އެހެންގޮސް ހަމަ ބެލޭނެ. ޤާނޫނީގޮތުން ވަރަށް ސާފުކޮށް ޤާނޫނުގައި ބަޔާންކުރެވެން ޖެހޭނެ އެ ސަބަބުތަކެއް އެމީހަކު ވަކިކުރަން. ރައްޔިތުންގެ ތެރެއިން އެ ރިކްއެސްޓް، ނޫނީވިއްޔާ އެ ހުށަހެޅުން އަންނާނެ ގޮތެއް. އެހެންވީމާ، މިކަންކަމާބެހޭ ފަންނީ މަޝްވަރާތައް މިހާރު މި ގެންދަނީ. ދެން އުއްމީދު މިކުރަނީ މިހާރު މި ހިނގަމުންއެދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއަށް، އެ ދައުރު ނިމުމުގެ ކުރިން ހުށަހެޅޭނެ ކަމަށް. މަސައްކަތް މިކުރަނީ އެގޮތަށް.
އަޙްމަދު އިޔާދު – ސަން އޮންލައިން:
އާދެ، ދެވަނަ ސުވާލަކަށް، ކޮންއިރަކުތޯ ހުޅުމާލޭގައި ގޯތިދިން ތަންތަނަށް ކަރަންޓާއި، ފެނާއި، ނަރުދަމާ ލަނީ، އެއީ ވަރަށް ގިނަ ބަޔަކު އެބަ ގޯތި ލިބިގެން އެކަން ނެތުމުން، ގެ ނޭޅިފައި. އެހެންވީމާ، ކަންބޮޑުވުން ފާޅުކުރަމުންދާތީ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އަޅުގަނޑާ ހަމައަށްވެސް ވަރަށް ގިނައިން އެބައާދޭ، ޑޯ ޓު ޑޯއަށް ދާއިރު، އަދި ތިޔަކަމާ ގުޅޭގޮތުންނާއި، އެހެން ގޮތްގޮތުންވެސް ސިޓީ އެބަލިބޭ. އެޗް.ޑީ.ސީ. އިން މިހާރު އެ މަސައްކަތަށް ބޭނުންވާ ސާމާނާއި، މެޓީރިއަލްސް ގެނެސް އަދި ތައްޔާރީތައް ވަމުން އެދަނީ. މިހާރު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިފެށީ. އެނގިވަޑައިގަންނަވާނެ، ފުރަތަމަ އެތަނުން ގޯތި ދޫކުރަން ނިންމިއިރުގައި، އެތަން އޮތީ ނުވެސް ހިއްކާ. އެހެންވީމާ، ހިއްކަންވެސް ވަރަށް ދުވަސް ނަގައިފި. ވަރަށް ފުންކޮށް އޮތް ތަނެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރު އެވަނީ އެތަން ހިއްކާ ނިންމާފައި. ދެން މިހާރު އެދަނީ ސަރވޭކޮށްގެން މީހުންގެ ގޯތިތައް ފާހަގަކޮށް، ހަވާލުކުރަމުން. ދެން އެތަނަށް ބޭނުންވާ ޔުޓިލިޓީޒްތަކުގެ ކަންތައް، މަގުހެދުން، އެޗް.ޑީ.ސީ. އިން ވަރަށް އަވަހަށް ފަށާނެ. ސީދާ އަޅުގަނޑަށް ތާރީޚެއް މިހެން ދަންނަވައިނުލެވުނަސް، ޓޮޕް ޕްރިއޯރިޓީގައި އެންމެ އަވަހަށް މަސައްކަތް ފަށާ ކަމަކަށް އެޗް.ޑީ.ސީ. އިން ކުރިއަށްގެންދާނެ ކަމަކަށް ވާނެ އެކަންތައް. އެހެންވީމާ، މާގިނަ ދުވަހެއްނުވާނެ އެކަމުގައި އިރާދަކުރެއްވިއްޔާ. އާދެ، ދެން ދެވަނަ.
އާމިނަތު ވިރުޝާ – ސަންގު ޓީ.ވީ.:
އަޅުގަނޑުގެ ސުވާލަކީ މިހާރުގެ ޕްރެޑިކްޝަންތަކަށް ބަލާކަމުގައިވާނަމަ، ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކިހާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށްތޯ، މަނިކުފާނަށް ލަފާކުރެއްވެނީ އަދި ޚާއްޞަގޮތެއްގައި ސިޓީތަކަށް ބަލާކަމުގައިވާނަމަ މޭޔަރުގެ ގޮނޑި. ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް އިންޓްރެސްޓިންގ ސުވާލެއް ތިއީ، ދެން ޕްރެޑިކްޝަން. މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެކަންޏެއް ނޫން، އެހެން ޕާޓީތަކުންވެސް ޕްރެޑިކްޝަން ހަދާނެ، ދެން އެއީ އަޅުގަނޑުމެން ކުރާގޮތަކީ ޑެއިލީ ބަލަން އިނގޭތޯ، ޑެއިލީ ބަލަން އެކިގޮތްގޮތަށް، އެހެން ޕާޓީތަކުންވެސް ކުރާގޮތަށް، މީހުންނާ ބައްދަލުކުރުން، ފޯނުކޮށް، އެކި ގޮތްގޮތުން ބަލަން. ދެން އެ ޓްރެންޑެއް މި އޮންނަނީ ދޮގެއްތޯ. އެ ޓްރެންޑާ އެއްގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައްވެސް ބައްޓަންކުރަމުން ދަނީ. ދެން ސީދާ ޕަސެންޓެއް ނޫން، އެހެންނަމަވެސް، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވަރަށް ޔަޤީންކަން އެބައޮތް، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފަހަރުގެ އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ދެއްވާނެ ކަމަށް. ދެން މިވެނި ރަށެއް މިވެނިގޮތަކަށް، މިވެނި ސިޓީއެއް، މިވެނި ގޮތަކަށް ނިމޭނެ ކަމަށް، ނޫނިއްޔާ ރައްޔިތުން ވޯޓު ދެއްވާނެ ކަމަށް ޕްރެޑިކްޓް ކުރާކަށް އަޅުގަނޑު މިތާ ދަންނަވާކަށް ނެތިން. އެކަމަކު އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަބޫލުކުރަނީ ހަމަ ވަރަށް ރަނގަޅަށް. އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފައި ތިބި ކެންޑިޑޭޓުން ހޮވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދުކުރަން. އެއީ އަޅުގަނޑުމެން މި ހުށަހަޅަނީ ރައްޔިތުންނަށް ވަރަށް ޒިންމާދާރުކަމާއެކީގައި، އިޚްލާޞްތެރި، ހަލުވި މަސައްކަތްތަކެއް ކުރުމުގެ ހުށަހެޅުމެއް. މާނައަކީ، ކައުންސިލަށް އަންނަ އަޅުގަނޑުމެންގެ ކެންޑިޑޭޓުން، ކައުންސިލަރުންނަށްވީމަ، ނޫނިއްޔާ ސިޓީތަކުގައި، ނޫނީ ރަށްރަށުގައިވެސް ކައުންސިލް ރައީސުންނަށް، މޭޔަރުންނަށްވީމަ، އެމީހުންނަކީ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އަޅުގަނޑުމެންގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންނަކީ، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި އަދި އެ ރަށަކަށް، ނޫނީ އެ ސިޓީއަކަށް ބޭނުންވާ ކަންކަން ކުރުމުގައި ހަންޑްރެޑް ޕަސެންޓް އެއްބާރުލުން ދޭނެ ބަޔެކޭ. ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުންނަށްޓަކައި މިކަންކަން ކޮށްދޭނެ ބައެކޭ. ރަށް އިސްކޮށްގެން، ސިޓީ އިސްކޮށްގެން، ކަންކަން ކުރާނެ ބަޔެކޭ. އެހެންވީމާ، މިކަން ޤަބޫލުކުރައްވައި، ގިނަ ރަށްރަށުގެ ގިނަ ރައްޔިތުން ވޯޓު ދެއްވާނެ ކަމަށް ޤަބޫލުކުރަނީ އިނގޭތޯ.
މުޙައްމަދު މުޒައްޔިން – ދައުރު:
އާދެ، ޝުކުރިއްޔާ. ކިހިނެއްތޯ ރައީސް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ. ރަނގަޅު.
މުޙައްމަދު މުޒައްޔިން – ދައުރު:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދެންމެ ރައީސް ވިދާޅުވެއްޖެ، ކައުންސިލް އިންތިޚާބާ ގުޅޭގޮތުން. ކައުންސިލް އިންތިޚާބުގައި ރައްޔިތުން ރަނގަޅު ތާއީދު ދެއްވާނެ ކަމަށް. އަޅުގަނޑު ސުވާލު މިއީ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން. ކޮބައިތޯ ޚިޔާލު ހޯދުމުގެ ވޯޓުގައި ނަތީޖާ ނުކުންނާނެ ކަމަށް ރައީސް ޤަބޫލުކުރައްވާ ގޮތަކީ؟ ރައީސް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި، ޚިޔާލު ހޯދުމުގެ ވޯޓު ނަތީޖާ އަންނަ ގޮތަކުން، އަދިވެސް އެބަހުއްޓޭ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް. އެއީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރުމާ ގުޅޭގޮތުން. މީގެކުރިން ރައީސް ވިދާޅުވެފައިވޭ. ދެ ކަމެއް މީގައި މިއުޅެނީ. މީގެކުރިން ރައީސް ވިދާޅުވެފައިވޭ، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް ދާ ވާހަކަ. އަދި ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރު އުވާލުމުގެ ވާހަކަ. މި ފެންނަ ނުފެންނަ ވޯޓަށް ދިޔުމުގެ ކުރިން ރައްޔިތުންނަށް ސާފުވާންޖެހޭނެ ނޫންތޯ، ސަރުކާރުގެ ސްޓޭންޑް މީގައި. ރައީސްގެ ވިސްނުންފުޅަކީ ކޮބައިކަން މީގައި. ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް ދިޔުންތޯ؟ ރިޔާސީ އިންތިޚާބު އެއްބުރުން ވެރިޔަކު ހޮވާގޮތަށްތޯ؟ ކިހިނެއްތޯ ރައީސްގެ ވިސްނުންފުޅަކީ؟ ރައްޔިތުން ވަރަށް ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި މިހާރު މިތިބީ. އަންނަ ހޮނިހިރު ދުވަހު އެ އިންތިޚާބުގައި ވޯޓުލާން ދާއިރުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުން ނިންމަވާއިރުގައި، ރައްޔިތުންނަށް އެކަން ސާފުވާންޖެހޭނެ ނޫންތޯ؟ ކޮބައިތޯ މީގައި ރައީސްގެ ޖަވާބަކީ؟ އެއީ ފުރަތަމަ ސުވާލު.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ވަރަށް ރަނގަޅު. އަޅުގަނޑު ވިސްނާފައި އޮތްގޮތް، ހަނދާންވަނީ އިނގޭތޯ، 2024ގެ ނޮވެންބަރު 11ގެ ޖަލްސާގައި އަޅުގަނޑު އެންމެ ފުރަތަމަވެސް އެވާހަކަ ދެންނެވީ. އެއީ އަޅުގަނޑު ވިސްނާގޮތް. އަޅުގަނޑު ޕްރިފަރ ކުރާގޮތް. އެހެންނަމަވެސް، ޕަބްލިކް ޑިބޭޓަކަށް އެވަނީ އެކަން ދޫކޮށްލާފައި. ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް، ދެބުރު ނޯންނަގޮތަށް، އެއްބުރުން ރައީސަކު ހޮވުން. އެއީ ރައްޔިތުންގެ ތެރޭގައި މަޝްވަރާކުރެވެން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ، އަޅުގަނޑު އެވަނީ އަޅުގަނޑުގެ ޚިޔާލު ދޫކޮށްލާފައި. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން ރައްޔިތުން ނިންމަވާ ގޮތަކާ ވަރަށް ބޮޑަށް ގުޅޭނެ، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް ދިޔުމާއި، ނުދިޔުން. އެހެންނަމަވެސް، ފަންނީ ލެވެލްގެ، ޤާނޫނީ ލެވެލްގެ ދިރާސާތައް ސްޓަޑީތައް އޭރުއްސުރެ ހިނގަމުން އެބަދޭ. ބަލަމުން މިދަނީ. ދެން އަޅުގަނޑު ބޭނުމެއްނޫން އެގޮތަށް ބަދަލުވާ ޙާލަތެއްގައި އެއީ އެއްވެސްވަރަކަށް ކުރިއަށް އަންނަން އޮތް އަހަރުތަކުގައި، ޒަމާންތަކުގައި، އެއްގޮތަކަށްވެސް ރައްޔިތުން އެކަމާ، ކީކޭތޯ ދަންނަވާނީ، މިއީ ޑިސަޕޮއިންޓް ވާނެ ކަމަކަށްވާން. އަޅުގަނޑުމެންގެ ނިޒާމަށް އަންނަ ހީނަރުކަމަކަށްވާކަށް. ވަރަށް ޓްރާންސްޕޭރެންޓް، ދެފުށް ފެންނަ، ވަރަށް ރަނގަޅަށް ކުރެވޭ ކަމަކަށްވާން ބޭނުން. ދެ ބުރުގެ ބަދަލުގައި އެއްބުރަކުން ރައީސަކު ހޮވިގެންދާއިރުގައި، އެ ޕްރޮސެސް ދާގޮތް ވާންޖެހޭނޭ އެއްވެސް ކަހަލަ ސުވާލެއް އޭގައި ނުއުފެދޭ ގޮތަށް، މި ވަރަށް ދެފުށް ފެންނަ ނިޒާމަކަށް. އެކަން އެގޮތަށް ކުރެވޭނެ ގޮތަކަށް މިކަން ވާންޖެހޭނެ ރާއްޖޭގައި. އެހެންވީމާ، އެކަން ނިންމާނީ، ރައްޔިތުންގެ ތެރޭގައި ކޮންމެގޮތެއްވިޔަސް އިތުރަށް މަޝްވަރާކުރެވިގެން.
ދެން އޭގެ އިތުރަށް، ދެން ކޮންގޮތަކަށްތޯ އަޅުގަނޑު ޕްރެޑިކްޓް ކުރަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަބޫލުކުރަނީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ތާއީދު ދެއްވާނެ ކަމަށް، ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން. އެއީ އަޅުގަނޑު މި ހުށަހަޅަނީ، ސިޔާސީ ވާހަކަތަކެއް ނޫން މިކަމުގައި އިނގޭތޯ. އެއީ، ސިޔާސީ އެއްވެސް ކަހަލަ ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންވެސް އަދި ނިސްބަތްވިޔަސް ވިސްނާލައްވާއިރުގައި، ވަރަށް ސާފުކޮށް ފެންނަން ހުރި ޙަޤީޤަތްތަކެއް، އަޅުގަނޑު މި ދަންނަވާ ވާހަކަތަކަކީ. އެއް ކަމަކަށް އަޅުގަނޑު މި ދަންނަވަނީ، ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބާއްވަން ބަލާއިރުގައި، މަޖިލިސް އިންތިޚާބު، އެންމެ ފްރީ އެންޑް ފެއަރ އިލެކްޝަނެއް ގޮތުގައި ހިނގާނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެންނޭ. އެހެން މި ދަންނަވާ ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވާ މީހާ އޭރަކު ނޭނގޭނެ. ހޮވިގެންދާ މީހާ. އެހެންނޫނީ ވާގޮތަކީ، ސަރުކާރު އޮންނާނީ ހޮވިފައި. ދެން މިދަނީ ހަމަސް ފަހުން ރައްޔިތުން ކައިރިއަށް، ދާއިރުގައި ކެންޑިޑޭޓް މިދަނީ ތިމަންނައަކީ ސަރުކާރުގެ ޕާޓީއޭ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މީހާއޭ. އެހިސާބުން އެބަ ގެއްލޭ އެ ފެއަރނަސް. ދެން އޮންނާނީ އިދިކޮޅު ޕާޓީ. އެ މީހުންނަކަށް ނޯންނާނެ، އެހެން ބުނުމުގެ ފުރުޞަތެއް.
އެހެންވީމާ، އެ ފްރީޑަމް. އެ ފެއަރނަސް، އެ މަފްހޫމް، އެއީ ވަރަށް މުހިންމު އެއްޗެއް ޑިމޮކްރަސީއެއްގައި. ފްރީ އެންޑް ފެއަރ އިލެކްޝަނަކާ އެންމެ ގާތްކުރުމަށް ލިބޭ ފުރުޞަތަކީ، އެ ހޮވޭ ސަރުކާރެއް ނޭނގޭ ހާލު، ހަމަ އެދުވަހު މަޖިލީހަށްވެސް މެންބަރުން ހޮވުން. ދެން އެއިން އަންނަ އަނެއް ފައިދާއަކީ މިހާތަނަށް މިދިޔަ ތިން ދައުރުގައި ސުޕަރ މެޖޯރިޓީ، ނޫނިއްޔާ ވަރަށް ބޮޑު މެޖޯރިޓީއެއް މަޖިލީހުގެ މި ލިބެނީ ވެރިކަންކުރާ ޕާޓީއަށް. އެއީ މި ދެންނެވި އަޅުގަނޑު ޤަބޫލުކުރަނީ "ސަރުކާރުގެ ކެންޑިޑޭޓް" މިގޮތަށް ވަކާލާތުކޮށް، ސަރުކާރު، ނޫނީ ވެރިކަންކުރާ ޕާޓީގެ ހިޔަލުގައި، ނިވަލުގައި، ނޫނިއްޔާ އެގޮތަށް ގޮސްގެން، ކެމްޕެއިން ކޮށްގެން ވޯޓު ހޯދަނީ. އެހެންވީމާ، އެކަމެއް ނެތި އިންތިޚާބު ބޭއްވުނީމަ ވަރަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތަކަށް މަޖިލީހަށް މެންބަރުން ހޮވޭނީ. ސުޕަރ މެޖޯރިޓީ، ނޫނިއްޔާ ވަރަށް ބޮޑަށް ވަކި ޕާޓީއެއްގެ މީހުން ގިނަވާގޮތަކަށް ނޫނޭ.
އެއިން ވާ ފައިދާއަކީ ޗެކް އެންޑް ބެލެންސް ނިޒާމު ގެނެވޭ. ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި، މި މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރާ ބާރު. އެތަނުގައި ތިބެނީ މުޅިން ސަރުކާރު މެންބަރުން ކަމަށްވަންޏާ، ނޫނީ ބޮޑު އަދަދަކުން ތިބެންޏާ ކޮންމެގޮތެއްވިޔަސް، ވިސްނާލައްވާއިރުގައި، އެއަށްވުރެ މާބޮޑަށްވެސް ސަރުކާރެއް ޖަވާބުދާރީކުރުވުމުގެ ފުރުޞަތު އެތައް ގުނައަކުން ބޮޑުވެޔޭ އެބަ، އެ މަޖިލީހަށް ހޮވޭ މެންބަރުންނަކީ ސަރުކާރަށް ނިސްބަތްވާ ޕާޓީ، އިދިކޮޅު ޕާޓީ، އަނެއް ޕާޓީތައް، ވީހާވެސް ގިނަ ޕާޓީއެއްގެ މެންބަރުން އެތަނުގައި އެކަށީގެންވާ އަދަދަކަށް ތިބޭ، އީވެންލީ ޑިސްޓްރިބިއުޓެޑް މަޖިލީހެއް އައިސްފިއްޔާ، އެ ފުރުޞަތު ވަރަށް ބޮޑަށް އެބަ ލިބެޔޭ. ވެރިކަން ކުރަން ހޮވެނީ، ރައްޔިތުން ހޮވާ ސަރުކާރަކީ، ކޮން ޕާޓީއެއްގެ ސަރުކާރެއްކަން ނޭނގި ތިބެ، މަޖިލީހަށްވެސް މެންބަރުން ހޮވިގެން ދިޔައީމަ.
އެހެންވީމާ، ޗެކް އެންޑް ބެލެންސް ނިޒާމުން، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުޞަތު އިތުރުވޭ، ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ކުޑަގޮތަކަށް މަޖިލީހުގެ މެންބަރުން ހޮވީމަ. މަޖިލީހަކީ ޤާނޫނުތައް ހަދާތަން. ސަރުކާރު ޖަވާބުދާރީ ކުރާތަން. ދެން މިހެންގޮސް އެތައް ޒިންމާތަކެއް އޮންނަ ބާރެއް. އެކަހަލަ ކަންތައްތަކެއް، އަނެއްކާ އެންމެ ގިނަ މީހުން ވޯޓުލާންވެސް ނުކުންނަނީ ރިޔާސީ އިންތިޚާބުގައި. އެހެންވީމާ، ތިމަންނަ ރިޕްރެޒެންޓް ކުރާ މެންބަރު ހޮވާއިރުގައި، ދެތިން މީހުން ވޯޓުލައިގެންތޯ ހޮވާނީ، ރަށުގެ ހަމަ އެއިޓީ، ނައިންޓީ ޕަސެންޓް ވޯޓުލައިގެންތޯ ހޮވާނީ. ޔަގީނުންވެސް އެންމެ ރަނގަޅު ގޮތަކީ، އެންމެ ގިނަ ރައްޔިތުން ވޯޓުލައިގެން އެމީހާ ހޮވުން. އެހެންވީމާ، ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ޓަރންއައުޓް އޮތީ. ފެކްޗުއަލީ ފެންނަން އޮތް ކަމެއް. މިކަހަލަ ކަންކަމެއް އަޅުގަނޑު މި ދަންނަވަނީ. އެކަންކަމަކީ ސިޔާސީ ކަންކަމެއް ނޫނޭ، ފެންނަންހުރި ކަންކަމޭ. އެހެންވީމާ، މިކަންކަން ރައްޔިތުން ޤަބޫލުކުރައްވާނެ ކަމަށޭ އަޅުގަނޑު ޤަބޫލުކުރަނީ. އެއީ އަޅުގަނޑު ބޭނުންވަނީ މީނިންގފުލް، ރަނގަޅު،އިޞްލާޙީ ބަދަލުތަކެއް ރާއްޖޭގެ ނިޒާމަށް ގެންނަން. އެހެންވީމާ، އެ ބަދަލުތައް ގެނައުމަށްޓަކައި މި ހުށަހަޅާ ހުށަހެޅުން، ގިނަ ރައްޔިތުން ޤަބޫލުކުރާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.
މުޙައްމަދު މުޒައްޔިން – ދައުރު:
ރައީސް ވިދާޅުވެއްޖެ، ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކަށް ދިޔުމާއި، ރިޔާސީ އިންތިޚާބުގައި އެއްބުރުން ވެރިޔަކު ހޮވާގޮތަށް އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް. މި އިޞްލާޙު އައިއިރު، އަޅުގަނޑުމެންނަކަށް ފެނިގެނެއް ނުދޭ ރައީސް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖާގަ އޮތް ތަނެއް. ކުއްލިގޮތަކަށް މަޖިލީހަށް ހުށަހަޅައިގެން، ވަރަށް އަވަސްކަމާ އެކީގައި މާ ބައިވަރު ބަހުސްތަކެއް ނުކޮށް، ރޯދަ މަހެއްގައި ކެމްޕެއިން ކުރަންވެސް ފުރުޞަތު ނުލިބި، ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ނުލިބޭގޮތަށް މި އިޞްލާޙު މިހާރު މިއޮތީ. އަންނަ ހޮނިހިރު ދުވަހު ވޯޓު ނަގާއިރު އަދިވެސް ރައްޔިތުން ތިބީ އޮޅުންބޮޅުމުގެ ތެރޭގައި. ރައީސް ގަބޫލުފުޅު ކުރައްވަންތޯ، މި އިޞްލާޙު އައިއިރުގައިވެސް ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ޖާގަ ލިބޭނެ ކަމަށް. ދެންމެ ރައީސް ދެއްކެވި ވާހަކައިގައި އަދިވެސް ކުޑަކޮށް އޮޅުންއަރާތީ، އަޅުގަނޑު އަހާލަން ބޭނުންވޭ، ރައީސްގެ ވިސްނުންފުޅަކީ، ސީދާ ދެ ކަންތައްވެސް ކުރުންތޯ؟ އެއީ، ރިޔާސީ އިންތިޚާބުގެ އެއްބުރު ނިމޭގޮތަށް ރިޔާސީ އިންތިޚާބު ބޭއްވުންތޯ؟ އަދި ނޫނީ އެއްފަހަރާ ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމަކާ އެކީގައި ދިޔުންތޯ؟ ކޮބައިތޯ ރައީސްގެ އޭގެ ޚިޔާލަކީ؟ ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ ރައީސް،
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު ތިންވަނަ ސުވާލަށް ތިޔަދަނީ އިނގޭތޯ
މުޙައްމަދު މުޒައްޔިން – ދައުރު:
މި ދެން ކުޑަކޮށް އޮޅުންއެރީމަ. އަޅުގަނޑުގެ ދެވަނަ ސުވާލަކީ ރައީސް،
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މައިކު ޖައްސަވާލައްވާ. ވީހާވެސް ބޮޑަކަށް އުސޫލު ފޮލޯ ކުރައްވަން ވާނެ. އޭރުން ހުރިހާ ބޭފުޅުންނަށް ހަމަހަމަވާނީ. ވަރަށް ކުރުކުރުކޮށް.
މުޙައްމަދު މުޒައްޔިން – ދައުރު:
ވަރަށް ކުރުކުރުކޮށް. ރިޔާސީ އިންތިޚާބުގައި ރައީސް ވިދާޅުވެފައިވޭ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި، އޭރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން ރައީސް ވިދާޅުވެފައިވޭ، ރާއްޖޭގެ ސިޔާސީ ލީޑަރުންދެކެ ރައްޔިތުން ފޫހިވަނީ ފޫހިވާންޖެހިގެން ކަމަށް. އަޅުގަނޑަކަށް ނުފެނޭ. މިއަދު ރައީސް ވެރިކަމުގައި ތިޔަ ހުންނެވީ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އޭރުގެ އިދިކޮޅު އެމް.ޑީ.ޕީ.އިން ކަންކަން ކުރަމުންދިޔަ ގޮތުގެ ވާހަކަ. ތެދެއް، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތެރޭގައި މުޅި ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ގޮސްފައި، މުޅި ސަރުކާރުގެ ނުފޫޒާއި ބާރާއި ހުރިހާ ކަމެއް ބޭނުންކުރި. ވަޒީފާތައް ބަހާލި.
މިއަދު ވެރިކަމުގައި ތިޔަ ހުންނެވީ މަނިކުފާނު. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމަ އެކަންތައް ތަކުރާރުވެގެންދާތަން. ވަޒީފާތައް އިންތިހާއަށް އެބަ އިޢުލާނު ކުރޭ. ގެޒެޓް ބަލާލީމާ އެބަ ފެނޭ، އެމް.ޓީ.ސީ.ސީ.އިން އެކަނި މި މަސްތެރޭގައި އެބަވޭ، އެއްހާހަށްވުރެ ގިނަ ވަޒީފާތައް އިޢުލާނުކޮށްފައި. ރާއްޖެ މިއޮތީ އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައި. އޮތްއިރުގައި ރައީސް ގަބޫލުފުޅު ނުކުރައްވަންތޯ، މިއީ ޚަރަދު ކުޑަކުރަންޖެހޭ ވަގުތު ކަމަށް. ޚަރަދު ކުޑަކުރާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ކުރިއަށް ކައުންސިލް އިންތިޚާބު ބޯމަތިވެފައި އޮތީމާ، ސަރުކާރުން އިންތިހާއަށް ހަމަ ކުރީ ސަރުކާރެކޭ އެއްގޮތަށް، ހަމަ ކުރީގެ ވެރިންތައް ޢަމަލުކުރި ގޮތަށް، ރައީސްވެސް އެމަގުން ހިންގަވާ ތަން އަޅުގަނޑަށް މި ފެނިގެންދަނީ. ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރައްވާ ތަން ފެނިގެންދަނީ. ރައީސް ގަބޫލުފުޅު ނުކުރައްވަންތޯ މިއީ، އިންތިޚާބު ކެމްޕެއިނަށް ސަރުކާރުން މި ވަޒީފާތައް އިޢުލާނު ނުކޮށް، ޚަރަދު ކުޑަކުރަންޖެހޭ ކަމަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ފުރަތަމަ ހަމަ ދަންނަވާލަން ބޭނުންވަނީ، ކުރިން ކުރި ސުވާލަށް އަޅުގަނޑު ހަމަ ޖަވާބު ދެވިފައި އޮތް ކަމަށް ގަބޫލުކުރަން. ދެވަނަ ސުވާލުގައި، އަޅުގަނޑުމެން އިސްރާފެއް ނުކުރަން އިނގޭތޯ. އަދި ކެމްޕެއިނާ ގުޅިގެނެއް ނޫން މަޝްރޫޢުތަކަށް މުވައްޒަފުން ނަގަނީއެއް. އަޅުގަނޑު ކުރީ ދުވަހުވެސް އެ ސުވާލަށް ޙަޤީޤަތުގައި ޖަވާބު ދިނިން. އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައި ހުރި ވަރަށް ގިނަ މަޝްރޫޢުތަކަކީ، އެއްބައި މަޝްރޫޢުތަކަކީ ސަރުކާރު އައިއިރުގައިވެސް ހުރި މަޝްރޫޢުތަކެއް. ނުހިނގާ ހުއްޓިފައި ހުރި ވަރަށް ގިނަ މަޝްރޫޢުތަކެއް ހުރި އެމް.ޓީ.ސީ.ސީ.ގައި ޚާއްޞަކޮށް، ވަރަށް ގިނަ މަޝްރޫޢުތަކެއް ހުރި.
ދެން އަޅުގަނޑު މި ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ގޮސްފިން. އިންތިޚާބަކާ ދިމާކޮށްފައެއް ނޫން ދިޔައީއެއް. ރައްޔިތުންގެ ޝަކުވާތައް ސީދާ ހަމަ ސިސްޓަމެޓިކްކޮށް، ސިސްޓަމްގެ ތެރެއިން މާނައަކީ، ކައުންސިލް އަދި ރަށުގެ މުއައްސަސާތަކާ ބައްދަލުކޮށްގެން އޮޅުންފިލުވައިގެން، އެ ކަންކަން ތަރުތީބުކޮށް، ސޮއިކޮށް، ބައެއް ރަށްރަށުގައި މަސައްކަތްތައް ފަށާފައި އަޅުގަނޑު އައީ.
އެހެންވީމާ، އެ މަސައްކަތްތައް ރައީސް އޮފީހުން މި ގެންދަނީ ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް، އެއްފަހަރު ކަހަލައެއް ނޫން، ކޮންމެ ދުވަހަކުވެސް ބަލަހައްޓަމުން. ޕްރޮގްރެސް ބަލަން އެބަ. އެހެންވީމާ، އެ ފަރާތްތަކުން، އެ ކުންފުނިތަކުން، އެމް.ޓީ.ސީ.ސީ. މިސާލަކަށް. އެމީހުންނާ ހަވާލުވެފައި ހުރި މަޝްރޫޢުތަކަށް މުވައްޒަފުން ނަގާނެ. ދެން އެ ނަގަނީކީއެއް މި އިންތިޚާބާ ގުޅިގެނެއްނޫން. މީގެ ކުރިންވެސް ހަވާލުކުރެވިފައި، ނޫނީ ސޮއިކުރެވިފައި ހުރި، ނޫނީވިއްޔާ ހުއްޓިފައި ހުރި މަޝްރޫޢުތައް ފެށުމަށްޓަކައި، ބޭނުންވާ މުވައްޒަފުން ނަގާނެ.
ދެން މިސާލަކަށް، ޓެކްސީ ލައިން. ޓެކްސީ ލައިނަކީ މި އިންތިޚާބާ ގުޅިގެން އަޅުގަނޑުމެން ފަށާ ކަމެއްނޫން. މިއީ ވަރަށް ކުރިން އަޅުގަނޑު ސިޔާސަތު އިޢުލާނުކޮށްފައި އޮތް ކަމެއް. ސިޔާސަތު އިޢުލާނުކޮށްގެން އެކަމާ ގުޅިގެން ވަރަށް ގިނަ ޕްރޮސެސްތަކެއްގެ ތެރެއިން ގޮސް، އެތައް މުވައްޒަފުންނެއް އެބަ ނަގާ ޓެކްސީ ދުއްވަންވެސް މިސާލަކަށް ދޮގެއްތޯ. އެއީ ދެން އޭގެ ޑިލޭތަކެއް އައީ، ރާއްޖެއަށް އެ ޓެކްސީތައް ގެނައުމުގައި. ދެން މިހާރު ޝިޕިންގައި މި އުޅޭ ވަރަށް ގިނަ ޑިލޭތަކުގެ ތެރެއިންވެސް ޑިލޭވެއްޖެ، ވަރަށް ކައިރިއަށް، ރާއްޖެއާ ކައިރީގެ ޕޯޓަކަށް އައިސްވެސް ހުއްޓިފައި ހުރެއްޖެ، ގާތްގަނޑަކަށް ތްރީ ވީކްސްވަރު އެއްޗެހިތައް އިނގޭތޯ. ފުރަތަމަ އަޅުގަނޑުމެން ޓެކްސީ ލައިން ފަށަން އުޅުނީ، މި މަހުގެ ގާތްގަނޑަކަށް މެދެއްހާ ހިސާބުގައި. އެހެންނަމަވެސް، އެވެސް ޑިލޭވެގެން މި ދިޔައީ.
އެހެންވީމާ، އިންތިޚާބާ ދިމާކޮށްފައި ކުއްލިއަކަށް ގޮސް ކަޑަޖަހައިގެން އެކަހަލަ ކަމެއް ނުހުންނާނެ. މި ބޭރުތެރެއިން ބަލައިލާއިރުގައި، މިހެން ބޭރުފުށުން ބަލާއިރުގައި، ތިޔަ ވިދާޅުވި ކަހަލަ ގޮތަކަށް ސިމިލަރިޓީޒްތަކެއް ހުއްޓަސް، ޑީޓެއިލްކޮށް ބައްލަވައިލެއްވީމާ ފެނިވަޑައިގަންނަވާނެ، މިއިން ކޮންމެ މަޝްރޫޢެއް މިއީ ކޮންއިރަކު، ކިހިނެއް ފެށިފައި އޮތް މަޝްރޫޢެއްތޯ. މި މަޝްރޫޢުތަކަށް ނަގާ މުވައްޒަފުން އެ ނަގަނީ ކިހިނެއްތޯ؟ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގާތްގަނޑަކަށް ސީދާ އަދަދު މި ވަގުތު އަޅުގަނޑުގެ އަތުގައި ނެތީމާ ދަންނަވާކަށް ނޭނގެ. 2300 އަށްވުރެ ގިނަ މަޝްރޫޢު އެބަ ހިނގައޭ އެކި މަރުޙަލާގައި. އެހެންވީމާ، އެ މަޝްރޫޢުތަކަށް ބޭނުންވާ މުވައްޒަފުން ނަގާނެ.
ދެން މިސާލަކަށް، ޞިއްޙީ ދާއިރާ. ޞިއްޙީ ދާއިރާގެ ވާހަކަ އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް އިޢުލާނު ކުރިން. މި އަހަރަށްވެސް ނަގާނެ އަދަދާ އެއްކޮށް. އެ އަދަދު ނަގަން އިޢުލާނުކޮށްފައިކަންނޭނގެ މިހާރު އޮންނާނީވެސް. ޞިއްޙީ ދާއިރާގެ އެކިއެކި ހެލްތު ސެންޓަރތަކުން. އެހެންވީމާ، އެއީ އަޅުގަނޑު ބޭނުންވަނީ، މި އަހަރަށް ޕްލޭންކޮށްފައި ހުރި ކަންތައްތައް މިހިރީ ކުއަރޓަރތަކަށް ބަހާލައިފައި. މިހާރު މިއީ ފުރަތަމަ ކުއަރޓަރ ނިމެނީ. އެހެންވީމާ، ކުއަރޓަރގައި ކަނޑައަޅާފައި އޮތް ޓާގެޓް އެޗީވްކުރަން ބޭނުން. އެހެންނޫނީވިއްޔާ ދެވަނަ ކުއަރޓަރއަށް ދާއިރުގައި ހުންނާނީ ފުނިޖެހިފައި.
ދެން ޚަރަދު ކުޑަކުރުމަށް ބަލާއިރުގައި އަޅުގަނޑުމެން މިދަނީ، ހަނގުރާމައިގެ ކަންތައް ވަރަށް ގާތުން އަޅުގަނޑުމެންގެ މިނިސްޓީރިއަލް ކޮމިޓީން ދިރާސާ ކުރަމުން ކޮންމެ ދުވަހަކުވެސް. އެހެންވީމާ، އެ ހަނގުރާމަ އިތުރަށް ފުޅާވެ، އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވާ ހިސާބަށް ދާ ވަރަކަށް، ހަމަ އެއާ އެއްވަރަކަށް އަޅުގަނޑުމެން ދާނީ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑުމެން ޚަރަދު ކުޑަކުރަންޖެހޭ. މިހާރުވެސް ކުޑަކުރެވޭނެ ކަންކަން، ކުޑަކުރަންޖެހޭ ކަންކަން ކުޑަކޮށް، އަދި ދެން ހުރި ކަންކަން މަޑުޖައްސައިލަންޖެހޭ ކަންކަން ކުރަމުން، އަޅުގަނޑު ކުރީ ދުވަހުގެ ޕްރެސްގައި ދަންނަވާލިން، މަޝްރޫޢުތައް ހުއްޓާލަންޖެހޭ ހިސާބުން އަޅުގަނޑުމެން ޕްރައިވަޓައިޒް މިކުރަނީ، ހައުސިންގއާއި ހެލްތު ސެކްޓަރއާއޭ. އެ ދެ ސެކްޓަރ އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ، އެއްވެސް މަޑުޖެހުމެއް ނައިސް. ދެން ހުރި ސެކްޓަރތަކުން އަޅުގަނޑުމެން ކުޑަކޮށް މަޑުޖައްސަން ޖެހެންޏާ ޕްރޮޖެކްޓްސްތައް، އެއީވެސް އަލަށް ފަށާ މަޝްރޫޢުތަކޭ. އެއަކުވެސް ހުއްޓައެއްނުލާނަމޭ ހިނގަމުންދާ މަޝްރޫޢުތަކެއް. އެއަކު ހުއްޓައެއްނުލާނެއޭ ބޭރުގެ ފަންޑިންގ ސެކުއަރޑްވެގެން ހިނގަމުންދާ މަޝްރޫޢުތަކެއް. ނޫނީވިއްޔާ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި އަހަރު، ނޫނީވިއްޔާ މި އަންނަ އަހަރު ސަރުކާރުން އެއްޗެއް ޕޭ ކުރަން ނުޖެހޭ މަޝްރޫޢުތަކެއް ހުއްޓައެއްނުލާނަމޭ.
ދެން މުޅިން އަލަށް ސަރުކާރު ބަޖެޓުން އެން.ޕީ.އައި.ގައި ޖާގަ ހަދާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން، ބައެއް މަޝްރޫޢު ހިފަހައްޓައިލާނަމޭ ހިފަހައްޓަން ޖެހިއްޖިއްޔާ. އެކަމަކު ހެލްތާއި ހައުސިންގއާ ހުއްޓައެއްނުލާނަމޭ. އެ އަޅުގަނޑު ހަމަ ކުރީ ދުވަހު މި ދެންނެވީ. އެހެންވީމާ، އެ އުސޫލަށް އެދަނީ. އިތުރުގޮތަކަށް ނުކުރަން ކަމެއް.
މުޙައްމަދު ޝަހުޒާން – އަދަދު:
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަ މަނިކުފާނު ދެންމެގައި ފާހަގަކުރައްވައިފި. އަޅުގަނޑުމެނަށް މަޢުލޫމާތު ލިބެނީ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅޭގޮތުން ސަރުކާރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް. އީރާން ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ބޮޑު ތަދެއް ކުރިމަތިވެފައި މިވަނީ. އަދި އަވަށްޓެރި ގިނަ ޤައުމުތަކުން، އަޅުގަނޑުމެންގެ އިޤްތިޞާދަށްވުރެ މާފުޅާ، މާ މުއްސަނދި ޤައުމުތަކުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވައިފި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަން ނިންމާފައި ނުވަތަ މަޝްވަރާގެ ތެރޭގައި ކުރިއަށް އަޅަން ފެންނަ ކަމަށް ނިންމާފައި ހުރި ފިޔަވަޅުތައް ނާޅާ ފަސްކުރަމުންދަނީ އިންތިޚާބާ ގުޅިގެން. އިންތިޚާބު ނިމުނީމާ، އެ ފިޔަވަޅުތައް އަޅަން ފަށާނެތޯ؟ އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ. މަޑުކުރަނީ އިންތިޚާބު ނިމެންދެންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ނޫން. އެކަހަލަ އެއްވެސް މަޝްވަރާއެއްވެސް ނުކުރަން. އަދި އެގޮތަކަށް ނިންމާފައި އޮތް ކަމެއްވެސް ނޫން. ތިޔަ ލިބިވަޑައިގެންނެވި މަޢުލޫމާތަކީ، ޙަޤީޤީ މަޢުލޫމާތެއް ނޫން. އެހެންވީމާ، އިންތިޚާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ. އަޅުގަނޑުމެން މިދަނީ ވީކްލީ ރައްޔިތުންނަށް ޕްރެސް މެދުވެރިކޮށް، މީޑިއާ މެދުވެރިކޮށް، ފިޔަވަޅުތައް، ނޫނީވިއްޔާ އަޅަން ގަސްދުކުރާ ފިޔަވަޅުތައް ވިޔަސް، ސިޔާސަތުތައް ވިޔަސް، ކަންކަން އިޢުލާނު ކުރަމުން.
މުޙައްމަދު ޝަހުޒާން – އަދަދު:
ދެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓާނުލައްވާނެ ކަމަށް މަނިކުފާނު ވިދާޅުވެއްޖެ. މި ފިޔަވަޅުތަކާ ގުޅިގެން ޕްރައިވަޓައިޒް ކުރައްވާނެ ކަމަށް. މަނިކުފާނުގެ ވަރަށް އިސް ސިޔާސަތެއްގެ ގޮތުގައި ކުރިއަށްގެންދަވާ ކަމެއް ކަމަށް މަނިކުފާނު ވިދާޅުވަނީ ބޯހިޔާވަހިކަމަކީ. ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ނުވަތަ މުޅި އެ މައްސަލައަށް ޙައްލެއްގެ ގޮތުގައި މަނިކުފާނު ސިފަކުރެއްވީ ފުށިދިއްގަރުފަޅު. ރަސްމާލެ. ރަސްމާލެއާ ގުޅޭގޮތުން މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދަކީ، ރަސްމާލެއާ ދެމެދު ދަތުރުކުރަން ބިއްލޫރި ޓަނަލެއް އަޅުއްވާނެ ވާހަކަ. ބިއްލޫރި ޓަނަލް އެޅުމުގެ އެ ވިސްނުމަކީ، އެއީ ހަނދަށް ދިޔުންފަދަ ކަމެއް ކަމަށް ސިފަކުރައްވައިފައި ވަނީ ހައުސިންގ މިނިސްޓަރު. އެއީ، ތަޞައްވުރެއް ކަމަށް. އެއީ ވެދާނެ ކަމެއް ކަމަށް، ނުވަތަ އެ ޓެކްނޮލޮޖީ އަދި ދުނިޔޭގައި ނެތް ކަމަށް. ކޮބައިތޯ އެ ވަޢުދު؟ ކޮންއިރަކުންތޯ ފުއްދަވާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އޭގެ ފަންނީ މަސައްކަތްތައް ކުރަމުންދަނީ. އޭގެ ދިރާސާ މަސައްކަތްތައް. ދެން އަޅުގަނޑުމެން އިސްކަން މިދެނީ ފުރަތަމަ އެ ބިން ހިއްކަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ދުނިޔޭގެ އެންމެ ބޮޑު ދެ ޑުރެޖަރު އޮތީ އެތާ މިހާރު. ޙަޤީޤަތުގައި ވެސް މި ދެންނެވީ ވޮލިއުމް ވައިޒް އަދި ސައިޒް ވައިޒް، ދުނިޔޭގެ އެންމެ ބޮޑު ދެ ޑުރެޖަރު އޮތީ. މިހާރު ފުލްޓައިމް އެ ހިއްކަނީ ރަސްމާލެ. އަދި އިތުރު ޑުރެޖަރަކުންވެސް އެބަދޭ މަސައްކަތް ކުރަމުން. ޖުމްލަ ތިން ޑުރެޖަރ އެ މަސައްކަތް ކުރަމުން އެދަނީ ރަސްމާލޭގައި. މިހާރުވެސް ގާތްގަނޑަކަށް 400 އާ 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ހިއްކާ ނިމިއްޖެ. މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެންވީމާ، ބިން ހިއްކުމަށް އިސްކަން މި ދެނީ. ދެން އެއާއެކީގައި، ދެން ހުރި ޕްލޭނިންގ މަސައްކަތްތަކާއި، އަދި ދެންހުރި އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަށް އަޅުގަނޑުމެން މި ފޯކަސްކުރަނީ.
އެހެންވީމާ، އަޅުގަނޑު ބޭނުން، މި އަންނަ މަހުގެ ނިޔަލަށް، އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނު ކުރީ އެޕްރީލް މަހުގެ ނިޔަލަށް، މި އަންނަ މަހުގެ ނިޔަލަށް ދާންވާއިރަށް ހިއްކާ ނިންމާލަން ވަރަށް ބޮޑަށް ބޭނުން. އެއީ، ގޯއްޗަށް އިޢުލާނުކޮށްފައި މިއޮތީ، މި އަންނަ މަހުގެ ނިޔަލަށް އެޕްލިކޭޝަން ހަމަވާނެ ކަމަށް. އަޅުގަނޑުމެން އެޕްލިކޭޝަން މުއްދަތު އިތުރުނުކުރާ ކަމަށްވަންޏާ، އެހާތަނަށް ވާއިރަށް އޮންނާނީ ގޯއްޗަށް އެޕްލައި ކުރާ ހުރިހާ އެންމެން އެޕްލައި ކޮށްފައި. އެހެންވީމާ، އަޅުގަނޑު ބޭނުން، މިދިޔަ ސަރުކާރުން ހެދިގޮތް ނަހަދައި، އަޅުގަނޑު ގޯތިދޭން ބޭނުންވަނީ، ހިއްކާފައި އޮތް ތަނަކުން ކަމަށްވާތީ، އެ ތަން ހިއްކާ އަވަހަށް ނިންމަން. ދެން ތިޔަ ވިދާޅުވި، ޓަނަލްގެ މަސައްކަތް ކަމުގައިވިޔަސް، އަދި އެހެން މަސައްކަތެއް ކަމުގައިވިޔަސް، އެއީ އަޅުގަނޑުމެން އަދި ފަންނީ ލެވެލެއްގައި އިނީޝިއަލް ސްޓޭޖްގައި ހުރި މަސައްކަތްތަކެއް.
މުޙައްމަދު ޝަހުޒާން – އަދަދު:
ރައީސް އަޅުގަނޑުގެ ސުވާލަކީ، އެޔެއް ނޫން. އަޅުގަނޑުގެ ސުވާލަކީ، ކޮންއިރަކުންތޯ އެ ވަޢުދު ފުއްދޭނީ؟ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ވަޢުދު ފުއްދަވާނަންތޯ ނުވަތަ ނޫންތޯ؟ އެއީ އަޅުގަނޑުގެ ސުވާލަކީ. ކޮންއިރަކުތޯ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ސުވާލަށް އަޅުގަނޑަށް ޖަވާބު ދެވޭނީ، އެ ފަންނީ މަސައްކަތް ނިމުނީމަ. އެއީ ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން މި އިސްކަންދެނީ ބިން ހިއްކުމަށާއި އެތަނުގައި، ލޭންޑް ވައިޒް ކުރަންޖެހޭ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް. ތިއީ ހަމަ އޮން ގޮއިންގ މަސައްކަތެއް ތިއީ އިނގޭތޯ.
އަޝްވާޤް ފައުޒީ – ރަސް އޮންލައިން:
އަޅުގަނޑުގެ ސުވާލަކީ، ރައީސްގެ ވަޢުދުފުޅެއް، މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކާޑެއްދޫއާއި ތިނަދޫއާ ދޭތެރޭގައި، އިންޓަރނޭޝަނަލް ބުރިޖެއް އަޅުއްވާނެ ވާހަކަ. ދެން ކިހާ ހިސާބަކަށް ގޮސްފިތޯ އެ މަސައްކަތް މިހާރު؟ ކޮބައިތޯ އަޕްޑޭޓަކީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތެދުފުޅެއް ތިއީ އިނގޭތޯ. އަޅުގަނޑު ވީ ވަރަށް މުހިންމު ވަޢުދެއް އެއީ އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދުމާ އެއްކޮށް، ތިނަދޫއާ ގުޅުވާލުން ބުރިޖަކުން. މިހާރު މިކަމަށް ބޭނުންވާ އެގްރީމެންޓްގެ މަސައްކަތް، ކުރަނީ. ޑިލޭތަކެއް އަތުވެއްޖެ އިނގޭތޯ ހަމަ. އަޅުގަނޑުވެސް ބޭނުންވީހާ ސްޕީޑަކު މިކަމެއް ގޮސްފައެއް ނެތް. ދައުލަތުން ޚަރަދެއް ނުކޮށް، ސަރުކާރު ބަޖެޓުން ޚަރަދެއް ނުކޮށް، އިންވެސްޓް ކުރާ ފަރާތުން މި ޚަރަދުކޮށްގެން، ބިޒްނަސް، ވައިބަލް، ފީޒިބަލް މޮޑެލްއެއްގައި މިކަން ކުރަން މަސައްކަތް ކުރާތީ، ވަގުތުތަކެއް ނަގައިގެން މިދިޔައީ. އެހެންނަމަވެސް، މިހާރު އެ ސްޓޭޖް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި މިއޮތީ.
އަޅުގަނޑު ބޭނުމެއްނޫން މިސާލަކަށް، ކާޑެއްދޫ އެއަރޕޯޓު އަޅުގަނޑުމެން ނަގާއިރުގައި، އެތަނަށް ދޭންޖެހޭ ބަދަލެއް، ސަރުކާރުން ބަދަލެއް ދޭންޖެހޭގޮތަށްވުން ކަހަލަ އެއްވެސް ކަމެއް ހިނގާކަށް. އެ ވަޢުދު ފުއްދާނަން އިރާދަކުރެއްވިއްޔާ. އެއީ، އަޅުގަނޑު ވަރަށް ވަރަށް އިސްކަމެއްދީގެން، ތިނަދޫ ރައްޔިތުންނަށް އަދި މުޅި ހުވަދުއަތޮޅުގެ ތަރައްޤީއަށް އަޅުގަނޑު ވީ ވަރަށް މުހިންމު ވަޢުދެއް އެއީ.
އަޝްވާޤް ފައުޒީ – ރަސް އޮންލައިން:
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އެއަރޕޯޓު ކޮން ތާރީޚެއްގެ ތެރޭގައިތޯ ސަރުކާރަށް ނަގައިލެވޭވަރުވާނީ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
މިހާރު އަޅުގަނޑުމެން ވަރަށް ރިއަލިސްޓިކްކޮށް ޓާގެޓް ކަނޑައެޅި މަސައްކަތްތަކެއް މި ކުރަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށުން މިހާރު ވަރަށް ރިއަލިސްޓިކް.
އާމިނަތު ޝަފާ – އެމް.އެމް.ޓީ.ވީ:
އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ މަނިކުފާނުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ސަރުކާރުން މިހާރު ޢަމަލީ މަސައްކަތް ފަށާފައިވާ ފުލެޓްތަކުގައި ރައްޔިތުން ދިރިއުޅޭނެ ކަމަށް މަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައި. ދެން ވެރިކަމުގެ މިދިޔަ ދައުރުތަކަށް ބަލައިލާއިރުގައި، މިއީ އެއްވެސް ސަރުކާރަކަށް ވެފައި އޮތް ކަމެއް ނޫން. އެ ދައުރުގެ ތެރޭގައި އަޅައި ނިންމާ ފުލެޓްތަކަށް ރައްޔިތުންނަށް ވަދެވުމަކީ. ދެން މި ސަރުކާރުން މި އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންދާއިރުގައި، ކޮބައިތޯ މިކަމުގައި ރައްޔިތުންނަށް ދެއްވާނެ ޔަޤީންކަމަކީ؟ އަދި މަނިކުފާނުގެ ތަޞައްވުރަކީ މިކަމުގައި؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ވަރަށް ރަނގަޅު ވާހަކަފުޅެއް. މީގެ ކުރިންނެއް ނެތް ސަރުކާރުގެ، އެއްވެސް ސަރުކާރަކުން ފެށި، ހައުސިންގ މަޝްރޫޢެއް، އެ ސަރުކާރުގެ ދައުރުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ބޭނުންކުރަން ފުރުޞަތު ދެވިފައެއް. އަޅުގަނޑުމެން މިހާރު ފަށާ މަޝްރޫޢުތައް، މިސާލަކަށް، ބީ.އެމް.އެލް.ގެ ފައިނޭންސްގައި ސޮއިކޮށްގެން މި ފަށާ 3260 ހައުސިންގ ޔުނިޓް، މި މަޝްރޫޢުތަކަކީ ޔަޤީންކަމާ އެކީގައި މި އަންނަ އަހަރު ނޫން ދެން އަންނަ އަހަރު، 2028ގެ އެންމެ ލަސްކޮށް ޖުލައިއާ ހަމައަށް، ފަހަރެއްގައި އެއަށްވުރެ އަވަސްކޮށް ބައެއް މަޝްރޫޢުތައްވެސް ނިމިދާނެ.
އެހެންވީމާ، އެޕްރީލް، މޭ، ޖޫން، ޖުލައި، އަހަރުގެ މެދަކާ ހަމައަށް ދާންވާއިރަށް ހުރިހާ ހައުސިންގ ޔުނިޓުތަކަކަށް މީހުނަށް ވަދެވޭނެ. އެ ހުރިހާ މަޝްރޫޢުތަކެއްގައި. ހުޅުމާލޭގައި ފޭސް ވަން، ޓޫ، ތްރީ، އަދި ވިލިމާލޭގައި މި ހައުސިންގ ޔުނިޓުތައް މި އަޅަނީ. ދެން އިތުރަށް އަދި އެބަ އިތުރު ހައުސިންގ ޔުނިޓުތައް އިރާދަކުރެއްވިއްޔާ ފެށުމުގެ މަސައްކަތް އެބަ ކުރެވޭ. ވަރަށް އަވަހަށް ބޭންކިންގ ނިޒާމުގެ ތެރެއިން، މި އެމް.އެމް.އޭ.އިން އޭގެ ގަވާއިދެއް ދޮގެއްތޯ، ފަހުން ގެނައި ގަވާއިދެއްގެ ތެރެއިން މި ބޭންކުތަކަށް މި މަޖުބޫރުވަނީ މީގެ ތެރެއަށް ސޯޝަލް ހައުސިންގ، އެފޯޑަބަލް ހައުސިންގެ ނިޒާމުގެ ތެރެއަށް ވަންނަން. އޭގެ ތެރެއިން އަދި މި 3200 އެއަށްވުރެ މާ ބޮޑަށް އިތުރުވެސްވާނެ. 4000އާ ހަމައަށް، ނޫނީ އެއަށްވުރެ ގިނަވެސްވާނެ.
އެހެންވީމާ، އެ ފުލެޓްތައް، ނޫނީވިއްޔާ އެ ޔުނިޓްތަކުގެ ކަންކަން ނިމުނުހާ އަވަހަކަށް، އެ ކަންކަންވެސް އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭނަން. ދެން ބޭރުގެ ހިލޭ އެހީ، ނޫނީވިއްޔާ ލޯނު އެހީގައި އަޅާ ހައުސިންގ ޔުނިޓުތައް ދެންހުރީ. މި މަސައްކަތްތައްވެސް ވަރަށް ގާތުން އެ ޤައުމުތަކާ އަޅުގަނޑުމެން އެބަ ކޮމިއުނިކޭޓް ކުރަން އިނގޭތޯ.
މިސާލަކަށް، އިންޑިއާ ސަރުކާރުން މިއޮތީ އަޅުގަނޑުމެން ހުށަހަޅާފައި މިހާރު ހުރިހާ ފަންނީ މަސައްކަތްތައް، އެހެންނޫނީ އިދާރީ މަސައްކަތްތައް ހިނގަމުން އެދަނީ. ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަޅާ 4000 ޔުނިޓް. އަދި އިތުރު ހައުސިންގ ޔުނިޓުތައްވެސް އެބައޮތް. އަދި އަޅުގަނޑުމެން މި ދޭތެރެއިން ހުޅުވާލާފައި އޮންނާނެ، އެންޑް ޔޫސަރ ފައިނޭންސް މޮޑެލްގެ ތެރެއިންވެސް ޕްރައިވެޓް ސެކްޓަރއަށް މިކަމުގައި ބައިވެރިވާން ފުރުޞަތު.
އެހެންވީމާ، އެކި ފަންޑިންގ ސޯސަސްގެ ތެރެއިން އަޅާ މަޝްރޫޢުތަކުގައި ނިންމޭނެ ތާރީޚުތައް މިހިރީ ތަފާތުކޮށް. މިހާރު އަޅުގަނޑުމެން ހުޅުވާލާފައި މިއޮތް، ފުލެޓަށް އެޕްލައި ކުރުމުގެ ސްކީމްގެ ތެރެއިން، ހޮވޭ ފަރާތްތަކަށް އަޅުގަނޑުގެ އަމާޒަކީ، ސަރުކާރުގެ އަމާޒަކީ، މި ދައުރުގެ ތެރޭގައި، މި ފުލެޓްތައް ދިނުން. މާނައަކީ، ގާތްގަނޑަކަށް އަށްހާހެއްހާ ފުލެޓް އެއީ އިނގޭތޯ. މިހާރު ހުޅުވާލާފައި އެއޮތް ސްކީމަކީ.
އެހެންވީމާ، މި އަށްހާހެއްހާ ފުލެޓް މި ދައުރުގެ ތެރޭގައި ނިންމާފައި ހަވާލުކުރުން. މާނައަކީ، ކުރިއަށް މިއޮތް ތިން ހަތަރު މަހެއްގެ ތެރޭގައި، މި ހުރިހާ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ޖެހޭނެއޭ ފެށެން. ބީ.އެމް.އެލް.ގެ ޕްރޮޖެކްޓް އެ ފެށެނީ. މިހާރު ހަމަ ކޮންމެ ދުވަހަކުހެން، އާ މަޝްރޫޢެއްގެ މަސައްކަތް ފެށިގެން އެދަނީ. އަދި އިތުރު މަޝްރޫޢުތައް، މި ދެންނެވިހެން ބޭރުގެ ފަންޑިންގއާ ގުޅި، ފައިނޭންސާ ގުޅިފައި ހުރި މަޝްރޫޢުތައް، އަޅުގަނޑުމެން ވަރަށް ގާތުން މަސައްކަތް ކުރަމުންނޭ މިދަނީ. އަޅުގަނޑުމެންގެ އުންމީދަކީ، އަދި ވަރަށް ބޮޑު ޔަގީންކަންވެސް އެބައޮތް، ކުރިއަށް އޮތް މަހެއް، ދެމަހެއްގެ ތެރޭގައި، ނޫނީވިއްޔާ އެންމެ ގިނަވިޔަސް، ދެވަނަ ކުއަރޓަރ ނިމެންވާއިރަށް، މި މަޝްރޫޢުތައްވެސް ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް.
އެހެންވީމާ، ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް މިހާރު މި ހުޅުވާލާފައި އޮތް ސްކީމްގެ ތެރެއިން ހޮވޭ ފަރާތްތަކަށް ބޭނުންވާ އަށެއްކަހާސް ފުލެޓް މި ދައުރުގެ ތެރޭގައި، އެ ފަރާތްތަކަށް ދެވިގެންދާނެ ކަމަށް. އެހެންވީމާ، ވަރަށް ބޮޑު ޔަގީންކަމަކާއެކީ މި މަސައްކަތް މި ކުރަނީ.
އަދި ރަށްރަށުގައި އަޅަން ފަށާފައި ހުރި ފުލެޓްތައްވެސް. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ގާތްގަނޑަކަށް 13 ރަށެއްގައި މިހާރު އެއޮތީ ބީ.އެމް.އެލް. ފައިނޭންސްގެ ތެރެއިން، ހައުސިންގ މަޝްރޫޢުތަކެއް ހަވާލުކޮށްފައި. އަދި މިއަހަރުގެ ބަޖެޓުގެ ތެރޭގައިވެސް އެބަހުރި އިތުރު މަޝްރޫޢުތަކެއް އަޅުގަނޑުމެން ހިމަނާފައި. ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، މި އަހަރުގެ ބަޖެޓުގައި ހުރި މަޝްރޫޢުތައް ފަށާނެ ތާރީޚުވެސް. އެހެންވީމާ، މި މަޝްރޫޢުތަކަކީވެސް މި ދައުރުގެ ތެރޭގައި، އެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ފުލެޓްތަކަކަށް ވާނެ. ހައުސިންގ ޔުނިޓުތަކަކަށް ވާނެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް ދައުރުގެ ތެރޭގައި، ހަމަ ވަރަށް ގިނަ އެތައް ހާސް ރައްޔިތުންނަކަށް ފުލެޓް ލިބޭނެ. އަދި ހަމަ ޔަގީނުންވެސް ހިކިފަސް ތަނުން ގޯތިވެސް ލިބޭނެ. އެކަން އަޅުގަނޑުމެން ކޮށްދޭނަން އިރާދަކުރެއްވިއްޔާ.
އައިމިނަތު ޝަފާ – އެމް.އެމް.ޓީ.ވީ:
ކުޑަކުރުމަކީވެސް ހަމަ މަނިކުފާނުގެ ސިޔާސަތެއް. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ. ދެން އެ އަމާޒަށް ވާސިލުވުމަށް، ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް އެބަވޭ ވިދާޅުވެފައި، ކަރަންޓް ބޭނުންކުރާ ހަކަތަ 33 އިންސައްތައަށް ހެދުމަކީ އަމާޒެއް ކަމަށް. ދެން މެދުއިރުމަތީގައި މިހާރު ހިނގަމުންމިދާ ހަނގުރާމައާ ގުޅިގެން، މުޅި ދުނިޔެއަށް މި ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުމުގައި މިފަދަ މުހިންމު މަޝްރޫޢެއް ރާއްޖެއަށް ކިހާ މުހިންމުވާނެތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ޙަޤީޤަތުގައި މިފަދަ ހާލަތެއްގައި ދެން އޭގެ މުހިންމުކަން ބޮޑުވޭ. އެހެންނޫނަސް، އަޅުގަނޑުމެންގެ ސިޔާސަތަކީ، ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަކަށްވާއިރުގައި، ސޯލާރ ޕަވަރ އަދި ޖުމްލަކޮށް ރިނިއުބަލް އެނަރޖީއަށް ޑިޕެންޑްވާ ޤައުމަކަށް ރާއްޖެ ހެދުން. މަދުވެގެން 33 އިންސައްތައަށް. މިހާރު ގާތްގަނޑަކަށް ދިހައެއް އިންސައްތަ ހާސިލުވެފައި މިއޮތީ. އެހެންވީމާ، ކުރިއަށް އޮތް ދެ އަހަރާ ބައިގެ ތެރޭގައި، މި ތިން ގުނައަށްވުރެ ބޮޑުކުރުން. 33 އިންސައްތައަށްވުރެވެސް މަތިކުރުން.
ދެން އެހެންނަމަވެސް، މިހާރު މި ކުރިމަތިވެފައި އޮތް ހަނގުރާމައިގެ ހާލަތުގައި، އަޅުގަނޑުމެންނަށް އެބަލިބޭ، އާ ހިތްވަރެއް މި ކަމުގައި. ސަބަބަކީ، ރިނިއުބަލް އެނަރޖީ ދާއިރާގެ އިންވެސްޓް ކުރަން ބޭނުންވާ، ވަރަށް ގިނަ ފަރާތްތަކުން އެބަ ޝައުޤުވެރިކަން ފާޅުކުރޭ، ރާއްޖެއައިސް އިންވެސްޓް ކުރަން މި ދާއިރާއިން މިހާރު. މިދިޔަ ދެތިން ހަފްތާ ތެރޭގައި، އައި ޑިވެލޮޕްމަންޓް މިއީ.
އެހެންވީމާ، އަޅުގަނޑުމެންވެސް އޭގައި ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަމުންދަން. ކަމާގުޅޭ މިނިސްޓްރީތަކުން ވަރަށް އަވަދިނެތި އެ އުޅެނީ އެކަމުގައި. އަޅުގަނޑުމެން ބޭނުން، މި ދަނޑިވަޅުގެ ބޭނުންހިފައިގެންވެސް، ރާއްޖެއަށް މި އިންވެސްޓްމަންޓްތައް އަވަހަށް ގެންނަން އިނގޭތޯ. އެއީ، އަޅުގަނޑުމެންގެ މި ހުރީ ފަޅުތައް. އަޅުގަނޑު ބޭނުން ފްލޯޓިންގ ސޯލާރ ޕެނަލް ނިޒާމުތައް ގެނެސް، އަދި އެއްގަމުގައިވެސް ބޮޑެތި ރަށްރަށުގައި، އަދި ކުދި ރަށްތައް ކަމަށްވިޔަސް، ސަރުކާރުގެ ޢިމާރާތްތަކާއި، މިފަދަ ތަންތަނުގައި ސޯލާރ ޕަވަރ ޖަހައިގެން، އަޅުގަނޑުމެންގެ އިލެކްޓްރިސިޓީ ޑިޕެންޑެންސީ، ރިނިއުބަލް އެނަރޖީއަށް ބަދަލުކޮށްލަން. އެހެންވީމާ، އެ ޓާގެޓަށް ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރެވޭ މިހާރު.
މަރްޔަމް ރަޝީދާ – ތީރު މީޑިއާ:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، އެޕްރީލް 2026 ގައި ފައިސާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކާއެކު ދައްކަންޖެހޭ ޖުމްލަ ދަރަނީގެ އަދަދު އެއް ބިލިއަން ޑޮލަރާ ގާތްކުރާއިރުގައި، ޓޫރިޒަމް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ރިޒަރވާއި، އާންމު ޚަރަދުތަކަށް އަސަރު ނުކުރާނެހެން މި ފައިސާ ދެއްކޭނެކަމުގެ ކިހާ ޔަގީންކަމެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެޕްރީލް 8ގައި އިނގޭތޯ. އެޕްރީލް 8ގައި ސުކޫކް ދައްކަން އޮތީ. މިއަދުވެސް ދެއްކޭގޮތަށް އޮތީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް މިތިބީ މިހާރު ކުރަންޖެހޭ ހުރިހާ ތައްޔާރީއެއް ކޮށް ނިންމައިގެން. އަދި މި ހަނގުރާމައިގެ ހާލަތުގައި، އަންނަ ޝޮކްތަކަށްވެސް އެކަމަށް އަސަރު ނުކުރާވަރު ކޮށްގެން މިތިބީ. އިރާދަކުރެއްވިއްޔާ އެޔަކު ނެތް އެއްވެސް މައްސަލައެއް.
މަރްޔަމް ރަޝީދާ – ތީރު މީޑިއާ:
ދެން ދެވަނަ ސުވާލަކީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި، ތަޢުލީމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށާއި، މަޖިލީހުގައި ޒުވާނުންނާއި، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްވަނީ ބާރުއަޅުއްވާފައި. ބޭރުގެ ކަންކަމާ ގުޅިގެން ޓޫރިޒަމަށް ލިބޭ އާމްދަނީއަށް އަސަރު ކުރަމުންދާނަމަ، އިޖުތިމާޢީ ތަރައްޤީގެ މި އަމާޒުތަކަށް ވާސިލުކުރުމަށް ފައިސާ ހޯދައި، މި ކަންކަން ކުރާނީ ކިހިނެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ބޭރުން އޮފްކޯޒް، ބޭރުގެ ޤައުމުތަކުން ފައިސާ ހޯދުމުގައި މި ހަނގުރާމައާ ގުޅިގެން ފަންޑިންގ އެޖެންސީތަކުން ރީޕްރައިވަޓައިޒް ކުރާނެ ފަންޑު ކުރާނެ ދިމާތައް ދޮގެއްތޯ ކޮންމެގޮތެއްވިޔަސް. ދެން އަޅުގަނޑުމެންނަށް ރާއްޖޭގައި އިޖުތިމާޢީ ދާއިރާ ތަރައްޤީކުރުން ކަމުގައިވިޔަސް، އަދި އެހެން ދާއިރާތައް ތަރައްޤީކުރުން ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ކަންކަމަށް އިސްކަންދޭންޖެހޭނެ މި ދަނޑިވަޅުގައި. އެއީ، ބޭރުން އެޑިޝަނަލް ފައިނޭންސް ހޯދުމަކީ، ޔަޤީނުންވެސް ހަނގުރާމައިގެ ހާލަތެއްގައި އަޅުގަނޑުމެންނަށް އޭގައި ހުންނާނެ ގޮންޖެހުންތަކެއް. ހަމައެކަނި ރާއްޖެއަކަށްނޫން. އެހެންނަމަވެސް، ރާއްޖެއާ ވަރަށް ގާތް، ވަރަށް ގުޅުން ރަނގަޅު، ހަމަ ވަރަށް އުޚުއްވަތްތެރި ޤައުމުތައް އެބަހުރި މިހާތަނަށްވެސް ކޮމިޓްމެންޓް ދީފައި ހުރި ޤައުމުތައް، ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދިނުމުގައި. އެ މަސައްކަތްތައް ވަރަށް ބާރަށް ހިނގާ އެބަ. އަޅުގަނޑުމެން މި ފަހަރު ބަޖެޓުގައިވެސް އެކަމަށް އަލިއަޅުވާފައި އޮންނާނީ. އެކަމަށް ރިޢާޔަތް ކޮށްގެން، އަޅުގަނޑުމެން ބަޖެޓު ހަދާފައިވެސް އޮންނާނީ.
އަޅުގަނޑުމެން ބަޖެޓުކޮށްފައި މިއޮތީ ރިއަލިސްޓިކްކޮށް. ބައެއްފަހަރު، ގިނަފަހަރު ބަޖެޓު ހަދާއިރު ހުންނަނީ، ވަރަށް ބޮޑަށް ހަމަ ނުލިބޭނެ ކަމަށް ބޮޑަށް ހީވާ އަދަދުތައްވެސް ޖަހާފައި. ބޭރުގެ ފައިސާ. އެހެނެއްނޫން އަޅުގަނޑުމެން ހަދާފައި އޮތީ. މިނިމަމް އެމައުންޓެއް ޖެހީ. އެހެންވީމާ، އެ ފައިސާ އިރާދަކުރެއްވިއްޔާ ލިބޭނެ. އެއީ ގާތްގަނޑަކަށް 300 ވަރަކަށް މިލިއަން ޑޮލަރު، ދެތިން ޤައުމަކުން އެއްކޮށްގެން.
އެހެންވީމާ، އެ މަސައްކަތްތައް އެބަ ހިނގާ. ދެން ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް ކުރަންހުރި ކަންކަންވިޔަސް. މިހާރު މިސާލަކަށް، ދެންމެ ތިޔަ އިޝާރާތް ކުރެއްވި، މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ކޯޓާއެއް ކަނޑައެޅުން.
އެއީ އިޖުތިމާޢީ ގޮތުން، ނޫނީ ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް، ގެނެވޭ ބަދަލުތައް. އެ ކަންކަމަކީ، އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ދަތިކަމެއް ވާނެ ކަންކަމެއް ނޫން. އެހެންނެއްނޫން، ޚަރަދުތައް ހިނގާ ކަންކަން، ބޮޑެތި މަސައްކަތްތައް ކުރުމުގައި އަޅުގަނޑު މިއަދު ދަންނަވާފައި މިވަނީ، މިހާރު މަޝްރޫޢުތައް ޕްރިޔޯރަޓައިޒް ކުރާނެ ގޮތް. ނޫނީވިއްޔާ ދާއިރާތައް ޕްރިޔޯރަޓައިޒް ކުރާނެ ގޮތް. މިއިން ކޮންމެ ކަމެއް ކުރާއިރުވެސް، އަޅުގަނޑުމެން ބަލަނީ ވީހާވެސް ބޮޑަކަށް، ރައްޔިތުންނަށް އެއިން ބުރަ ޕާސް ނުވާނެ ގޮތަކަށް ކަންކަން ކުރުމަށް. އެންމެން ގުޅިގެން، ކަލެކްޓިވް ޑިސިޝަންތަކެއް ނެގޭނެ ގޮތަކަށް. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ވީހާވެސް މިއިން ބުރަތައް ޕާސް ނުވާނެ ގޮތަކަށް، އަދި ގެންނަ ބަދަލެއްވިޔަސް، ރައްޔިތުންނަށް ވަރަށް ގާތުން އޮޅުންފިލުވައިދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ.
ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ.:
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރައީސްވެސް ފާހަގަކޮށްފި، ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، މި އިންތިޚާބާ ދިމާކޮށް، މަނިކުފާނު އެއްވެސް ރަށަކަށް ވަޑައިނުގަންނަވާނެ ކަމަށް. އަދި މި ކެމްޕެއިން ކުރުމުގެ ގޮތުން އެއްވެސް ރަށަކަށް ވަޑައިނުގަންނަވާނެ ކަމަށް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މި ފެންނަނީ، މާލޭގައި މަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވާ މަންޒަރު، ކެމްޕެއިންގައި ޑޯ ޓު ޑޯގައި. ޚާއްޞަކޮށް، މާލޭގައިވެސް، މާލޭ ސަރަޙައްދުގައި، މާލެ، ވިލިމާލޭގައި. މިދިޔަ ދުވަސްތަކުގައި ފެނުނީ، މަޝްރޫޢުތަކެއްގެ ބިންގާ އެޅުއްވުމުގައި މަނިކުފާނު ވަރަށް ބުރަކޮށް މި އުޅުއްވީ. އެއާއެކީގައި، މަނިކުފާނުގެ އަނބިކަނބަލުން ރަށްރަށަށް ވަޑައިގެން، މަޝްރޫޢުތައް އިފްތިތާޙުކުރުމާއި، މިކަހަލަ ކަންކަމުގައި ވަރަށް ބުރަކޮށް މި އުޅުއްވަނީ. ނައިބު ރައީސްވެސް ރަށްރަށަށް ވަޑައިގެން ބިންގާ އެޅުއްވުމުގެ ކަންކަމުގައި މި އުޅުއްވަނީ.
ސުވާލަކީ، މިހާރު މި ފަށަމުންދާ މަޝްރޫޢުތަކުގެ ބިންގާއެޅުން، މިއީ އިއްތިފާގުންވެސް އައިސް ހަމަ މި އިންތިޚާބާތޯއޭ ދިމާވެފައި މިއޮތީ؟ މިއީ ހަމަ ކުރިންވެސް، އެންމެފުރަތަމަ ދުވަހުންވެސް ކަނޑައެޅިގެން އައިސް، މި ތާރީޚުތަކުގައި މި ބިންގާތައް އަޅާގޮތަށްތޯއޭ ޕްލޭން ކުރެވިފައި އޮތީ؟ މި ނުވާނެތޯއޭ އިންތިޚާބާ ދިމާކޮށް ފަށާ މަޝްރޫޢުތަކަކަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ދެން އަހަރެއްގެ ތެރޭގައި އިންތިޚާބެއް އައުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެއްނު. ޤާނޫނީ ނިޒާމުގައި މި އޮންނަނީ، ޤާނޫނުތަކުގައި ކަނޑައަޅާފައި މި އޮންނަނީ، ކައުންސިލްގެ ދައުރު ހަމަވަނީ ކިހާތަނެއްގައި ކަމާއި، ހަމަވުމުގެ ކިތައް ދުވަސް ކުރިން ވޯޓުލާންޖެހޭނެ ކަމާއި، މިކަހަލަ ކަންކަމެއް ކަނޑައެޅިފައި މިހިރީ. އިލެކްޝަން ކޮމިޝަނަށްވެސް އޮންނާނީ އެ ލިމިޓް. އިލެކްޝަން ކޮމިޝަނަކަށް ޤާނޫނުގައި އޮންނަ ޑޭޓް ފަހަނަޅައެއް ނުދެވޭނެ. ކައުންސިލްގެ ދައުރު ހަމަވުމުގެ މިތައްދުވަސް ކުރިން އިންތިޚާބު ބާއްވަންޖެހޭކަން.
ދެން، އަޅުގަނޑުމެން ތިބެންވީތޯ، އަޅުގަނޑުމެން މި އަހަރަށް ކަނޑައެޅި ބަޖެޓު ތަންފީޒުނުކޮށް، އެ ވޯޓުލާ ނިމެންދެކަށް؟ އެއީކީވެސް ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫނެއްނޫންތޯ ދޮގެއްތޯ؟
އެހެންވީމާ، އަޅުގަނޑުމެން ތިޔަ ވިދާޅުވިގޮތަށް، ފޮރ އަރގިއުމަންޓް ސޭކް، މިސާލަކަށް، އެޕްރީލް މަސް ނިމެންދެން ސަރުކާރުން އެއްވެސް ކަމެއް ނުކޮށް، އަޅުގަނޑުމެންގެ އެއްވެސް މަޝްރޫޢެއްވެސް ކުރިއަށް ނުގެންގޮސް، ހަމަ މަޑުޖައްސާލައިގެން، ސްޓޭންޑް ސްޓިލްއެއްގައި ތިބުން، އެއީ ވަރަށް ޣައިރު ޒިންމާދާރު ގޮތެއްކަންނޭނގެ.
އޭގެ ބަދަލުގައި، އަޅުގަނޑު މިވަނީ ޕްލޭން ކޮށްފައި. މި އަހަރަށް ބަޖެޓެއް ކަނޑައެޅީ ވަރަށް އެމްބިޝަސްލީ، އަދި ހަމަ، ވަރަށް ރިއަލިސްޓިކްކޮށް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ހުރިހާ ރައްޔިތުންވެސް ގަބޫލުފުޅު ކުރައްވާނެ، އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ، 2025، 2026 ދެ އަހަރު ތެރޭގައި، އަޅުގަނޑު ވަޢުދުވެފައި ހުރި، ޢަމަލީގޮތުން، ފިޒިކަލް ކޮންސްޓްރަކްޝަން ވަރކަށް ދާންޖެހޭ ހުރިހާ ވަޢުދުތަކެއްގެ މަސައްކަތް ފަށާނަމޭ. މިހެން އަޅުގަނޑު އަބަދުވެސް ދަންނަވަމެއް ނޫންތޯ؟ ދެ އަހަރަށް ބަހާލައިގެން، ވަޢުދުތަކުގެ ތެރޭގައި، މި ދަންނަވަނީ، އަތުންހިފޭ މަޝްރޫޢު، ފިޒިކަލް ވަރކް ކުރަންޖެހޭ މަޝްރޫޢެއްވިއްޔާ ފަށާނަމޭ. 2025، 2026ގައި.
އެހެންވީމާ، މިދިޔަ އަހަރުގެ ތެރޭގައި އެއްބައި މަޝްރޫޢުތައް އެހެރީ ފަށާފައި. އޭގެތެރޭގައި، ބައެއް މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްތަކެއް ސްޓެގަރޑް ގޮތަކަށް، ނޫނީވިއްޔާ ޑިސްޓްރިބިއުޓެޑް ގޮތަކަށް އެދަނީ މަސައްކަތްތައް ފެށިގެން. ދެން، މި އަހަރަށް ޕްލޭންކުރެވުނީ، އަޅުގަނޑުގެ ވަޢުދުތަކުގައި ބާކީހުރި، މި ދެންނެވިހެން ފިޒިކަލް ވަރކް ކުރަންޖެހޭ، ބައެއް ވަރކްތަކަކީ، ފިޒިކަލީ ވަރކް ކުރަންޖެހޭ އެއްޗިއްސެއް ނޫން. އެއީ، ނިޒާމަށް ގެންނަ ބަދަލު، ނޫނީވިއްޔާ ދެންގޮސް، މިހެން ހުންނަ ބައިވަރު ވަޢުދުތައް އެބަހުރި އަޅުގަނޑު ފުއްދަން، ވަޢުދުވެފައި ހުރި ބައިވަރު ވަޢުދުތަކަކީ އިމާރާތެއް ކުރަންޖެހޭ ވަޢުދެއް ނޫން.
އެހެންވީމާ، މި އަހަރު މި ކުރަންހުރި ކަންކަން އަޅުގަނޑު މިސާލަކަށް، އެޕްރީލް މަސް އަންނަންދެން، އެ ވަޢުދުތައް ފުއްދުން އެކީގައި ހުއްޓާލާފައި، ސަރުކާރު ބަންދުކޮށްލައިގެން އޮވެއްޖިއްޔާ، އަޅުގަނޑަކަށް މި އަހަރުގެ ބާކީ އޮންނަ އަށްމަސް ދުވަހަކު އެކަމެއް ނުކުރެވޭނެއޭ. އެހެންވީމާ، ޕްލޭން ކޮށްގެން، މިދިޔަ އަހަރަށް ކަނޑައެޅި މަސައްކަތްތައް މިދިޔަ އަހަރު ފެށީ. މި އަހަރަށް ކަނޑައެޅި މަސައްކަތްތައް މި އަހަރު މި ފެށީ. އެހެންވީމާ، ކުއަރޓަރ ބައި ކުއަރޓަރ ބަހާލާފައި، މި އަހަރުގެ ފުރަތަމަ ކުއަރޓަރގައި ފުރަތަމަ ކުއަރޓަރގައި ހުރި މަސައްކަތްތައް ފުރަތަމަ ކުއަރޓަރގައި މި ފަށަނީ. އެހެންވީމާ، އެގޮތުން ހައުސިންގ މަޝްރޫޢުތައް އެއީ މި ފުރަތަމަ ކުއަރޓަރ ތެރޭގައި މަސައްކަތް ފަށަންޖެހޭ މަސައްކަތްތަކެއް. އަސްލު ޑިލޭވެގެން އައީވެސް. ތިޔަބޭފުޅުން ބައްލަވާ، މީޑިއާގައި ހުންނާނެ ނޫންތޯ؟ އަޅުގަނޑު ހުންނާނެ ކުރީގައި، ބައެއްފަހަރު ޕޯޑިއަމްތަކުގައި ދަންނަވާފައި، މިދިޔަ ޑިސެންބަރު މަސް ނިމެންވާއިރަށް ފަށާނަމޭވެސް ހުންނާނެ ދެންނެވިފައި، މީގެ ހައުސިންގ މަޝްރޫޢުތައް. އެކަމަކު ޑިލޭތަކެއް އައިސްގެން، ބީ.އެމް.އެލް. ތެރެއިންވެސް، އަދި މި އެގްރީމަންޓްތަކަށް، ވަރަށް ޓީޑިއަސް ޕްރޮސެސްއަކުން، މި ޤާނޫނީ ނިޒާމުގައި ހުންނަ ހުރިހާ އިޖުރާތްތައް ފުރިހަމަވާންޖެހޭ ކަންކަންވީމާ، އެ ހުރިހާ ކަމެއް ނިމި، ފިޒިކަލް ވަރކަށް ދެވޭ ހިސާބަށް ދާންޖެހޭނީ. މީގެ ޑީޓެއިލްޑް ޑިޒައިންވެސް ކުރަންޖެހޭ، އީ.އައި.އޭ. ހަދަންޖެހޭ. މިހެންގޮސް ބައިވަރު، ދެން އެގްޒާމްޕަލްތައް މި ދަންނަވަނީ އިނގޭތޯ. ހުރިހާ އިޖުރާތްތައް ނިންމުން ޕޮއިންޓަކީ. ނިންމައިގެން، އެ ބޭފުޅުންނަށް އެ މަސައްކަތްތައް އެ ފެށުނީ ތަންކޮޅެއް ލަސްކޮށް.
އެހެންވީމާ، ބީ.އެމް.އެލް. ޕްރޮޖެކްޓް ފުރަތަމަ ކުއަރޓަރ އެއީ، އަޅުގަނޑު ރިޔާސީ ބަޔާނުގައި އިޢުލާނުކޮށް، އަދި ބަޖެޓު ޕްލޭންކޮށްފައި އޮތްގޮތް. އަދި، ފުރަތަމަ ކުއަރޓަރގެ ދެންހުރި ކަންކަން އެދަނީ އިރާދަކުރެއްވިއްޔާ ފެށިގެންނޭ. ދެން، ދެވަނަ ކުއަރޓަރއަށް ހުރި މަސައްކަތްތައް. އެގޮތަށް މިއޮތީ މަސައްކަތްތައް ކުރެވިފައި. މިގޮތަށް ނުކޮށްފިއްޔާ، އަޅުގަނޑު މާކުރިން ދަންނަވާފައި އޮތް ދެންނެވުން، "ދެ އަހަރު ތެރެއަށް ބަހާލައިގެން، ހުރިހާ ޢަމަލީ މަސައްކަތްތަކެއް ފަށާނަމޭ"، އޭތި މީޓެއް ނުވާނެ. އެ މީޓެއް ނުވާނެ. އެހެންވީމާ، އެގޮތަށް ޕްލޭންކޮށްގެން މި ގެންދަނީ.
ޝައިހާން ޒަރީރު – ރާއްޖެ ޓީ.ވީ.:
ދެން، ދެވަނަ ސުވާލަކީ، ވަޒީފާ ދިނުމުގެ ކަންތަކުގައި، އަޅުގަނޑުމެންނަށް ހަމަ އެހެން ނޫސްވެރިންވެސް ފާހަގަކުރިގޮތަށް، މި ފެންނަނީ ހަމަ އިންތިޚާބާ ދިމާކޮށް ވަރަށް ގިނަ ވަޒީފާތަކެއް ދެމުންދާތަން. ޚާއްޞަކޮށް ސަރުކާރު ކުންފުނިތަކުގައި. ފެނަކަ، މިހެންހުރި ވަރަށް ގިނަ ކުންފުނިތަކެއްގައި ވަޒީފާތައް އެބަ ބަހާ.
ދެން، މިދިޔަ ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވި ވާހަކައެއް އަޅުގަނޑު ފާހަގަކޮށްލާނަން. ރައީސް ވިދާޅުވީ، މި ސަރުކާރު އައިފަހުން ފީއައްޔަށް ނެގީ 10 މުވައްޒަފުންނޭ. ކުރީ ސަރުކާރުގައި އޮތީ 50 މުވައްޒަފުންނޭ ނަގާފައި. ޙަޤީޤަތުގައި، އެއީ ރައީސް ހެއްދެވި ވަރަށް ބޮޑު އިތުރުފުޅެއްކަން އަޅުގަނޑުމެންނަށް އެނގޭ، އިނގޭތޯ. އެއީ، މި ސަރުކާރު އައިފަހުން، ރައީސް އެ ދުވަހު އެހެން ވިދާޅުވުމާ ހަމައަށް، މި ސަރުކާރުން އެކަނި ފީއަލިން ފެނަކައަށް އެކަނި 34 މުވައްޒަފުން ނަގާފައި އެބައޮތް. އިއްޔެ ނެގި ތިން މުވައްޒަފުންނާ އެކީގައި، ޖުމްލަ މިހާރު 37 މުވައްޒަފުން އެ ހަމަވީ. މިއަދުވެސް އަނެއްކާ މުވައްޒަފުންތަކެއް އެބަ ނެރޭ. އިއްޔެ ނަގައިފި މަގޫދުއަށް 11 މުވައްޒަފުން. 6 އަންހެން މުވައްޒަފުންނާއި، 5 ފިރިހެން މުވައްޒަފުން. އަދިވެސް އިތުރު މުވައްޒަފުންތަކެއް އެބަ ނަގާ. އެހެންވީމާ، ކޮންގޮތަކަށް ބަލާފައިތޯ، އެއީ ފެނަކައާ ހަވާލުކޮށްފައި ހުރި ވަރަށް ގިނަ މަޝްރޫޢުތަކެއް، މިސްކިތްތަކާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫޢުތަކެއް އެބައޮތް ހުއްޓިފައި. ކޮން މަސައްކަތެއް ކުރާތީތޯއޭ؟ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވިފަހުން، ޔޫތު މިނިސްޓްރީއަށް ނަގައިފި ޑެޕިއުޓީ މިނިސްޓަރުން، ސްޓޭޓް މިނިސްޓަރުން، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން. އެއީ، ޔޫތު މިނިސްޓްރީން ހިންގާ ކޮން މަޝްރޫޢަކަށްތޯ؟ ޔޫތު މިނިސްޓްރީން ކޮން ޕްރޮޖެކްޓެއް ހިންގާތީތޯއޭ، ސިޔާސީ މަގާމުތަކެއްގެ ގޮތުގައި ބޭފުޅުންތަކެއް މި ޢައްޔަންކުރަނީ؟
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޝައިހާން ދޮގެއްތޯ؟ ޝައިހާން، ފީއަލި ދޮގެއްތޯ؟ ދެން ޝައިހާނަށް ވަރަށް ރަނގަޅަށް ފީއަލި އެނގިލައްވާނެ. އެހެންވީމާ، އަޅުގަނޑު ފެނަކަ އެމް.ޑީ.އަށް ދަންނަވާލާނަން، އަޅުގަނޑަށް ދިން މަޢުލޫމާތުގައި އެރަރއެއް އޮތް ކަމަށްވަންޏާ، އެކަން އެހެންވީ ކީއްވެގެންތޯ ވިދާޅުވާން، އިނގޭތޯ. އަޅުގަނޑު ދަންނަވަނީ، އަޅުގަނޑަށް ލިބިފައި ހުންނަ މަޢުލޫމާތު އިނގޭތޯ. ޔަޤީނުންވެސް އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތެއް ޓުވިސްޓްކޮށް، ބަދަލުކޮށްފައެއް ނުދަންނަވާނަން. އަޅުގަނޑު، އަޅުގަނޑަށް ލިބޭ މަޢުލޫމާތު އޮންނަ ގޮތަށް ދަންނަވާނީ.
މަޝްރޫޢުތައް ފެނަކައާ އެބަހުރި ހަވާލުކޮށްފައި. ހަމައެކަނި ފެނަކައިގެ ކަރަންޓު، ނަރުދަމާ، ފެނާގުޅޭ ކަންކަމުގެ އިތުރަށް، ފެނަކައިގައި ހުންނާނެ އެހެން މިނިސްޓްރީތަކުގެ ޕްރޮޖެކްޓްސްތައްވެސް. ސްކޫލް، ހެލްތް ސެންޓަރ، މިސްކިތް، އެކިކަހަލަ ދަނޑުތައް އެޅުން، އަދި އެހެން ކުންފުނިތަކުގެވެސް ހުންނާނެ މަޝްރޫޢުތައް. އާރު.ޑީ.ސީ.ގައިވެސް ހުންނާނެ، އާރު.ޑީ.ސީ.ގައި މަގުހެދުން ފިޔަވައި އެހެން މަޝްރޫޢުތައް. އަދި، އެހެން ކުންފުނިތަކުގައިވެސް. މި ކުންފުނިތަކުގެ މި މަޝްރޫއުތަކަށް މުވައްޒަފުން ނަގާނެ. ދެން އެހެންވީމާ، ސީދާ ފީއަލި ކޭސްގައި، އިތުރަށް އަޅުގަނޑަށް ލިބުނު މަޢުލޫމާތު، އަޅުގަނޑަށް ދީފައި ހުރި މަޢުލޫމާތުގައި އެރަރއެއް އުޅެންޏާ އެކަން އެހެންވީ ސަބަބެއް އަޅުގަނޑު އޮޅުންފިލުވާނަން. އަދި، އެކަން ރަނގަޅުކުރަން އަޅުގަނޑު ހަމަ ދަންނަވާނަން އިނގޭތޯ.
އާދެ، ދެން ކޮން ބޭފުޅެއްތޯ؟ ކުރިއަށް ގެންދަވާ.
އާދަމް ނަޒީރު – ހަތާވީސް އޮންލައިން:
ޝުކުރިއްޔާ! އަޅުގަނޑު އާދަމް ނަޒީރު ހަތާވީސް އޮންލައިންއިން.
އަޅުގަނޑުގެ ސުވާލަކީ ރައީސް، މީގެކުރިން މިއަދުވެސް ވިދާޅުވެއްޖެ، ޤާނޫނުއަސާސީއަށް ބައެއް އިޞްލާޙުތަކެއް ގެންނަވަން ސަރުކާރުން ނިންމަވާފައިވާ ކަމަށް، މީގެކުރިންވެސް ރައީސް ވިދާޅުވެފައިވޭ. ސަރުކާރުގެ ވިސްނުން އެބަހުރިތޯ އެއްވެސްވަރަކަށް، ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލުގެނައުމަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
ތިޔަ ވިދާޅުވީ؟
އާދަމް ނަޒީރު – ހަތާވީސް އޮންލައިން:
ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލުގެނައުމަށް އެއްވެސްވަރެއްގެ ވިސްނުމެއް ގެންގުޅުއްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އަޅުގަނޑުގެ ވިސްނުމުގައި އެއްވެސްއިރަކު އޮތް ކަމެއް ނޫން އެއީކީއެއް. އަޅުގަނޑުގެ ވިސްނުމަށް އައިސްފައި، ނޫނީވިއްޔާ އަޅުގަނޑު ވިސްނާފައި ހުރިއްޔާ، ނޫނީވިއްޔާ އަޅުގަނޑު ގެންނަން ބޭނުންވާ އިޞްލާޙީ ބަދަލުތައް، މިހާރު އެހުރީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ޙިއްޞާކޮށްފައި ރައްޔިތުންނާ.
އާދަމް ނަޒީރު – ހަތާވީސް އޮންލައިން:
މަޖިލީހަށް 10 ޕަސެންޓް ޒުވާނުންނަށް ޚާއްޞަ ކުރުމަށް ރައީސް ވިދާޅުވެފައިވޭ. ސަރުކާރުގެ ވިސްނުން އެބަހުރިތޯ، މަޖިލީހަށް ކުރިމަތިލާ މީހުންގެ ތަޢުލީމީ ވަކި ފެންވަރެއް ބެހެއްޓުމަށް؟ އަޅުގަނޑު މިހެން މި ފާހަގަކުރަނީ، ވަރަށް ގިނަ ރައްޔިތުން މިއީ ވަރަށް ބޮޑަށް ކުރާ ޝަކުވާއެއް، މަޖިލިސް ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ތެރޭގައިވެސް، ވަރަށް ބޮޑަށް ބައެއް މެންބަރުން ހަމަ ބޭއަދަބީ ބަހުން ވާހަކަ ދައްކަމުންދާ މަންޒަރާ، މިފަދަ އެތައް ކަންތައްތަކެއް ފެނިގެންދޭ. ސަރުކާރުގެ ވިސްނުން ގެންގުޅުއްވަންތޯ މަޖިލީހަށް ހޮވާ މެންބަރުން، ނުވަތަ އިންތިޚާބުކުރާ މެންބަރުންގެ، ނުވަތަ ކުރިމަތިލެވޭ މެންބަރުންގެ ތަޢުލީމީ ފެންވަރު ބެލުމަށް؟
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ޙަޤީޤަތުގައި އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތަޢުލީމަށް ލޯބިކުރަން. ތަޢުލީމީ ޖީލެއް މި ޤައުމުގައި ބިނާކުރަން، އަދި އެ ފަރާތްތަކަށް ފުރުޞަތުތައް އޮންނަން. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، ހަމަ ޙަޤީޤަތުގައި ބޭނުންވަނީ، ކޮންމެ މަސައްކަތަކަށްވެސް ކުރިމަތިލާން ތަޢުލީމީ މީހުން. އެއީ މަޖިލިސް ކަމުގައިވިޔަސް، ކައުންސިލަށް ކަމުގައިވިޔަސް، ރައީސް ކަމަށްވިޔަސް، އެހެންކަމަކަށް، އިލެކްޓަޑް މަގާމަކަށް ކުރިމަތިލަންޏާ، އެ މީހާއަކީ ތަޢުލީމީ ގޮތުން ވަރަށް ޤާބިލް، ތަޖުރިބާގެ ގޮތުން ވަރަށް ޤާބިލް މީހަކަށްވާން. އެހެންވީމާ، އެއީ އަޅުގަނޑު ވަރަށް ގަބޫލުކުރާ ކަމެއް. އަދި، އެކަމަކީ ޕަބްލިކް ތެރޭގައި އަޅުގަނޑު ހަމަ ޑިބޭޓް ކުރަން ބޭނުންވާ ކަމެއް. މަޖިލީހަށް ވިޔަސް، އަދި އެހެން އިލެކްޓަޑް ޕޮޒިޝަނަކަށް ވިޔަސް އަންނަ މީހެއްގެ ހުންނަންވީ ތަޢުލީމީ ފެންވަރު ކަނޑައެޅުން. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާއިރުގައިވެސް، މިހާރު ޤާނޫނު ކަނޑައެޅިފައި އޮތް މިންވަރުވެސް މަތިކުރުން. ނޫނީވިއްޔާ، މިހާރަށްވުރެވެސް ހަރުކަށިކުރުން. ތަޢުލީމީ މީހުންނަށް ފުރުޞަތު، އަދި އިސްކަން ލިބުން. އެއީ އަޅުގަނޑުގެ މަފްހޫމަކީ. އަޅުގަނޑުގެ މި ވާހަކައިގެ. އެހެންވީމާ، އެ ޓާގެޓް ހާސިލުކުރުމަށްޓަކައި، ތަޢުލީމީ މީހުންނަށް އިސްކަން ލިބުން. ތަޢުލީމާއި، ތަޖުރިބާ. ހަމައެކަނި ތަޢުލީމެއް ހުއްޓަކަސް އަދި ނުވާނެ. ޢިލްމާ އެއްވަރަށް ޙިލްމުވެސް ހުންނަންޖެހޭނެ.
އެހެންވީމާ، އެންމެ ކޭޕަބަލް، ހުރިހާ ގޮތަކުން އެންމެ ކޭޕަބަލް މީހުން ހޮވައިލެވިގެން އައިސް، އެ މީހުންނަށް ފުރުޞަތު ލިބުން. އެ ނިޒާމަށް އަޅުގަނޑު ހަމަ ވަރަށް ތާއީދު. އަޅުގަނޑު ހަމަ އެކަމަށް ސަރުކާރުގެ ތެރެއިން ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަމެއްވިއްޔާ އަޅުގަނޑު ކުރަން މިހިރީ ތައްޔާރަށް.
އެހެންވީމާ، އަޅުގަނޑު އެދެން، ޕަބްލިކް ތެރޭގައި މި ޑިބޭޓް ރަނގަޅަށް ކުރަން. އަދި، އިންކްލޫސިވިޓީ އިންކްރީޒް ކުރަން އިސްކަންދެން. މާނައަކީ، މެއިންސްޓްރީމް ކުރަން، އަންހެނުން، ޒުވާނުން، އަދި ނުކުޅެދުންތެރިކަން ހުރި ފަރާތްތައްވެސް އިނގޭތޯ. މަޝްވަރާކޮށްލަން އަޅުގަނޑު ބޭނުން ޕަބްލިކް ތެރޭގައި. މިސާލަކަށް، މަޖިލީހަށް ހޮވޭ މެންބަރުންގެ ތެރެއިން ވަކި އިންސައްތައެއް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހަދަންވީނޫންހެއްޔޭ. އަޅުގަނޑު ބޭނުން، އެކަން ކުރަންވެސް އިނގޭތޯ. އެހެންވީމާ، އަންހެނުންނަށް ވަކި އިންސައްތައެއް، ޒުވާނުންނަށް ވަކި އިންސައްތައެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި އިންސައްތައެއް. މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހިނގާށޭ މިކަމާމެދު މަޝްވަރާކުރަން. މިއިން އެއްވެސް ކަމަކީ އަދި ނިމިފައި ހުރި ކަންކަމެއް ނޫނޭ. އަޅުގަނޑު މި ޕާސްކޮށްލަނީ ރައްޔިތުންނަށް ދޮގެއްތޯ؟ މިކަމާ ހިނގާށޭ މަޝްވަރާ ކުރަން. އެއީ، އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ މި ޑިޒިޝަން މޭކިންގގައި، ކަންކަން ނިންމުމުގައި އިންކްލޫސިވިޓީ ޓްރޫ މާނައިގައި ރިޕްރެޒެންޓް ވާން. އޭރުން އަޅުގަނޑު ހިތުން ހެލްތީ ގޮތެއްގައި އަޅުގަނޑުމެންގެ ޤައުމު ހިނގަމުންދާނީ.
ފާޠިމަތު ނަހުދާ ފާއިޒް - ސޯސަލް:
މަނިކުފާނު ފާހަގަކުރައްވައިފި، އާސަންދައިގެ ތެރެއިން މި އެމްބިއުލެންސް ޚިދުމަތަށް ޢަމަލުކުރުމަށް ވަކި އުސޫލެއް ކަނޑައަޅަން. ދެން، ފިނޭންންސް މިނިސްޓްރީން އެންމެފަހުން ހާމަކޮށްފައި އޮތް ވީކްލީ ފިސްކަލް ރިޕޯޓަށް ބަލާއިރުވެސް، އާސަންދައާއި މި ސަބްސިޑީއަށް ކުރާ ހޭދަ އަބަދުވެސް ވަރަށް ބޮޑުކަން މި ފާހަގަކުރެވެނީ. މި އަހަރު އަދި މިދިޔަ އަހަރާ ބަލާއިރު އެބަވޭ އެކަށީގެންވާ އަދަދެއް ދަށްވެފައި. ނަމަވެސް، މިދިޔަ އަހަރުވެސް އާސަންދައާއި ސަބްސިޑީއަށް ބަޖެޓުގައި ހިމެނޭ އަދަދަށްވުރެ އިތުރަށް އެބަވޭ 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި. ދެން، އާސަންދައާއި ސަބްސިޑީ ދޭ އުސޫލު، ނޫނީވިއްޔާ އެ އެކްސްޕެންޑިޗަރ އެ އޮންނަގޮތް އިޞްލާޙުކުރަންޖެހޭ ކަމަށް، ބޭރުގެ އިދާރާތަކުންވެސް އެބަވޭ އެކަމަށް ކަންބޮޑުވުން ފާޅުކޮށްފައި، އެކަމަށް ގޮވާލާފައި. އެއީ، ދަރަނި ބޮޑުވީމާ، މަނިކުފާނުވެސް ފާހަގަކުރައްވައިފި، ދެން އަދި އެ ފައިނޭންސިންގ ހަމަޖެހިފައި އޮތް ކަމުގައިވިޔަސް، ވަރަށް ބޮޑު ޑެބްޓެއް އެބައޮތް މިވަގުތުގައި. އަދި އިޤްތިޞާދީ ގޮތުންވެސް، ޖިއޯ ޕޮލިޓިކަލް ޓަރމްސްއަށް ބެލިކަމުގައި ވީނަމަވެސް، މިހާރު މި ދަނޑިވަޅަކީ މިއީ އާސަންދަ ތެރެއަށް އިތުރު ޚިދުމަތްތަކެއް ތަޢާރުފުކުރަން އެންމެ ރަނގަޅު ދަނޑިވަޅުތޯ؟ އެއީ ކޯސްޓް އެފިޝަންޓް ކަމަކަށް މިކަން ވާނެތޯ؟ އެއީ ފުރަތަމަ ސުވާލު.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިއީ ހަމަ ވަރަށް ރަނގަޅު ޕޮއިންޓެއް އިނގޭތޯ. އެހެންވެގެން މިހާ ވަގުތު ނެގީވެސް. މިއީ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރަމުންދާތާ ދުވަސްކޮޅެއްވީ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ފިނޭންސް މިނިސްޓްރީއާއި، ސޯޝަލް މިނިސްޓްރީއާއި، އާސަންދަ ތެރޭގައި ރަނގަޅަށް ހިސާބު ހަދާފައި، ވާހަކައަކީ، މަންތްލީ ކިހާވަރެއްގެ ޑިމާންޑެއްތޯ މިއަށް އަންނާނީ، ދޮގެއްތޯ، ޕްރެޑިކްޝަން ހަދާފައި، ހަމަ ރިއަލިސްޓިކް ހިސާބެއް ހަދާފައި އަޅުގަނޑުމެން މިކަން މި ކުރަނީ.
ދެން، ޚަރަދު ކުޑަކުރުން، އާސަންދައިގެ ތެރެއިން މިސާލަކަށް އިސްރާފުވާ އަދަދުތައް، ނޫނީވިއްޔާ ރާއްޖޭގައި ފަރުވާ ދެވޭނެ ކަންކަން އިތުރުކުރެވި، އާސަންދައިން ބޭރަށް ގޮސްގެން ޚަރަދުކުރުން. މި ކަންކަން ކުޑަކުރުން. އެ މަގަށް ދާން މި މަސައްކަތްކުރަނީ އިނގޭތޯ. މިހާރު އެއް ދުވަހުން،
ދެ ދުވަހުން ވާވަރުގެ ކަމެއް ނޫން. އެއީ މިސާލަކަށް، ރާއްޖޭގައި ސްޕެޝަލިޓީ، ސުޕަރ ސްޕެޝަލިޓީ ޚިދުމަތްތައް، ފަރުވާދިނުން އިތުރުކުރަންޖެހޭ. އެހެންވީމާ، އެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް އެބަދެން، ހުރިހާ ގޮތަކުން އެކަމަށް ބޭނުންވާ ކަންކަން ކުރަން. އިންފްރާސްޓްރަކްޗަރ ވައިސް، އަދި ހުރިހާ ކަމެއް، ހުރިހާ ރިސޯސް ވައިސް، އިނގޭތޯ ކުރުކޮށްލަން. މި އަހަރުގެ ބަޖެޓުގައިވެސް އެއޮތީ އެބައި ވަރަށް ބޮޑަށް، އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް އެބަ ގެނައިން. މާނައަކީ، ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރަން އާސަންދައިން ޚަރަދުކުރަން މިޖެހޭ ޖެހުން، ރާއްޖޭގައި ތިބެ، ޢާއިލާ ކައިރީގައި ތިބެ، އަމިއްލަ ޤައުމުގައި ތިބެގެން، އެ ހިތްހަމަޖެހުމާ އެކީގައި އެކަން ކުރެވުނީމާ އެ ލިބޭ ބެނެފިޓާއި، އަދި އެ ސޭވްވާ އެމައުންޓާ. މިއީ އަސްލު މި ދާންބޭނުންވާ މަގަކީ.
ދެން ޖީ.ޕީ. ސަރވިސަސް ދޮގެއްތޯ؟ މިހާރު ޖީ.ޕީ. ކްލިނިކްތައްވެސް މި ފެށީ. އެއް ތަން ހުޅުވިއްޖެ. ކުރީގައި ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް، މިހާރު މަސައްކަތް އެ ފެށީ އެތަނަށް ހެންވޭރުގެ ޖީ.ޕީ. އަންނަނީ. ހުޅުމާލޭގައި ފޭސް ޓޫގައި ކްލިނިކެއް ރެޑީވަނީ. އަދި ފޭސް ވަން އަށްވެސް އިރާދަކުރެއްވިއްޔާ ދާނެ. މާލޭގައި، އަދި ސިޓީތަކަށްވެސް ދާނެ.
އެހެންވީމާ، އަޅުގަނޑުމެންގެ މި ނިޒާމު ވަރަށް ބޮޑަށް ރަނގަޅު މި ކުރަނީ، ހަރުދަނާ މި ކުރަނީ، ދެމެހެއްޓެނިވި ގޮތަކަށް މިކަން ރަނގަޅުކުރުމުގެ ބޭނުމުގައި. އެހެންވީމާ، އާސަންދައިން ކުރާ ޚަރަދުތައް ކުޑަކުރުމަކީ، ޞިއްޙީ ނިޒާމު ވަރުގަދަކުރުމާ އެކީގައި ހާސިލުވާނެ ކަމެއް.
ނަހުދާ ފާއިޒް - ސޯސަލް:
ދެވަނަ ސުވާލެއްގެ ގޮތުން، ސަރުކާރުން ޑޮމެސްޓިކް އެއަރޕޯޓުތައް ކައިރި ކައިރީ ކަހަލަ ގޮތަކަށް އަޅަމުންދާ މަންޒަރު މި ފެންނަނީ. ބިން ހިއްކަމުންދާއިރު، ފަޅުތަކަށް ވަރަށް ބޮޑެތި ގެއްލުންދޭ. އެންވަޔަރަންމެންޓަލިސްޓުންވެސް އެބަ ހަމަ މިކަމާ ކަންބޮޑުވުން ފާޅުކުރޭ. ޓޫރިޒަމަކީ، މިއީ ދިވެހި ރައްޔިތުންގެ ބްރެޑް އެންޑް ބަޓަރ. އަންސަސްޓެއިނަބްލީ އެންވަޔަރަންމެންޓަލް އެސްޕެކްޓަކުން ބަލާއިރު ވަރަށް އަންސަސްޓެއިނަބަލް ގޮތަކަށް، އިރެވަރސިބްލް ޑެމޭޖެއް ދެވޭކަމެއް މިއީ. ސަރުކާރުން މިގޮތަށް ކީއްވެގެންތޯ ޢަމަލުކުރަނީ؟
ދެން، މިހާރު ހިންގާ ޑޮމެސްޓިކް އެއަރޕޯޓުތަކުގެ ތެރެއިން ކަރަންޓްލީ ޕްރޮފިޓް މޭކް ކުރަނީ ކިތައް އެއަރޕޯޓުތޯ؟ ދެން، މަނިކުފާނު އަތުގައި އަދަދުތައް ނެތްނަމަ، އަޅުގަނޑަށް ފަހުން ހިއްސާކޮށްލެއްވިޔަސް އެންމެ ރަނގަޅު.
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ތިޔަ އަދަދެއް ނެތް އަޅުގަނޑު އަތުގައެއް އިނގޭތޯ. އަޅުގަނޑު ދަންނަވާނަން ހިއްސާކޮށްލަން.
މިހާރު ޕްރޮފިޓް މޭކް ނުކުރެވޭތީ އަސްލު އާރު.އޭ.ސީ.އެލް.އާއި، އެމް.އޭ.ސީ.އެލް.އާ މި މަރޖްކުރީވެސް އިނގޭތޯ. އާރު.އޭ.ސީ.އެލް.، އެމް.އޭ.ސީ.އެލް، މަރޖް ކޮށްގެން މުޅި މި ހުރިހާ އެއަރޕޯޓުތަކުން ޕްރޮފިޓް މޭކް ކުރެވޭ ބިޒްނަސްއަކަށް ހަދާ، އަދި އެ އެއަރޕޯޓުތަކާ ގުޅިގެން އިތުރު އިންވެސްޓްމަންޓްތައް ގެނައުމުގެ ބޭނުމުގައި އިނގޭތޯ. ދެން، ކޮންމެ ޑިވެލޮޕްމަންޓް ވަރކެއްވެސް މި ކުރަނީ، އެކަމަކާ ގުޅިގެން އެންވަޔަރަމަންޓަށް އެންމެ ކުޑަކޮށް އިމްޕެކްޓް ވާނެ ގޮތެއް ބަލައިގެން. ރާއްޖެއަކީ އެންވަޔަރަންމަންޓް ދާއިރާއިން އިންޓަރނޭޝަނަލީވެސް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމު. އަދި ރާއްޖެއިން ވަރަށް ބޮޑަށް ވަކާލާތު އެބަ ކުރަން، ރާއްޖެއަށް އެހެން ޤައުމުތަކުން، ގްލޯބަލީ އެންވަޔަރަންމަންޓަށް މި ލިބޭ ގެއްލުންތަކުގެ ސަބަބުން، ރާއްޖެއަށް ލިބޭ ގެއްލުންތަކަށް ކޮމްޕެންސޭޝަން ހޯދަންވެސް. އެއީ ހުރިހާ ސިޑްސް ޤައުމުތަކުން ކުރާ ދަޢުވާއެއް. އެކަމެއް ނުއެއްވޭ.
އެހެންވީމާ، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް މިކަމުގެ ތެރޭގައި ޙައްޤު މިންވަރު ރާއްޖެއަށް ހޯދުމުގައި، ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ. އެހެންވީމާ، ޑިވެލޮޕްމަންޓް ވަރކް ކުރިއަށް ދާންޖެހޭ. އެކަމަކު، އެންވަޔަރަންމެންޓަލީ އެއަށް މިނިމަލް އިމްޕެކްޓް އަންނާނެ ގޮތަކަށް. މިސާލަކަށް، ގަހެއް ކަނޑައިފިއްޔާ، އެ ގަހުގެ ބަދަލުގައި އެތައް ގަހެއް ޖެހުން. ބިންހިއްކަންޏާ އެއާ ގުޅިގެން ފަރަށް، ނޫނީ ފަޅަށް ލިބޭ ގެއްލުން މިނިމައިޒް ކުރުން. ދެން، ފެހިކަން މިސާލަކަށް، އަޅުގަނޑުމެން ފަށާފައި މިއޮތް 5 މިލިއަން ގަސް އިންދުން ޕްރޮގްރާމް ދޮގެއްތޯ. އެއީ ހަމަ އެންވަޔަރަންމަންޓް ހިމާޔަތްކުރުމަށްޓަކައި، ރާއްޖޭގައި ގްރީން އެންވަޔަރަންމަންޓެއް ގާއިމުކުރުމަށްޓަކައި، 5 މިލިއަން ގަސް ފަސް އަހަރު ތެރޭގައި ޖަހަން. މިހާރު ދެން، އަޅުގަނޑު ރިޔާސީ ބަޔާނުގައި އަދަދުތައް ބަޔާންކުރިން. އެގޮތަށް އެންވަޔަރަންމަންޓް ހިމާޔަތްކުރުމުގެ މަސައްކަތްތައް މި ކުރަނީ.
އެހެންވީމާ، އެއަރޕޯޓުތައް މި އަޅަނީ ހަމަ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި. އެއަރޕޯޓުތަކުން ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަނީ. ރާއްޖޭގައި ވަރަށް ގިނަ މިހާރު ލޯކަލް ޓޫރިޒަމް. ލޯކަލް ޓޫރިޒަމަށް ވަރަށް މުހިންމު ކަނެކްޓިވިޓީ. އެ ކަނެކްޓިވިޓީ ހާސިލު މިވަނީ، ވައިގެ މަގުން މައިގަނޑު ގޮތެއްގައި. ސީ ޕްލޭނާއި، ނޯމަލް އެއަރ ޕްލޭނުންނާ. އެހެންވީމާ، އެކަން ހާސިލުކުރުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ޖެނެރަލް ޕަބްލިކްގެ ޓްރާންސްޕޯޓް ނިޒާމު ރަނގަޅުކުރަން. ޓްރާންސްޕޯޓަކީ އަޅުގަނޑުމެން ގަބޫލުކުރާނެ، ދުނިޔޭގެ އެހެން ޤައުމުތައް ތަރައްޤީވެފައިވާއިރުގައި، އިފެކްޓިވް ޓްރާންސްޕޯޓް ނެޓްވަރކެއް ގާއިމުކުރެވިގެންކަން ތަރައްޤީ ހާސިލުވަނީ. ޓްރާންސްޕޯޓް އިޒް ހަމަ ބޭސިކް ކަމެއް. ރާއްޖޭގައި ނެތް އެއް ރަށުން އަނެއް ރަށަކަށް މަގު ހެދޭކަށް. ރަށުތެރޭގައި މަގު ހަދަނީ. ދެން، އެ މަގު ހަދާއިރުގައިވެސް މިހާރު ވަރަށް އުފާކުރަން އަޅުގަނޑު، ވަރަށް ގިނަ ރަށްތަކުން، ޚާއްޞަކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރާ ރަށްތަކުން އިސްކަންދޭ އެބަ ވެލި މަގުތަކަށް. ވިޗް އިޒް ވެރީ ގުޑް. އެހެންވީމާ، މަގުހަދާ، އަދި، އެއް ރަށުން އަނެއް ރަށަކަށް މަގެއްނޭޅޭ. އެހެންވީމާ، މި ބޭނުންވަނީ، އާރު.ޓީ.އެލް. ފެރީއާއި، އެއް ރަށުން އަނެއް ރަށަށް، ރަފްލީ ތަރޓީ މިނިޓްސްގެ ދުރުމިނުގައި ހުރި ރަށްރަށުގައި އެއަރޕޯޓުތައް މި ހަދަނީ.
ދެން، އަޅުގަނޑު ހަމަ ފްލޯޓްކުރި އެހެން އައިޑިއާއެއް އެބައޮތް. އެއީ އަދި ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ހަމަ ރަނގަޅު ކަމެއް. ކުދި ކުދި އެއަރ ސްޓްރިޕްތައް ހަދަން، ދެން ހުރި ރަށްތަކުގައި. އެއީ، ނެޗުރަލް ލޭންޑްގައި، ނުހިއްކާ، ބޮޑެތި ރަށްތަކުގައި. ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިން ބޭނުންވާނީ އެވަރުގެ އެއަރ ސްޓްރިޕަކަށް. އެ ތަންތާނގައި ޖެއްސޭނެ ކުދި ބޯޓުތަކަށް. މި ގެންގުޅޭ ސީ ޕްލޭން ބޯޓުތަކުގައި ފުރޮޅު ހަރުކޮށްގެން. އެހެންވީމާ، ދެން މިއަށް ބޭނުންވާނެ ހުޅުލޭގައި އެކަމަށް ވަކިން ޚާއްޞަ މެއިން ސެންޓަރެއް ހަދާފައި، ރަންވޭއެއް ހަދާފައި، އެ ހިސާބުން ރާއްޖޭގެ އެކި ތަންތާނގައި ނެޓްވަރކެއް ގާއިމުކުރީމާ ނިމުނީ. އޭރުން ހަމަ ވަރަށް ބޮޑަށް ހުރިހާ ރަށެއް ކަނެކްޓްވީ. އެއީ ހަމަ އަޅުގަނޑު ފްލޯޓް ކުރި އައިޑިއާއެއް. އެއީ ރަނގަޅު ކަމެއް ކުރަން. އެކަމަކު އެއީކީ އަދި އަޅުގަނޑުމެން އެއަކަށް މަސައްކަތްތަކެއް ކޮށްފައި އޮތް ކަމެއް ނޫން.
އެހެންވީމާ، މިކަހަލަ ގޮތަކަށް އަޅުގަނޑުމެން މި ގެންދަނީ ތަރައްޤީގެ ނެޓްވަރކް ކަންތައް.
ދެން ގަޑި ހަމަވެއްޖެ، އެކަމަކު ލިސްޓް ގާތްގަނޑަކަށް ނިމުނީމާ އަޅުގަނޑު އިސްތިސްނާއެއް ދެން. އެންމެ ފަހު މީޑިއާ އެއީ މިހާރު. އެހެން ހުރިހާ އެންމެން ސުވާލުކޮށްފި. އެހެންވީމާ، ފަހު ބޭފުޅާއަށް އަޅުގަނޑު ފުރުޞަތު ދޭނަން.
އިދުހާމް ނައީމް – ޕީ.އެސް.އެމް. ނިއުސް:
އަޅުގަނޑުގެ ސުވާލަކީ، މިހާރު ރައީސް ވިދާޅުވެއްޖެ ފެށިއިރުގައި ގޯތިތައް ލިބުނު ފަރާތްތަކަށް ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ބަދަލުތައް ގެނައުމަށްފަހުގައި، އެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށް. ދެން، މި ހުސްވާ ގޯތިތަކަށް ކޮބައިތޯ ސަރުކާރުން ގެންގުޅުއްވާ ޕްލޭނަކީ؟ އަދި މި ސަރުކާރުން
މި ގެންގުޅުއްވާ ގޯތިގެދޮރުގެ ޕްލޭންގެ ދަށުން، ރައީސް ކުރިން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވިދާޅުވަމުން ގެންދަވަނީ، 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަން ކަށަވަރު ކުރެވޭނެ ކަމަށް. ކިހާތަނެއްގައި އެ ވަޢުދު ފުއްދޭނެ ކަމަށްތޯ ބެލެވެނީ؟
ޝުކުރިއްޔާ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، ހުސްވާ ގޯތިތައް، މިހާރު ތިޔަ ވިދާޅުވާހެން، އަޅުގަނޑުމެން މި ފުރުޞަތު ދިނީމާ ފްލެޓަށް އެޕްލައިކުރާނެ ބަޔަކު ތިބޭނެ، ހަމަ ވަރަށް ގިނަ ފަރާތްތައް އަޅުގަނޑަށް ހީވަނީ. ދެން، އެ ފަރާތްތަކަށް ފްލެޓް ލިބިއްޖިއްޔާ ގޯތި ދޫކޮށްލަންޖެހޭނީ. އެހެންވީމާ، އެ ދޫކޮށްލާ ގޯއްޗަށް ވާނީ ކިހިނެއްތޯ؟ އެ ގޯތިތައް ދެން ހަމަ އެ ގޯތިތަކަށް އެޕްލައި ކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން، ދެން އެންމެ މަތިން ޕޮއިންޓް ލިބިފައި ހުރި ފަރާތްތަކަށް ދިނުން އެއްގޮތް. އަޅުގަނޑު އެހެން ހަދާނަމެކޭ ނޫން މި ދަންނަވަނީ. އެއީ އަޅުގަނޑު ހިތުން އެންމެ ރަނގަޅު އެއްގޮތަކަށް ވާނީ. ނޫނީ ހަމަ އާ ސްކީމެއް ހުޅުވާލާފައި، އެ ފަރާތްތަކަށް ފުރުޞަތު ދިނުން. ދެގޮތުންކުރެ ކޮންމެވެސް އެއްގޮތަކަށް. އެ ގޯތިތައްވެސް ބަޔަކަށް ދޭނީ. އެއީ ވާނެގޮތަކީ. އެހެންވީމާ، އެގޮތަށް އެކަން ކުރިއަށް ގެންދާނީ އަޅުގަނޑު.
ދެން ކޮން ސުވާލެއްތޯ އޭރު ކުރެއްވީ؟
އިދުހާމް ނައީމް – ޕީ.އެސް.އެމް. ނިއުސް:
18 އަހަރު ވެފައިވާ ކޮންމެ ފަރާތަކަށް ގެދޮރުވެރިކަން ކަށަވަރު ކުރުން.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު:
އާދެ، އެކްސެސް ޓު ހައުސިންގ އިނގޭތޯ މީގެ މަފްހޫމަކީ. އަޅުގަނޑުމެން ހައުސިންގ މި ޕްރޮވައިޑް ކޮށްދޭ ގޮތަކީ، ފްލެޓް އަޅާފައި ސީދާ ފްލެޓް ދިނުން. ބިން ހިއްކާފައި، ނޫނީވިއްޔާ ކޮންމެގޮތަކުންވިޔަސް ބިމުން ގޯތި ދިނުން. ދެން، ގޯތީގައި ފްލެޓް، ނޫނީވިއްޔާ އެ މީހާގެ ގެ ހެދޭނެ ކަހަލަ ފައިނޭންސިންގ ނިޒާމަކުން ފުރުޞަތު ފަހިކޮށްދިނުން. މި ތިންގޮތަށް އަޅުގަނޑުމެން ހުރިހާ ފަރާތްތަކަށް ހައުސިންގ މި ޕްރޮވައިޑް ކޮށްދެނީ. އެނގިވަޑައިގަންނަވާނެ ފަދައިން، ހިޔާވެހި ސްކީމްގެ ނަމުގައި އަޅުގަނޑުމެން މިދިޔަ އަހަރު ވާނީ، ބޭންކް އޮފް މޯލްޑިވްސް ތްރޫކޮށް ލޯނު ސްކީމެއް ކުރިއަށް ގެންގޮސްފައި. ފުރަތަމަ ފޭސް އެއީ. ބައެއް ފަރާތްތަކަށް ލޯނު ލިބުނު. ލިބެމުން އެބަދޭ މިހާރު. ހަވާލުކުރަމުންވެސް އެބަދޭ. މި އަހަރު އަނެއްކާ އޭގެ ދެވަނަ ރައުންޑް ހުޅުވާލާނަން. ހިޔާވެހި ލޯން ސްކީމްގެ ދެވަނަ ރައުންޑެއް މި އަހަރު ހަމަ ދެވަނަ ކުއަރޓަރ ނިމުނީމާ، އަޅުގަނޑުމެން ހުޅުވާލަން ނިންމާފައި މިއޮތީ. ދެން، މިދިޔަ އަހަރަށްވުރެ ޓަރމްސްތައްވެސް ލުއިވާނެ އިނގޭތޯ. މިދިޔަ އަހަރު ހުރީ ތަންކޮޅެއް ސްޓްރިކްޓް ޓަރމްސްތަކެއް. އެހެންވީމާ، އަޅުގަނޑުމެން އެމް.އެމް.އޭ.އާއި، ބީ.އެމް.އެލް.އާ ވާހަކަދެކެވިގެން، އެ ޓަރމްސްތައް ލުއިކޮށްދޭނަން. ކުރިއަށްވުރެވެސް އެފޯޑެބިލިޓީ ރަނގަޅުކޮށްދޭނަން އިނގޭތޯ. ރަނގަޅުކޮށްދީގެން، ހިޔާވަހި ލޯން ސްކީމްގެ ދެވަނަ ރައުންޑެއް މި އަހަރު ހުޅުވައިލީމާ، އަނެއްކާ އެ ލިބުނީ އެތައް ބަޔަކަށް. މުޅި ރާއްޖެއަށް އޮންނަ ފުރުޞަތެއް ދޮގެއްތޯ މިއީ. އެމީހާގެ އަމިއްލަ ގޯތީގައި އަލަށް ގެއެއް ހެދުން. ނޫނީވިއްޔާ ހަދަން ފަށާފައި ހުރި ގެއެއް ނިންމައިލުން. ނޫނީވިއްޔާ މަރާމާތުކުރަންޖެހޭ ގެއެއް މަރާމާތުކުރުން. މި ތިންގޮތަށް އެ ލޯނުންވެސް ޖާގަ ލިބޭ އެބަ، ފުރުޞަތު ލިބޭ.
އެހެންވީމާ، ފްލެޓް އަޅާފައި ފްލެޓް ދިނުން، ނޫނީވިއްޔާ ގޯތިދިނުން، ނޫނީވިއްޔާ ލޯން ސްކީމަކުން ފުރުޞަތު ދިނުން. މި ތިންގޮތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ބަލަނީ ރާއްޖޭގައި އެއްވެސްވަރަކަށް ގޯތި، ނޫނީވިއްޔާ ހައުސިންގ ނެތް އެންމެންނަށް އެކަން ހަމަޖައްސައިދޭން.
އާދެ، މިއަދު ހަމަ ވަރަށް ކާމިޔާބުކޮށް މި ދިޔައީ. ހުރިހާ ފަރާތްތަކަށް ޖާގަ ދެވިއްޖެ. ހުރިހާ ބޭފުޅުންނަށް ސުވާލުކުރުމުގެ ފުރުޞަތު ލިބިގެން ހިނގައްޖެ.
އަދިވެސް އެއްފަހަރު އަޅުގަނޑު ނިންމާލުމުގެ ކުރިން، ތިޔަބޭފުޅުން ވަޑައިގެންނެވީތީ ޝުކުރު ދަންނަވަމުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑު ދަތުރެއްގައި، ނޫނީވިއްޔާ ކޮންމެވެސް އެކަހަލަ ކަމެއްގައި، ޒަރޫރީކަމެއް ދިމާވެގެން ނޫންގޮތެއްގައި ނޫނީއްވިޔާ ދާނީ ހަމަ ބަރާބަރަށް ބައްދަލުކުރަމުން.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
والسّـلام عليـكم